Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއަރޕޯޓު ހުޅުވުން

ތަނެއް ތަރައްގީވެ ކުރިއަރައި ދާނީ ހަރުދަނާ ދަތުރުފަތުރުގެ ނިޒާމަކުން: ރައީސް ޞާލިހް

19 ނޮވެމްބަރު 2020 | ބުރާސްފަތި 12:20

އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮތުން

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ނޮވެމްބަރު 2020 | ބުރާސްފަތި 12:20
ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ރައީސް އިބްރާޙިމް މުހައްމަދު ޞާލިހާއި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް

ތަނެއް ތަރައްޤީވެ ކުރިއަރައި ދިޔުމަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ، ދަތުރުފަތުރު ކުރެވޭނެ، އަދި ފަސޭހައިން މުދާ އުފުލޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެހިފައި އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް ފަސޭހަކަމާއެކު އަވަހަށް ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮންނަ ގޮތަށް ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅައިލުން ކަމަށެވެ.

Advertisement - newsAdvertisement

މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރަމުން ދަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް ލާމަރުކަޒީ ނިޒާމަކުން މުޅި ރާއްޖެ ގުޅައިލުމަށް ކުރަންޖެހޭ މަސައްކަތްތަކާ އެއް ގޮތަށް ކަމަށާއި، އެގޮތުން ވައިގެ ދަތުރުފަތުރުގެ ވިއުގައަކުން މުޅި ރާއްޖެ ގުޅާލެވިގެން ދާއިރު، އެއަރޕޯޓްތަކާއި ކައިރީގައިވާ އެހެން ރަށްތައް، ރަނގަޅު ފެރީގެ ވިއުގައަކުން ގުޅައިލެވިގެން ދާނެ ކަމަށެވެ.

ހޯރަފުށީގެ ތަރައްގީއަށް ކުރުމަށް ހަމަޖެހިފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވާލަމުން ރައީސް ވިދާޅުވީ، އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި، މަގުތައް ހެދުމާއި، ކައުންސިލް އިދާރާގެ އިމާރާތާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އިމާރާތް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށެވެ.

އޭގެ އިތުރުން، އަންނަ އަހަރު ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ ބިން ހިއްކުމާއި، މަގުތައް ހެދުމާއި، ޞިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއި، ސްކޫލް ތަރައްޤީ ކުރުމާއި، މިސްކިތް ޢިމާރާތް ކުރުމާއި، ޒުވާނުންގެ މަރުކަޒު ތަރައްޤީ ކުރުމާއި، ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމާއި، ބަނދަރު ހެދުމާއި، ކުޅިވަރު ވަސީލަތްތައް ޤާއިމު ކުރުމާއި، މަސް މާރުކޭޓާއި ދަނޑުވެރިންގެ މާރުކޭޓު ތަރައްޤީ ކުރުމަށް ވެސް ބަޖެޓްގައި ހިމަނާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގައި ފަށާފައި ހުރި ހައުސިންގ ޔުނިޓްތައް ނިންމުމަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 ޖޫން 2017

ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު

04 ޖޫން 2017
ދަރުބާރުގެއަކީ ރައްޔިތުންގެ ތަނެއް، ހަމަހަމަ އުސޫލު އޮންނަން ޖެހޭ:ޝަމާއު
26 މެއި 2017

ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި

26 މެއި 2017
ސިޓީ ކައުންސިލްތަކަށް ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ ތަނެއް ހަމަނުޖެހިފައި
24 މެއި 2017

ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ

24 މެއި 2017
ސުޕްރީމް ކޯޓުގެ ހުކުމާއެކު މިފެންނަނީ މަޖިލިސް ވާވެފައި އޮތް ތަނެއްގެ ގޮތުގައި:މާރިޔާ
06 އެޕްރީލު 2017

މި މަސައްކަތެއް ދެން ނުހުއްޓުވޭނެ، ދާނީ ކުރިއަށް: ފާރިސް

06 އެޕްރީލު 2017
މި މަސައްކަތެއް ދެން ނުހުއްޓުވޭނެ، ދާނީ ކުރިއަށް: ފާރިސް
30 މާރިޗު 2017

ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު

30 މާރިޗު 2017
ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ހެޔޮވެރިކަމެއް ޤާއިމްކުރާނަން: ރައީސް ނަޝީދު
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
22 ފެބުރުއަރީ 2017

"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"

22 ފެބުރުއަރީ 2017
"މަގުމަތިން ފެނިއްޖެއްޔާ ލޮލަށް ލޭއަރުވާލާނަން، ތަނެއް ފަޅާލައި، ދުއްވާލާނަން"
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް