Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސޯލިޙުގެ ސަރުކާރަށް 2 އަހަރު

އަނދުން ހުސައިން: މި ސަރުކާރުން 213 ތަރައްޤީގެ މަޝްރޫއު ފަށައި ދެފުށް ފެންނަ ޑިމޮކްރަސީއެއް ޤާއިމުކޮށްދިން!

މި ސަރުކާރުން 213 ތަރައްޤީގެ މަޝްރޫއެއް ފައްޓާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 17 ނޮވެމްބަރު 2020 | އަންގާރަ 18:36
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

މި ސަރުކާރަށް 2 އަހަރު ވެގެން ދިޔައިރު ތަރައްޤީގެ މަޝްރޫއުތައް ފެށުމުގެ އިތުރުން، ދެފުށް ފެންނަ ޑިމޮކްރަސީއެއް ޤާއިމުކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު މެމްބަރު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން 213 ތަރައްޤީގެ މަޝްރޫއެއް ފައްޓާފައިވާ ކަމަށާއި، އޭގެ އިތުރުން، ލާމަރުކަޒީ ނިޒާމު ޔަޤީން ކޮށްދީފައިވާ ކަމަށެވެ. އަދި އެއާއެކު، ދެފުށް ފެންނަ ޑިމޮކްރަސީއެއް ޤާއިމު ކޮށްދީފައިވާކަން ވެސް މެމްބަރު ޝަހީމްގެ ޓްވީޓުގައި ފާހަގަ ކުރެއްވިއެވެ.

މެމްބަރު ޝަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގެ ފުރަތަމަ 2 އަހަރަކީ ކާމިޔާބު 2 އަހަރުކަން ފާހަގަ ކުރައްވައި ރައީސް ސޯލިޙަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ސޯލިޙު ރައީސް ކަމުގެ ހުވާ ކުރެއްވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެގޮތުން ސަރުކާރަށް 2 އަހަރު ފުރިފައިވާއިރު، ޖުމްލަ ގޮތެއްގައި ރައީސް ސޯލިޙުގެ މެނިފެސްޓޯ ތަންފީޒު ކުރުމުގައި ކުރެވިފައިވާ މަސައްކަތްތައް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. ޚާއްސަ ގޮތެއްގައި ކޮވިޑުގެ މި ޙާލަތުގައިވެސް ސަރުކާރުން ގެންދަނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދަވައިދެއްވަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު