ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 02:58
ދިއެްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު
ދިއެްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު
މުހައްމަދު ޝަރުހާން
ގާސިމް ހައްޔަރުކުރުން
މި މަސައްކަތެއް ދެން ނުހުއްޓުވޭނެ، ދާނީ ކުރިއަށް: ފާރިސް
 
ގާސިމްއާ މެދު ކުރެވުނު ތުހުމަތު ތަކަކީ އެއްވެސް އަސްލެއްގެ ނެތް ތުހުމަތު ތަކެއް
 
ފާޅުގައި އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރުމަށް އެބަތިބި އެތައް މެންބަރުން: ފާރިސް

އިސްލާހަށްޓަކައި ފަށާފައިވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި، މި މަސައްކަތުގައި ވަޑައިގަންނަވާނީ ކުރިއަށް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫނުގެ ދަރިކަލުން ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރު ކުރުމާ ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ފާރިސް ވިދާޅުވީ ގާސިމް ހައްޔަރު ކުރީ އިދިކޮޅު ހަރަކާތްތަކަށް ހުރަސް އެޅުމުގެ ގޮތުންނެވެ.

ފާރިސް ވިދާޅުވީ، އެބޭފުޅުން ފަށާފައިވާ އިސްލާހީ މަސައްކަތް ހުއްޓުވާ ނުލެވޭނެ ކަމަށާއި، މިކަމުގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ. ފާރިސް ވިދާޅު ވިގޮތުގައި، މަޖިލީހުގެ މެންބަރުންނާއި ދިވެހި ރައްޔިތުން ތިބީ މި މަސައްކަތުގައެވެ.

"ދެން މި މަސައްކަތެއް ނުހުއްޓުވޭނެ. ފާޅުގައި އަޅުގަނޑުމެންނާއި އެއްކޮށް މަސައްކަތް ކުރުމަށް އެބަތިބި އެތައް މެންބަރުން، ގާސިމަކީ ވަރަށް ގިނަ ބޭފުޅުންނަށް އެކި ގޮތްގޮތުން އެހީތެރިވާ ބޭފުޅެއް، ސަރުކާރުގެ އެޖެންޑާ ހިންގުމަށް ފުލުހުން ލައްވާ ސިޔާސީ މަގުސަދު ހާސިލްކުރުމަށް ކުރުވާ ކަމެއް މީ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ، ގާސިމްއާ މެދު ކުރެވުނު ތުހުމަތުތަކަކީ އެއްވެސް އަސްލެއްގެ މައްޗަށް ހެއްކެއްގެ މައްޗަށް ބިނާކޮށް ކުރި ތުހުމަތުތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"ހަތަރު ލީޑަރުންގެ ފަހަތްޕުޅުގައި މަޖިލިސް މެންބަރުންނާއި ޕާޓީތަކުގެ އިސްވެރިންނާއި އާއްމު މެންބަރުން އަދި ރައްޔިތުން އެބަތިބި. ފަހަރަކު މީހަކު ހައްޔަރު ކުރެވިދާނެ. ނަމަވެސް އެންމެން މިތިބީ. ހުރިހާ ލީޑަރުން ގެންދިޔަ ނަމަވެސް ދެން މިމަސައްކަތެއް ނުހުއްޓޭނެ،" ފާރިސް ވިދާޅުވިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ބުރާސްފަތި ދުވަހުގެ ރޭ، ފުލުހުން ހައްޔަރު ކުރީ، އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ކަމުގައިވާ، މ. މާފަންނުވިލާގައި ހުންނަވަނިކޮށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް މިއަދު ހަވީރު 5:30 ގައި ނެރުއްވާފައިވާ އަމުރަކާ ގުޅިގެން މިރޭ 20.00 އެހާއިރުއެވެ.

 

އަމުރުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ވޯޓާ ގުޅިގެން ރިޝްވަތު ދޭން މަސައްކަތް ކޮށްފައިވާތީ އާއި މަޖިލިހުގެ ނައިބު ރައީސް މޫސާ މަނިކާ ދެކޮޅަށް ހުށަހަޅާފައިވާ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އާއި، ސާލަމަތީ ބާރުތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އާއި، ސަރުކާރު ގާނޫނާ ހިލާފަށް ބަދަލު ކުރުމަށް ބާރު ލިބޭ ފަދަ އަމަލުތަކެއް ހިންގާ ކަމަށް ތުހުމަތު ކުރެވޭތީ، އެ މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައި މުޖުތަމައުގެ ތެރެއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކާވެދާނެ ކަމެއް ކަމަށް ތަހުގީގަށް ފެންނާތީ ކަމަށެވެ.

ގާސިމް ހައްޔަރު ކުރީ އެމަނިކުފާނު ދާދިއަވަހަށް ހައްޔަރުކުކޮށްފާނެ ކަމަށް ބުދަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ވިދާޅުވިތާ 24 ގަޑިއިރު ވެސް ނުވަނީހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް