Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދައުލަތުގެ ބަޖެޓް 2021

ބަޖެޓު ތައްޔާރުކުރީ ކޮވިޑާ ގުޅިގެން ލިބުނު ފިލާވަޅުތަކަށް ރިއާޔަތް ކޮށްގެން: ފިނޭންސް މިނިސްޓްރީ

19 ނޮވެމްބަރު 2020 | ބުރާސްފަތި 07:04

ބަޖެޓް ތައްޔާރު ކުރިއިރު މިނިސްޓްރީން އިސްކަން ދިން ކަންކަމަކީ ކޮބައިކަން ވިދާޅުވެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 19 ނޮވެމްބަރު 2020 | ބުރާސްފަތި 07:04
މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް

މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ތައްޔާރުކުރީ ކޮވިޑާ ގުޅިގެން ލިބުނު ފިލާވަޅުތަކަށް ރިއާޔަތް ކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ބަޖެޓް 2021" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިނިސްޓްރީ އޮފް ފިނޭންސްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވަނީ އަންނަ އަހަރުގެ ބަޖެޓް ތައްޔާރު ކުރިއިރު މިނިސްޓްރީން އިސްކަން ދިން ކަންކަމަކީ ކޮބައިކަން ބަޔާން ކުރައްވާފައެވެ.

Advertisement - newsAdvertisement

ސަރުވަޝް ވިދާޅުވީ، ބަޖެޓް ތައްޔާރުކުރި އިރު ކޮވިޑުގެ ޙާލަތުގެ ސަބަބުން ކުރިމަތިވި އިޖުތިމާއި އަދި އިޤްތިސާދީ ގެއްލުންތަކުން އަރައިގަނެވޭނެ ގޮތްތަކަށް ރިއާޔަތް ކުރައްވާފައިވާނެ ކަމަށެވެ. އަދި އިޤްތިސާދު އަލުން ފަށައިގެން އަންނައިރު ދޭންޖެހޭ ބަޖެޓް ސަޕޯޓު ދިނުމަށް ކުރަން ޖެހޭ ކަންކަންވެސް ހިމަނާފައިވާނެ ކަން ސަރުވަޝް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، އެއް ސިނާއަތަކަށް ބަރޯސާވުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކޮށް، އެހެން ސިނާއަތްތައް ފުޅާ ކުރުމަށް ކުރަން ޖެހޭ ކަންކަންވެސް ކުރިއަށް ގެންދަންޖެހޭކަން ބަޖެޓް ތައްޔާރު ކުރަމުންދިޔައިރު ފާހަގަވިކަން ބަޔާން ކުރައްވައި ސަރުވަޝް ވިދާޅުވީ، އެކަމަށްޓަކައި އެހެނިހެން ސިނާއަތްތަކުން އިތުރު ވަޒީފާތައް އުފެއްދުން ފަދަ ކަންކަމަށްވެސް ރިއާޔަތް ކޮށްފައިވާ ކަމަށެވެ.

ސަރުވަޝް ވިދާޅުވީ، އައު ސަރުކާރު އައުމާއެކު ލާމަރުކަޒު ކުރުމާއި، ސަރަޙައްދީ ތަރައްޤީއަށް ޚާއްސަ އިސްކަމެއް ދެމުންގެންދާ ކަމަށެވެ. އަދި އެކަމުގެ ފައިދާ ކޮވިޑުގެ ތެރޭގައިވެސް ލިބިގެން ދިޔަކަން ފާހަގަ ކުރައްވައި ސަރުވަޝް ވިދާޅުވީ، 2021 ވަނަ އަހަރުވެސް ލާމަރުކަޒީ މަގުން ކަންކަން ގެންދެވޭނެ ގޮތްތަކަށް އިސްކަންދީފައި ވާނެ ކަމަށެވެ.

އިޤްތިސާދު އަލުން ފަށައިގަތުމަށް ބަޖެޓްގައި ހިމަނާފައިވާ ކަންކަމަށް ބަޖެޓް ކޮމިޓީގެ މުޤައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒުވެސް ވަނީ ތާއީދު ކުރައްވާފައެވެ. އެގޮތުން އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓުގައި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، މިހާރު ހުށައަޅާފައިވާ ބަޖެޓުގައި އިގްތިސާދު ސްޓިމިއުލޭޓް ކުރަން ހިމަނާފައިވާ ކަންކަމަށް ތާއީދުކުރައްވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ހާއްސަކޮށް އާމްދަނީ ވަކިވަރަކަށް ލިބޭނެކަން އަންދާޒާކޮށް ތައްޔާރުކުރާ ބަޖެޓުގައި ދަތިތަކެއް ހުންނާނެ ކަން ގަބޫލުކުރައްވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ދަތި އުނދަގޫ ހާލަތެއްގައި ހުށައެޅިގެން ދިޔަ ހަމައެކަނި ބަޖެޓްކަން ފާހަގަކުރައްވާ ނާޝިޒް ވިދާޅުވީ، މީގެ ކުރިން ދައުލަތުގެ އާމްދަނީ މިހާ ދަށަށް ގޮސްގެން އާމްދަނީއަށް ފައިނޭންސް ކުރާކަށް ނުޖެހޭ ކަމަށެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ، މި ހާލަތުގައި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ތަންފީޒުކުރެވޭނެ ބަޖެޓެއް ހުށައެޅުމަކީ ނުވާނެ ކަމެއް ކަމަށެވެ. އަދި ކޮވިޑުގެ ހާލަތާއި ގުޅިގެން އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އެ ހާލަތު ބަދަލުވެގެން ކަމަށް ވިދާޅުވިއެވެ. އެގޮތުން ކޮވިޑަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ލިބުމުން، މި ހާލަތު މުޅިން އެއްކޮށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

ލިޔެކިޔުންތަކަށް ބަދަލު ގެނެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ މުދާ އުފުލާ: ރިޕޯޓު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް