Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީބާޖާ މައްސަލަ

ދީބާޖާ މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

15 ނޮވެމްބަރު 2020 | އާދީއްތަ 10:53

މިމައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފު ކުރަންނެތް ނަމަ ދެން އޮންނާނީ މިމައްސަލަ ނިންމުމަށް ބޭއްވޭ ޝަރީއަތް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 15 ނޮވެމްބަރު 2020 | އާދީއްތަ 10:53
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ދީބާޖާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ މައްޒަރެއް

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ދީބާޖާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމުގެ މައްޒަރެއް

ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާޠިލް ކުރުމާ ގުޅިގެން ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ ފައިސާގެ މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފިއެވެ.

އާދިއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވެސް ވަނީ މައްސަލަ އިސްތިއުނާފްކުރި އެޓަރނީ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލުންނާއި ދީބާޖާގެ ފަރާތުން ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންނަށް ފުޅާ ދާއިރާއެއްގައި ވާހަކަ ދެއްކުުގެ ފުރުސަތު ދެއްވާފައެވެ. އަދި ފަނޑިޔާރުގެ ގިނަ ސުވާލުތަކެއް އެ ދެ ފަރާތަށް އަމާޒުކުރެވިގެން ދިޔައެވެ.

Advertisement - newsAdvertisement

އާދިއްތަ ދުވަހުގެ އަޑުއެހުން ނިންމަވާލައްވަމުން މިމައްސަލަ ސުޕްރީމް ފަނޑިޔާރުންގެ ބެންޗުގައި ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވީ، މި މައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ ދެން ބޭއްވޭނީ މި މައްސަލައިގައި ހުކުމް ކުރުމަށް ބޭއްވޭ ޝަރީއަތް ކަމަށެވެ. އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ދައުވާ ކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލުންނާއި ދައުވާ ރައްދުވާ ދީބާޖާ ކުންފުނީގެ ގާނޫނީ ވަކީލުން ވަނީ ހުލާސާ ގޮތެއްގައި މިމައްސަލާގައި ވާހަކަ ދައްކަވާފައެވެ.

ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލުކުރި، ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އެދިފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނަވާ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ދައުލަތުން ފަރާތުން އެދިފައިވަނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެެ. ސަބަބެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ހުކުމާއި ލިބެން ޖެހޭ ލިޔެކިޔުންތައް ދައުލަތް ލިބުން ލަސްވެގެން، ހައިކޯޓުގައި އިސްތިނާފް ކުރަން ޖެހޭ މުއްދަތުގައި އިސްތިއުނާފް ކުރެވިފައިނުވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރަން އޮތް މުއްދަތު ފަހަނަ އަޅާ ދިއުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން، ނިންމި ނިންމުމެއް ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ އެ ނިންމުން ބާތިލްކޮށް، މި މައްސަލައިގެ މައުލޫއީ ގޮތުން ކުރިއަށް ގެންދަވާނަމަ ހައިކޯޓުގެ ހުކުމަށް ތާއިދު ކޮށްދެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމަށް އެދިފައިވާ މި މައްސަލާގައި އެދިފައިވެއެވެ.

ހައިކޯޓުގެ ނިންމުގައި ވަނީ، މި މައްސަލައިގެ ހަގީގަތްތަކަށް ބަލާއިރު، މި ޕްރޮޖެކްޓަކީ ކޮންޓްރެކްޓް މުއްދަތަށް ސަރވިސް ޕްރޮވައިޑަރ ފައިނޭންސް ކުރާ ގޮތަށް އޮތް ޕްރޮޖެކްޓެއްކަން ފާހަގަވާ ކަމަށާއި ސަރުކާރުން ދޭން ބަޔާންކުރާ އެސެޓްސް ނުވަތަ ބިންތައް ލިބި ދިނުމުން ފައިނޭންސް ކުރާ ގޮތަށް އޮތް އެއްބަސްވުމެއް ނުވަތަ ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

ހަމަ އެގޮތަށް، ދަތުރުފަތުރު ކުރުމާއި، ސަރުކާރުން ސަރވިސް ޕްރޮވައިޑަރ އަށް އެހީތެރިވުމުގެ ގޮތުން ދިނުމަށް ލާޒިމް ކޮށްފައިވާ ކަންތައްތަކަކީ އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ހުކުމުގައި ފާހަގަކޮށްފައިވޭ ސަރުކާރާއި ދީބާޖާއާ ދެމެދު އެއްބަސްވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރި ނުވަތަ ކޮމާރޝަލް އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުމަކީ އާންމު ހިދްމަތް ދިނުމާބެހޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ.

އެ އެއްބަސްވުމުގައި ބަލަން ޖެހޭނީ އެޑްމިނިސްޓްރޭޓިވް ގާނޫނުގެ ދަށުން ކަމަށާއި ސިވިލް ކޯޓުގެ ހުކުމުގައި އެއްބަސްވުމުގެ ދަށުން ހިދްމަތްދޭ ފަރާތަށް ގެއްލުން ކުރިމަތިވާނެ ކަންކަމުން އެފަދަ ތަންތަނަށް ނަފާ ލިބިދޭނެ ގޮތަށް ކަންކަން ކުރުމަކީ ދައުލަތުގެ މާއްޗަށް ލާޒިމް ކަމެއް ކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، މިއެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ރަނގަޅަށް ދެނެގަނެވިފައި ނެތުމުން ނިންމާފައިވާ ނުރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައިކޯޓުން ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމުގައިވެއެވެ.

ސިވިލް ކޯޓުގެ އެ ހުކުމުގައި ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ނިންމާފައިވަނީ، ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ އަސާސީ ކަންކަމަށް ބެލުމެއްނެތި، އެއްބަސްވުމާއި ހިލާފްވިކަން ސާބިތު ކުރުމެއް ނެތި، އަދި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިނުވާ، ގެއްލުމުގެ ބަދަލެއްކަމާއި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިވަނީ މުސްތަޤްބަލުގައި ލިބޭނެ ގެއްލުމެއްކަން ވެސް 22 ޖުލައި 2015 ވަނަ ދުވަހު ހައިކޯޓުން ނިންމި ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގާދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީހް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރުމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލައެކެވެ.

މައްސަލާގައި 17 އޭޕްރީލް 2019 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގަައި މި މައްސަލަ އޭރު ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ

07 މާރިޗު 2017
އެމްޕީއެލް އިން ބާ ދޯންޏެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތަހުގީގު ނުނިމޭ: އޭސީސީ
02 މާރިޗު 2017

ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް

02 މާރިޗު 2017
ކުއްލި ގޮތަކަށް މަރުވި ދެމަފިރިންގެ މައްސަލައިގެ ތަހުގީގު އަދިނުނިމޭ: ޕޮލިސް
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
06 ފެބުރުއަރީ 2017

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް