Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިމިއުނިޓީ

އެއް ފަހަރު ކޮވިޑް ޖެހުމުން ހަ މަހަށް ބަލިން ރައްކާތެރިކަން ލިބޭ: ދިރާސާ

ދިރާސާ ކުރިއަށް ގެންދިޔައީ ކޮވިޑް ބަލި މީހުންނަށް ފަރުވާދިނުމަށް މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ މެދުގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ނޮވެމްބަރު 2020 | ހޮނިހިރު 03:06
ކޮވިޑް-19 ސާމްޕަލްތަކެއް ލެބޯޓްރީއެއްގައި ޓެސްޓު ކުރަނީ

ކޮވިޑް-19 ސާމްޕަލްތަކެއް ލެބޯޓްރީއެއްގައި ޓެސްޓު ކުރަނީ

ކޮވިޑް-19 ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރަށް ވައިރަސް ޖެހުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް އިނގިރޭސިވިލާތުގައި ކުރިޔަށް ގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.

އޮކްސްފޯރޑް ޔުނިވަރސިޓީގެ މި ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އިނގިރޭސިވިލާތުގައި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންގެ މެދުގައެވެ. ދިރާސާގެ ހޯދުންތަކާ އެކު ދުނިޔޭގައި މިހާރު ވައިރަސް ޖެހިފައިވާ 51 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބިއްޖެ ކަމަށް ދިރާސާ ކުރިޔަށް ގެންދިޔަ ފަރާތްތަކުން ބުނެއެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތްތެރިވި އޮކްސްފޯރޑް ޔުނިވަރސީޓިގެ ޕްރޮފެސަރެއް ކަމުގައިވާ ޑޭވިޑް އަޔަރް ވިދާޅުވީ މިއާއެކު ވައިރަސް ޖެހިފައިވާ ގިނަ ބަޔަކަށް ދެވަނަ ފަހަރަށް ވައިރަސް ޖެހުމުގައި ދުވަސްތަކެއް ނަގާނެކަން އެނގިގެން ގޮސްފި ކަމަށެވެ.

މުޅި ދުނިޔޭގައި އަދިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު ވައިރަސް ޖެހިފައިވާ މީހުންނަށް ދެވަނަ ފަހަރަށް ވައިރަސް ޖެހެމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެއީ ވައިރަސްއަށް ކުޑަ އިމުޔިނިޓީއެއް ލިބިގެންދާތީއެވެ. އެހެން ނަމަވެސް މި ދިރާސާއާ އެކު ވައިރަސް ޖެހިފައިވާ މީހުންނަށް އަލުން ވައިރަސް ޖެހުމުގައި ގިނަ ދުވަސްތަކެއް ވާނެކަން މި ވަނީ އެނގިގެން ގޮސްފައެވެ. ޕްރޮފެސަރ އަޔަރް ވިދާޅުވީ އެންޓިބޮޑީ ޓެސްޓަށް ޕޮޒިޓިވްވި އެއްވެސް މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިފައިނުވާކަމަށެވެ.

މި ދިރާސާ ކުރިޔަށް ގެންގޮސްފައި ވަނީ 30 ހަފްތާގެ މުއްދަތަށެވެ. އެއީ މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ނޮވެމްބަރ މަހުގެ ނިޔަލަށެވެ. ދިރާސާ ކުރިޔަށް ގެންދިޔައިރު ސިއްހީ ދާއިރާގައި މަސައްކަތްކުރާ 11،052 މީހުންގެ ތެރެއިން 89 މީހުންގެ ފުށުން ވައިރަސްގެ އަލާމާތްތައް ވަނީ ފެނިފައެވެ. މި މީހުންގެ ހަށިގަނޑުން އެންޓިބޮޑީ ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް އެންޓިބޮޑީ އުފެދިފައިވާ 1246 ސްޓާފުންގެ ފުށުން ވައިރަސްގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

މި ދިރާސާކުރި ފަރާތްތަކުން ބުނާގޮތުގައި އެންޓިބޮޑީ އުފެދިފައިވާ މީހުން ވައިރަސްގެ އަލާމާތެއް ނުފެނި ވެސް ދެވަނަ ފަހަރަށް ވައިރަސްއަށް ޕޮޒިޓިވްވުމަކީ ދުރުކަމެކެވެ. އަދި މި ދިރާސާ ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ކުރިޔަށް ގެންދާނެ ކަމަށާއި ދެވަނަ ފަހަރަށް ވައިރަސް ނުޖެހި ކިހާ ދިގު މުއްދަތެއް ވޭތޯ ބަލަމުން ގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2018

އަހަދު ތަމީމީ އަށް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި

22 މާރިޗު 2018
އަހަދު ތަމީމީ އަށް މަހަށް ޖަލަށްލުމަށް ހުކުމްކޮށްފި
07 ޖެނުއަރީ 2018

6 ފަހަރު ޖައްވަށް ގޮސް، ހަނދުގައި ހިނގި އެސްޓްރޮނޯޓް ޖޯން ޔަންގް މަރުވެއްޖެ

07 ޖެނުއަރީ 2018
6 ފަހަރު ޖައްވަށް ގޮސް، ހަނދުގައި ހިނގި އެސްޓްރޮނޯޓް ޖޯން ޔަންގް މަރުވެއްޖެ
06 ނޮވެމްބަރު 2017

އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!

06 ނޮވެމްބަރު 2017
އަނެއްކާވެސް ޤައުމުތަކުގެ ވެރިންގެ މާލީ ސިއްރުތައް ފަޅާ އަރައިފި – މިފަހަރު ޕެރަޑައިސް ލީކްސް!
10 ސެޕްޓެމްބަރު 2017

މިޔަންމާގެ އަސްކަރިއްޔާ އާއި ދެކޮޅަށް "އޭއާރްއެސްއޭ" އިން އެއްމަހަށް ހަމަލާ ބަދަލުކުުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

10 ސެޕްޓެމްބަރު 2017
މިޔަންމާގެ އަސްކަރިއްޔާ އާއި ދެކޮޅަށް "އޭއާރްއެސްއޭ" އިން އެއްމަހަށް ހަމަލާ ބަދަލުކުުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
21 އޯގަސްޓު 2017

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި

21 އޯގަސްޓު 2017
އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި
10 އޯގަސްޓު 2017

އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ

10 އޯގަސްޓު 2017
އަންހެން ދަރިފުޅަށް 600 ފަހަރަށް ވުރެ ގިނަ ފަހަރު ޖިންސީ ގޯނާކުރި ބައްޕަގެ މައްސަލަ ބަލަނީ
16 ޖޫން 2017

ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި އެންމެންގެ ހަށިތައް ފަހަރުގައި ދެނެނުގަނެވޭނެ!

16 ޖޫން 2017
ލަންޑަނުގެ އެޕާޓްމަންޓް ބްލޮކް އަލިފާނުގެ ހާދިސާ: މަރުވި އެންމެންގެ ހަށިތައް ފަހަރުގައި ދެނެނުގަނެވޭނެ!
30 އެޕްރީލު 2017

އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!

30 އެޕްރީލު 2017
އުތުރު ކޮރެއާގެ ފާޑުކިޔުން މިފަހަރު އިޒްރޭލަށް!
03 އެޕްރީލު 2017

ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ

03 އެޕްރީލު 2017
ޖެނެރަލް އައްސީރީ ގައިކޮޅަށް ބިސް ޖެހުމުން އިނގިރޭސިން މާފަށް އެދިއްޖެ
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު