Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސިނޮވެކް ކޮވިޑް ވެކްސިން

ސިނޯވެކްގެ ކޮވިޑް ވެކްސިން ގަންނަ ދެވަނަ ގައުމަކަށް ތުރުކީ

ތުރުކީން އަންނަނީ 20 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކުރުމަށް ތައްޔާރުވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 ނޮވެމްބަރު 2020 | ހުކުރު 07:14
ސިނޯވެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޕެކްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ

ސިނޯވެކުން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިން ޕެކްކުރުމުގެ މަސައްކަތްކުރަމުން އަންނަނީ

ޗައިނާގެ ސިނޯވެކް ކުންފުނިން ކޮވިޑް-19 އަށް އުފައްދަމުން އަންނަ ވެކްސިންގެ 20 މިލިއަން ޑޯޒް ގަތުމަށް އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއިކުރާނެ ކަމަށް ތުރުކީން ބުނެފިއެވެ.

މީގެ އިތުރުން ތުރުކީން އަންނަނީ ޖަރުމަނުގެ ފައިޒަރ އާއި ބައޯއެންޓެކްގެ ވެކްސިން ހޯދުމަށް ވެސް އެ ކުންފުންޏާ ވާހަކަތައް ދައްކަމުންނެވެ. އެކަމާއި ގުޅޭގޮތުން ތުރުކީގެ ހެލްތު މިނިސްޓަރ ފަހްރެތިން ކޯކާ ދައުލަތުގެ ނޫސް އެޖެންސީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ޑިސެމްބަރ މަސް ތެރޭ ސިނޯވެކުން 10 މިލިއަން ޑޯޒް ލިބޭނެ ކަމަށެވެ. އަދި ޖެނުއަރީ މަހު އޭގެ ދެގުނަ ޑޯޒް ލިބޭނެ ކަމަށް ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީގެ ބަޖެޓް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވަމުން ފަހްރެތިން ވިދާޅުވީ ވެކްސިން ގަތުމުގެ އެއްބަސްވުމުގައި ކުރިޔަށް އޮތް ދެތިން ދުވަސްތެރޭ ސޮއިކުރާނެ ކަމަށެވެ. މިއާއެކު ތުރުކީ ވެގެންދާނީ ބްރެޒިލްއަށް ފަހު ސިނޯވެކްގެ ވެކްސިން ގަންނަ ދެވަނަ ގައުމަށެވެ.

ސިނޯވެކުން އުފައްދަމުން އަންނަ ވެކްސިންގެ ޕްރިލިމިނަރީ ނަތީޖާ ދައްކާގޮތުން އެ ވެކްސިންއިން ދިފާއީ ނިޒާމުގައި ވައިރަސް އާ ދެކޮޅަށް އެންޓިބޮޑީސް އުފައްދައެވެ. އެހެންނަމަވެސް ވައިރަސް ޖެހިފައި ރަނގަޅުވެފައި ތިބި މީހުންގެ ހަށިގަނޑުން ވައިރަސްއާ ދެކޮޅަށް އެންޓިބޮޑީސް އުފައްދާ މިންވަރު ވައިރަސް ނުޖެހޭ މީހުންނަށް ވުރެ އިތުރު ކަމަށް ނަތީޖާތަކުން ވަނީ ދައްކާފައެވެ.

ޗައިނާގެ އެހެން ހަތަރު ކުންފުންޏަކުން ވެސް އަންނަނީ ކޮވިޑް-19 އަށް ވެކްސިން އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. އަދި މި ހުރިހާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތުގައި ވެސް ކުރިއަށް ދަނީ އެންމެ ފަހު މަރުހަލާއެވެ.

ފައިޒަރ އާއި ބައޯއެންޓެކް ވެކްސިން ޑާޓާތަކުން ވަނީ އެ ވެކްސިންތައް 90 އިންސައްތަ ކާމިޔާބުކަން ހާމަވެފައިވާއިރު، އެ ކުންފުނިތަކުން އަންނަނީ ޔޫރަޕް އަދި އެމެރިކާގައި އެ ވެކްސިން އެމަރޖެންސީކޮށް ބޭނުން ކުރުމަށް ތައްޔާރުވަމުންނެވެ. ތުރުކީގެ ހެލްތު މިނިސްޓަރ ވިދާޅުވީ ފައިޒަރ އަދި ބައޯއެންޓެކްގެ ވެކްސިނަށް ލައިސަންސް ލިބުމުން އެ މީހުން އަތުން ވެކްސިން ގަތުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
22 މާރިޗު 2017

ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ

22 މާރިޗު 2017
ސިރިސޭނާ ރަސްމީ ދަތުރުފުޅެއްގައި ރަޝިއާއަށް ވަޑައިގަންނަވަނީ
19 މާރިޗު 2017

މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ

19 މާރިޗު 2017
މިސްރުގެ ރައީސް ސީސީ އެމެރިކާއަށް ވަޑައިގަންނަވަނީ
13 މާރިޗު 2017

ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ

13 މާރިޗު 2017
ވެކްސިން ނުޖަހާ ކުދިންނަށް ބައެއް ޚިދުމަތް ނުދޭން އޮސްޓްރޭލިއާއިން ވިސްނަނީ
02 މާރިޗު 2017

ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި

02 މާރިޗު 2017
ލަދުގަންނަން ޖެހިވަޑައިގެންފާނެތީ ރައީސް ޓްރަމްޕް އިނގެރޭސި ވިލާތަށް ކުރައްވާ ދަތުރުފުޅު ލަސްކޮށްފި
27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
31 ޖެނުއަރީ 2017

ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވަނީ

31 ޖެނުއަރީ 2017
ޓްރަމްޕް އިޒްރާއީލަށް ވަޑައިގަންނަވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު