Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބު

ސެޕްޓެމްބަރު މަހަށްވުރެ އޮކްޓޯބަރު މަހު ހުށަހެޅުނު ކުޑަކުދިންނާ ގުޅޭ މައްސަލަތައް ގިނަ: ޖެންޑަރ މިނިސްޓްރީ

19 ނޮވެމްބަރު 2020 | ބުރާސްފަތި 08:48

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 135 މައްސަލަ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 ނޮވެމްބަރު 2020 | ބުރާސްފަތި 08:48
ރާއްޖޭގެ ރަށެއްގައި ކުޑަކުދިން ކުޅުމަށް ހާއްސަކޮށްފައިވާ ޕާކެއްގައި ކުޑަކުދިންތަކެއް ކުޅެނީ

ރާއްޖޭގެ ރަށެއްގައި ކުޑަކުދިން ކުޅުމަށް ހާއްސަކޮށްފައިވާ ޕާކެއްގައި ކުޑަކުދިންތަކެއް ކުޅެނީ

ސެޕްޓެމްބަރު މަހު ހުށަހެޅުނު ކުޑަކުދިންނާއި ގުޅޭ މަައްސަލަތަކަށްވުރެ، އޮކްޓޯބަރު މަހު ހުށަހެޅުނު މިފަދަ މައްސަލަތަކުގެ އަދަދު އިތުރުވެފައިވާކަން ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އޮކްޓޯބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާ ތަފާތު އެކި މައްސަލަތަކަށް އެކުލަވާލާ އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ފެންނަ ގޮތުގައި ކުޑަކުދިންނަށް ކުރާކި ބާވަތުގެ އަނިޔާއާއި ގުޅޭ 135 މައްސަލައެއް ވަނީ އެ މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ސެޕްޓެމްބަރު މަހު ރިޕޯޓް ކޮށްފައި ވަނީ 106 މައްސަލައެވެ.

Advertisement - newsAdvertisement

ޖެންޑަރ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގެ ތެރެއިން އިހުމާލުވުމުގެ 43 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، ސެޕްޓެމްބަރު މަހު މިބާވަތުގެ 29 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ 38 މައްސަލަ ހުށަހެޅިފައިވާއިރު، ޖިސްމާނީ ހާނިއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 15 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 9 މައްސަލަ، ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ 4 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ ހުށަހަޅާފައިވެއެވެ.

މީގެ އިތުރުން އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 1 މައްސަލަ ހިމެނޭކަމަށް ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލައެއް ހުށަހަޅައިފައިވާއިރު، މީގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނެއެވެ. އަދި ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ 2 މައްސަލަ ހުށަހެޅުނުއިރު، މީގެ ތެރޭގައި ހިމެނެނީ އުފަންވުމުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 1 މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ 1 މައްސަލަ ހުށަހެޅުނު ކަމަށް ވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުދަކުދިންނަށް އެކި ބާވަތުގެ އަނިޔާކުރުމުގެ މައްސަލަތަކުގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 9 މައްސަލަ އޮކްޓޫބަރު މަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހެޅިފައިވާއިރު، އޭގެ ތެރޭގައި ވައްކަންކުރުމާ ގުޅޭ 2 މައްސަލަވެސް ހިމެނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް