Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގުޅީފަޅަށް ޕޯޓު ބަދަލުކުރުން

ގުޅީފަޅަށް ޕޯޓު ބަދަލު ނުކޮށް ނުވާނެ: އަބްދުﷲ ސައީދު

22 ނޮވެމްބަރު 2020 | އާދީއްތަ 04:42

މެއިން ލައިނަރތަކުން ރާއްޖެ ދަތުރު ނުކުރަނީ ރަނގަޅު ޕޯޓެއް ނެތުން ކަމަށް ސައީދު ވިދާޅުވި

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 22 ނޮވެމްބަރު 2020 | އާދީއްތަ 04:42
ގުޅީފަޅު މަތިން ނަގާފައިވާ މަންޒަރެއް، ޕޯޓު ބަދަލު ކުރުމުގެ މަސައްކަތް ވަނީ އަންނަ އަހަރަށް ބަޖެޓު ކުރެވިފައި

ގުޅީފަޅު މަތިން ނަގާފައިވާ މަންޒަރެއް، ޕޯޓު ބަދަލު ކުރުމުގެ މަސައްކަތް ވަނީ އަންނަ އަހަރަށް ބަޖެޓު ކުރެވިފައި

ގުޅިފަޅުގައި ޕޯޓެއް ނާޅާ ކުރިއެރުމެއް ލިބެން ނެތް ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގގެ އެމްޑީ އަބްދުﷲ ސައީދު ވިދާޅުވެއްްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ގުޅިފަޅަށް ޕޯޓް ބަދަލުކުރަން ތާއީދު ކުރައްވާ ސަބަބުތައް ހާމަކުރައްވަމުން ސައީދު ވިދާޅުވީ މިހާރު މާލޭގައި އޮތް ބަނދަރަކީ އާގު ބޯޓު ފަހަރަށް ހިދުމަތް ދޭން އެކަށީގެންވާ ވަރުގެ ބަނދަރެއް ނޫން ކަމަށެވެ. އަދި މިހާރު ބޭނުން ކުރާ މާލޭގެ ޕޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ވާހަކަ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ޝިޕިންގ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ރާއްޖެއަށް ދަތުރު ނުކުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ވެސް މިއީ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ބޮޑެތި ބޯޓު ފަހަރުތައް ކަނޑުގައި ބާއްވައިގެން، ބަނޑަކަށް މުދާ ބަރުކޮށްގެން ގެނައުމަކީ އެ ކުންފުނިތަކަށް އެހާ "އެޓްރެކްޓިވް" ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

މިކަމުގެ ތަފްސީލު ދެއްވަމުން ސައީދު ވިދާޅުވީ، ވިއްސާރަ ދުވަސްކޮޅެއް ނަމަ ކޮންޓެއިނަރތައް ހުސްކުރުމަށް ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެގޮތުން 500 ނުވަތަ 700 ވަރަކަށް ކޮންޓެއިނަރ ގެންނައިރު މި ތަކެތި ބޭލުމަށް 4 ވަރަކަށް ދުވަސް ހޭދަވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ބޮޑެތި ޝިޕިންގ ލައިންތަކުގެ ދަތުރުތައް ބޭނުން ވަނީ ނަމަ، މުދާ ބޭލުމަށް ފަހު ދަތުރު ފެށޭ ވަގުތު (ޓަރންއެރައުންޑް ޓައިމް) ކުރުކޮށްގެން ނޫނީ އެ ފަރާތްތަކުގެ ޝައުގުވެރިކަމެއް ނެތް ކަން ފާހަގަކުރައްވިއެވެ. ނަމަވެސް ގުޅީފަޅުގައި 500 ނުވަތަ 600 މީޓަރުގެ ޕޯޓެއް އެޅިއްޖެ ނަމަ ޓަރންއެރައުންޑް ޓައިމް އެއް ދުވަހަށް ކުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅީފަޅުގައި މިވަގުތު ބޮޑު ޕޯޓެއް އެޅިފައި އޮތް ނަމަ ވާނެ ފައިދާތަށް ފާހަގަ ކުރައްވާ ވިދާޅުވީ މިވަގުތު މި ސަރަހައްދުގައި އޮތް ޓްރާންޝިޕްމަންޓް ހަބަކީ ކޮލަމްބޯ ނަމަވެސް މި ވަގުތު ލަންކާގައި ކޮވިޑުގެ ހާލަތު ހުރި ގޮތުން ކޮލޮމްބޯ ޕޯޓުގެ ޓަރންއެރައުންޑް ޓައިމް އިތުރުވެފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މި ހާލަތުގައި ޝިޕިންގ ލައިނަރތަކުން އެހެން ބަނދަރެއް ހޯދި އިރު، ރާއްޖޭގައި ބަނދަރެއް އޮތް ނަމަ އެ ދަތުރުތައް ރާއްޖެއަށް ލިބުނީސް ކަމަށް ވިދާޅުވިއެވެ.

ގުޅިފަޅުގައި އިންޓަރނޭޝަނަލް ޕޯޓެއް އެޅުމަކީ މި ސަރުކާރުގެ ތަސައްވުރުގެ މުހިއްމު މަސައްކަތެކެވެ. އެގޮތުން ގުޅީފަޅު ޕޯޓް ތަރައްގީ ވުމުން ޕޯޓްގެ ޖާގަ ބޮޑުވެ، ޚިދުމަތް އަވަސްވެ، މަސައްކަތްތަކަށް ފަސޭހަވުމުގެ އިތުރުން، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ މާލޭގެ ތަރައްގީއަށް ވެސް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް