Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ މޫސުން: އެމްއެންޑީއެފް އޮތީ ތަޔާރަށް

މޫސުން ގޯސްވެ ދިމާވެދާނެ ގެއްލުމަކަށް އެމްއެންޑީއެފް އޮތީ ތައްޔާރަށް

18 ނޮވެމްބަރު 2020 | ބުދަ 14:58

މިއަދުވެސް ލ އަތޮޅުން ކަނޑުމަތީގެ ހާދިސާއެއް ދިމާވެފައިވޭ

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 18 ނޮވެމްބަރު 2020 | ބުދަ 14:58
މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައި

މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައި

މޫސުން ގޯސްވެ ރާއްޖޭގެ ރަށްތަކަށް ދިމާވެދާނެ ގެއްލުންތަކުން ސަލާމަތް ކުރުމަށް، އެމްއެންޑީއެފް އޮތީ އެންމެ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފިއެވެ.

ޒޫމް މެދުވެރިކޮށް ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ހިއްސާކުރައްވަމުން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާގެ ކޮމާންޑަރ ކާނަލް އިބްރާހީމް ހިލްމީ ވިދާޅުވީ، ސެންޓްރަލް އޭރިޔާ ހިމެނޭ ސަރަހައްދުތައް ކަމަށްވާ، މ، ފ، ދ، ތ އަދި ލ. އަތޮޅުގައި ހިމެނޭ ރަށްތަކަށް މޫސުން ގޯސްވެ، ވާާރޭ ވެހުމުގެ ސަބަބުން ނުރައްކާތެރި ހާލަތަކަށް ގޮސްފައިނުވާ ކަމަށާއި، ނަމަވެސް އެ ރަށްތަކުގެ ކައުންސިލާއި، ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން މިފަދަ މޫސުމަކަށް ތައްޔާރުވެ، ލިބިދާނެ ގެއްލުންތަކުން ސަލާމަތް ވުމަށް ކޮށްފައިވާ މަސައްކަތްތަކަށް ތައުރީފު ކުރާ ކަމަށެވެ.

Advertisement - newsAdvertisement

ކާނަލް ހިލްމީ ވިދާޅުވީ، މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ބަލައިގެން ދަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އަދި ދަތުރަށް ނުކުންނައިރު، މިފަދަ މޫސުމެއްގައި ދަތުރުކުރެވޭނެ އުޅަނދަކަށް އެ އުޅަނދު ވާންޖެހޭނެ ކަމަށެވެ.

ހަމައެއާއެކު ދަތުރު ކުރުމުގައި، ދަތުރު ކުރަން ހަމަޖެހިފައިވާ މަގާއި، އެ ސަރަހައްދުގެ މޫސުން ވެސް ކުރިއާލައި އޮޅުން ފިލުވާފައި އޮތުމަކީ އަމާން ދަތުރަކަށް ހެދުމަށްޓަކައި ވެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވެސް ކާނަލް ހިލްމީ ވިދާޅުވިއެވެ. ކާނަލް ހިލްމީ ވިދާޅުވީ، މިފަހަރު މޫސުމަށް އައި ބަދަލުތަކާއެކު ކުރި ވިއްސާރާގައި، އެހެން އަހަރުތަކާއި ހިލާފަށް ކަނޑުމަތީގައި ހިނގާދިޔަ ހާދިސާތައް މަދު ކަމަށެވެ.

މޫސުން ގޯސްވެގެން ދިމާވެދާނެ ގެއްލުންތަކުން އަރައިގަތުމަށް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ކުރަމުންދާ ކަންކަން ހާމަކޮށް، އެ ސާވިސްގެ ކޮމަޑާންޓް ކާނަލް މުހައްމަދު މުހުތާރު ވިދާޅުވީ، މިދުވަސްވަރު އެންމެ ބޮޑު އިސްކަމެއްދީގެން ކުރަމުންދަނީ މާލޭގައި ފެންބޮޑުވުމާއި ގުޅިގެން ވީއެންމެ އަވަހަށް ފެން ހިންދުމުގެ މަސައްކަތް ކަމަށެވެ.

ކާނަލް މުހުތާރު އިތުރަށް ވިދާޅުވީ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން މީގެ ކުރިން ވެސް ގޭގެއަށް ފެންވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންތައް ލިބިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އެތައް ރައްޔިތަކަށް މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން އެފަދަ ހާދިސާތައް ދިމާނުވާނެ ގޮތްގޮތަށް މި ދުވަސްވަރު ކަންކަން ތަރުތީބުކޮށް ބެހެއްޓުމަށް ކާނަލް ވަނީ އާންމުންގެ ކިބައިން އެދިލައްވާފައެވެ.

މާލޭ ފަޔަރ ސްޓޭޝަންގެ ސްޓޭޝަން ކޮމާންޑަރ މޭޖަރ އަހުމަދު ފާއިޒް ރަޝާދު ވިދާޅުވީ، މިފަހުން އެންމެ ބޮޑަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުނު ރޭގައި އެޓީމުގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރައްކާ ކޮށްފައިވާ ގުދަންތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

މޭޖަރ ފާއިޒް ވިދާޅުވީ، ފެންބޮޑުވުމުގެ ސަބަބުން އެސްޓީއޯގެ ފުށް ގުދަން ކައިރިން ފެން ހިންދުމުގެ މަސައްކަތް ކުރަމުން ގޮސް، އައިޖީއެމްއެޗާއި ދިމާލުގައި ދެވަނަ ޕަމްޕާއެކު މަސައްކަތް އިތުރުކުރި ކަމަށެވެ.

އެމްއެންޑީއެފް އިން ވަނީ، މިދުވަސް ވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވުމާއެކު މެޓް އޮފީހުންނާއި، އެމްއެންޑީއެފުން ފޯރުކޮށްދޭ މައުލޫމާތައް ބަލައިގެން ކަނޑު ދަތުރުފަތުރު ކުރުމާއި އަދި ފެންބޮޑު ވުމުގެ ސަބަބުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލާފައެވެ. އަދި ބޮޑު ކަމެއް ދިމާވެއްޖެ ނަމަ ވީއެންމެ އަވަހަށް ކަމާއި ގުޅުންހުރި އިދާރާ ތަކަށް އެމައުލޫމާތުތައް ހިއްސާކުރުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި

26 ފެބުރުއަރީ 2017
އެމްއެންޑީއެފްގައި ހިމަބިހި ނައްތާލުމުގެ ކެމްޕޭން "މަވެސް ޖަހައިފިން" ނަމުގައި ފަށައިފި
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
19 ފެބުރުއަރީ 2017

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް
18 ފެބުރުއަރީ 2017

ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް

18 ފެބުރުއަރީ 2017
ޑައިވިންއަށް ދިޔަމީހާ 24 ގަޑިއިރުވީއިރުވެސް ނުފެނުނު، މިހާރުވެސް ދަނީ މަސައްކަތް ކުރަމުން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް