Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް ބަހުސް 2021

ބަޖެޓުގައި ހުރި ބޮޑެތި މަޝްރޫއުތަކަށް ފަންޑު ލިބިއްޖެ: އަމީރު

މިހާރު ކުރަން ޖެހޭ މަސައްކަތަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހިންގަން ފެށުން: އަމީރު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2020 | ހޯމަ 08:16
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ބޮޑެތި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރައްވަމުން ބައެއް މެމްބަރުން ވަނީ ބޮޑެތި މަޝްރޫއުތަކުގެ މަސައްކަތްތައް އިގްތިސާދު ހަމައަކަށް އެޅެންދެން މަޑުޖައްސާލުމަށް ގޮވާލައްވާފައެވެ. މިކަމާއި ގުޅިގެން މަޖިލިހުގައި ހުންނަވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ބަޖެޓު ރަނގަޅަށް ބަލާލުމުން، ހިމަނާފައިވާ ބޮޑެތި މަޝްރޫއުތަކަށް ފައިސާ ހަމަޖެހިފައިވާނެ ކަން ސާފުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މިނިސްޓަރ ވަނީ މާލޭގެ ކޮމަރޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމުގެ މަޝްރޫއު އާއި 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު ބޭނުންވާ ފިނޭންސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީ އާއި ލޯން ފެސިލިޓީތަކުން ހަމަޖެހިފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ނަގާފައިވާ ލޯނުތަކަކީ ކުރީ ސަރުކާރުތަކުން ނެގި ލޯނުތަކާއި އަޅާބަލާއިރު އިންޓްރެސްޓު ކުޑަ ލޯނުތަކެއް ކަން މިނިސްޓަރ ވަނީ ތަކުރާރުކޮށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު ކުރަން ޖެހޭ މަސައްކަތަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ހިންގަން ފެށުން ކަމަށާއި އެ މަސައްކަތްތަކަށް ލިބިފައިވާ ފައިސާއިން އެކަންކަން ކުރައްވާނެ ކަމަށެވެ. އަދި މީގެ ނަތީޖާއަކަށް ވެގެން ދާނީ ރާއްޖޭގެ އިގްތިސާދު އިތުރަށް ފުޅާ ވެގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫއުތަކަށް ފަންޑު ހޯދުމަށް ސަލާން ޖަހަން ޖެހިފައިވާ ކަމަށް މެމްބަރުން ދައްކަވާ ވާހަކަތަކަށް ރައްދުދެއްވާ މިނިސްޓަރ ވިދާޅުވީ ވެސް ބަޖެޓު ހިންގުމަށާއި އަދި ވިޔަފާރިތައް ހިންގުމަށް ލޯނު އަދި ގްރާންޓު ހޯދުމަކީ އެހެން ގައުމުތަކުގައި ވެސް އާއްމު ކަމެއް ކަމަށެވެ. އަދި އެއީ އަބަދުވެސް ކުރާނެ ކަމެއް ކަމަށެވެ.

އަންނަ އަހަރު ޕީއެސްއައިޕީއަށް ހުށައަޅާފައިވާ އަދަދަކީ 8306.2 މިލިއަން ރުފިޔާއެވެ. މިއީ މި ހިނގާ 2020 ވަނަ އަހަރާ އަޅާބާލާއިރު 49.3 އިންސައްތަ އިތުުރު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނީ ކޮވިޑާއި ގުޅިގެން މި އަހަރުގެ ބަޖެޓު މުރާޖާ ކުރިއިރު ޕީއެސްއައިޕީގެ ތެރެއިން މަޑުޖައްސާލެވުނު މަޝްރޫއުތަކަށް ވެސް އަންނަ އަހަރުގެ ބަޖެޓުން ޖާގަދީފައި ވާނެ ކަމަށެވެ.

އަންނަ އަހަރަށް ހުށައަޅާފައިވާ ޕީއެސްއައިޕީގެ ތެރޭގައި ދައުލަތުގެ އާއްމު ބަޖެޓުން 3258.3 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ލޯނުތަކުން 3890.4 މިލިއަން ރުފިޔާއާއި ބޭރުގެ ހިލޭ އެހީއިން 561.5 މިލިއަން ރުފިޔާގެ އިތުރުން ޓްރަސްޓު ފަންޑުން 596.2 ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ނަމަވެސް އޮޑިޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ބަޖެޓުގައި ހިމެނިފައިވާ ބައެއް ކަންކަމާއިމެދު، ހާއްސަކޮށް ބައެއް މަޝްރޫއުތަކަށް ފިނޭންސް ކުރުމުގައި ހުރި ދަތިތަކުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު