Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީ ހިތްހަމަނުޖެހުން ފާޅުކުރުން

ހުރިހާ މައްސަލައެއް އަހަރެންގެ ބޮލުގައި އަޅުވާތީ މިހާރު ވަރުބަލިވެއްޖެ: މެސީ

ގްރީޒްމަނުގެ އޭޖެންޓް ވަނީ ބާސާގައި ގްރީޒްމަނުގެ މޮޅު ކުޅުން ނުފެންނަނީ މެސީގެ ސަބަބުން ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 ނޮވެމްބަރު 2020 | ބުރާސްފަތި 10:25
ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފޯވާޑް އެންޓޮއިން ގްރީޒްމަން

ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފޯވާޑް އެންޓޮއިން ގްރީޒްމަން

ބާސެލޯނާގައި ޖެހޭ ހުރިހާ މައްސަލައެއް އޭނާގެ ބޮލުގައި އަޅުވާތީ އެކަމާ މިހާރު ވަރުބަލިވެފައިވާ ކަމަށް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ ބުނެފިއެވެ.

މިދިޔަ ހަފުތާގައި ބާސާއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަނުގެ އޭޖެންޓް އެރިކް އޮލްހަޓްސް ވަނީ މެސީއާ ގުޅުވައިގެން މީޑިއާގައި ވާހަކަތަކެއް ދައްކާފައެވެ. އޭނާ ބުނީ ގްރީޒްމަން ބާސާއަށް ގެންދަން މެސީ އެންމެ ފުރަތަމަވެސް ހިތްހަމަނުޖެހުނު ކަމަށާއި، އަދި ބާސާއަށް ބަދަލުވި ފަހުން ގްރީޒްމަން އެއްވެސް އިރެއްގައި މީޑިއާގައި މެސީއާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވަނީވެސް ސަބަބުތަކެއް އޮވެގެން ކަމަށެވެ. އަދި ބާސާގައި ގްރީޒްމަނުގެ މޮޅު ކުޅުން ނުފެންނަނީ މެސީގެ ސަބަބުން ކަމަށާއި، ދެން އެންމެ ރަނގަޅުވާނީ ގްރީޒްމަން އެހެން ކުލަބަކަށް ބަދަލުވުން ކަމަށްވެސް އޭނާ ބުންޏެވެ.

ބައިނަލްއަގުވާމީ ބްރޭކަށްފަހު އެނބުރި ސްޕެއިނަށް މެސީ އައިތަނުން އެއާޕޯޓުގައި ހުރެ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ ދިގު ދަތުރެއް ކުރުމަށްފަހު އެނބުރި އަންނަ ތަނުން އޭނާ ކުރިމަތިލާން ޖެހެނީ ކުލަބުގެ ކޮންމެވެސް މައްސަލައަކާ ކަމަށާއި، ހަގީގަތާ ޚިލާފަށް ބާސާގައި ޖެހޭ ހުރިހާ މައްސަލައެއް އޭނާގެ ބޮލުގައި އަޅުވާތީ އެކަމާ މިހާރު ވަރުބަލިވެފައިވާ ކަމަށެވެ.

ގްރީޒްމަނުގެ އޭޖެންޓް ދެއްކި ވާހަކަތަކާ ގުޅިގެން މެސީ ހިތްހަމަނުޖެހުން ފާޅުކުރިއިރު، މި ނިމުނު ޓްރާންސްފާ ބާޒާރުގައި މެސީ ވަނީ ބާސާ ދޫކޮށްލަން ނިންމާފައެވެ. އެކަމަކު އޭނާގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ.

ދާދި ފަހުން ބާސާއަށް މީގެ ކުރިން ކޯޗުކަން ކޮށްދިން ކިކޭ ސެޓިއެންވެސް ވަނީ މެސީއާ ގުޅުވައިގެން ވާހަކަތަކެއް ދައްކާފައެވެ. އެ ފަހަރު ސެޓިއެން ބުނީ މެސީ އަކީ ކޯޗުންގެ ބަސް ގަބޫލުނުކުރާ ކުޅުންތެރިއެއް ކަމަށާއި، އޭނާއާއެކު މަސައްކަތް ކުރަން އުނދަގޫވި ކަމަށެވެ. އެކަމަކު މެސީ ދިފާއުކޮށް ބާސާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ އޭނާއަށް މެސީއާއެކު މަސައްކަތް ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ މެޗެއްގެ ކުރިންވެސް ކެޕްޓަން މެސީއާ ވާހަކަދައްކާ ހިޔާލު ބަދަލުކުރާ ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

މި ސީޒަނުގެ ނިޔަލަށް ބާސާއާއެކު މެސީ އެއްބަސްވުމުގައި ހުރިއިރު، ޖެނުއަރީ މަހު އޭނާ ބޭނުންނަމަ އިޚުތިޔާރުކުރާ ކުލަބަކާއެކު އެއްބަސްވުމެއްގައި ސޮއިކުރުމުގެ ފުރުސަތު މެސީއަށް ލިބެއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ ކުލަބު ބަދަލުކުރާނެއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ ބާސާގެ ތާރީޚުގައި އެޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އެގޮތުން މިހާތަނަށް 640 ލަނޑު މެސީ ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 10 ފަހަރު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ހޯދާފައި ވާއިރު، މެސީ ވަނީ މިހާތަނަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ބަލޮންޑޯ އެވޯޑް ހަ ފަހަރު ހޯދާފައެވެ. މެސީ އަކީ މި އެވޯޑް އެންމެ ގިނައިން ހޯދި ކުޅުންތެރިޔާއެވެ.

އިތުރަށް ކިޔާލަން

09 ސެޕްޓެމްބަރު 2017

ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް

09 ސެޕްޓެމްބަރު 2017
ކުޓީނިއޯއާ އެއްވެސް މައްސަލައެއް ނެތް، އެނބުރި އައުމުން އުފާވޭ: ކްލޮޕް
31 އޯގަސްޓު 2017

ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް

31 އޯގަސްޓު 2017
ޓްރާންސްފާ ބާޒާރުގައި އަހަރެންގެ އަގަކީ މިހާރު 300 މިލިއަން ޔޫރޯ: ހަޒާޑް
17 އޯގަސްޓު 2017

އަހަރުމެންނަށް ވުރެ މިހާރު މެޑްރިޑް މޮޅު: ޕީކޭ

17 އޯގަސްޓު 2017
އަހަރުމެންނަށް ވުރެ މިހާރު މެޑްރިޑް މޮޅު: ޕީކޭ
08 ޖުލައި 2017

އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ

08 ޖުލައި 2017
އަހަރެންގެ އެޖެންޓް ދެއްކި ވާހަކައަށް މައާފަށް އެދެން: ވެރާޓީ
06 ޖޫން 2017

އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ

06 ޖޫން 2017
އަހަރެންގެ ކުރިމަގާ މެދު ވަނީ ގޮތެއް ނިންމިފައި: ލުކާކޫ
24 މެއި 2017

މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ

24 މެއި 2017
މިހާރު އޮތް ހިސާބުން އަރައިގަންނަން ކުރިޔަށް އޮތް މެޗުގެ ތިން ޕޮއިންޓް މުހިންމު: ނިޒާމްބެ
14 މެއި 2017

"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް

14 މެއި 2017
"އަހަރެންގެ ހުރިހާ ވިސްނުމެއް ހުރީ ފުޓުބޯޅައަށް" ވެންގާގެ ރައްދު ސަޕޯޓަރުންނަށް
04 މެއި 2017

ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި

04 މެއި 2017
ކުޅުންތެރިންގެ އަގުވަޒަން ކުރުމަށް "މިހާރު އެވޯޑްސް" ތައާރަފްކޮށްފި
02 މެއި 2017

މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން

02 މެއި 2017
މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު މުހިންމު: މޯހަން ބާގަން
18 ޖެނުއަރީ 2017

މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ

18 ޖެނުއަރީ 2017
މަހްތަރިޔާންގެ ލަނޑަށްވުރެ އަހަރެންގެ ލަނޑު ރީތި: ޖިރޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް