Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގެ ޓެކްސީތައް

ބާ ޓެކްސީތައް އައުކޮށްލަން ލޯނުގެ އެހީ ލިބޭގޮތް ހަމަޖައްސަނީ

13 ނޮވެމްބަރު 2020 | ހުކުރު 08:35

ދެ އަހަރު ތެރޭގައި ކުރެވުނު މަސައްކަތާ މެދު ހިތްހަމަ ނުޖެހޭ: ނަހުލާ

އަލީ ސަމާޚް
އަލީ ސަމާޚް | 13 ނޮވެމްބަރު 2020 | ހުކުރު 08:35
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

މާލޭގައި ދުއްވާ ބާ ޓެކްސީތައް އައު ޓެކްސީތަކަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ލޯނުގެ އެހީ ލިބޭނެ ގޮތް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ''ރާއްޖެޓީވީ'' އަށް ދެއްވި ހާއްސަ އިންޓަވިއުއެއް ގައި ނަހުލާ ވިދާޅުވީ، މާލޭ ސަރަހައްދުގައި ދުއްވާ ގިނަ ޓެކްސީތަކަކީ ދުވަސްވެ ބާވެފައި ހުރި ޓެކްސީތައް ކަމަށެވެ. އެހެންކަމުން ބާ ޓެކްސީތައް ނައްތާލުމަށް ފަހު އައު ޓެކްސީތައް ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވި އެވެ.

Advertisement - newsAdvertisement

ނަހުލާ ވިދާޅުވާ ގޮތުގައި މާލެއަށް ދިމާވެފައިވާ ވެހިކަލްގެ މައްސަލަ ހައްލު ކުރުމާއި ދިމާލަށް ދިޔުމުގެ ކުރިން ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ޕަބްލިކް ޓްރާންސްޕޯޓް އެއް ގާއިމްކޮށްދޭނެ ޖެހެއެވެ.

އެ ނިޒާމަކީ ރައީސް އިބްރާހިމް ސޯލިހުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ހަވާލުކުރެވިފައިވާ މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރުމެވެ. ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ހިދުމަތް ފެށޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށެވެ. އެކަން ނުކުރެވުނު މައިގަނޑު ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، އެކަމަށް ބޭނުންވާ ބަޖެޓް ނުލިބުމެވެ.

ފާއިތުވި ދެ އަހަރު މިނިސްޓްރީން ކުރެވިފައިވާ މަސައްކަތްތަކާއި މެދު ދެކެވަޑައިގަންނަވަނީ ކިހިނެއްތޯ ސުވާލު ކުރުމުން ނަހުލާ ވިދާޅުވީ، ކުރެވުނު މަސައްކަތްތަކާއި މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. ސަބަބެއް ކަމަށް ނަހުލާ ފާހަގަކުރެއްވި ބޭނުންވާ ވަރަށް މުވައްޒަފުން ނުލިބުމުގެ އިތުރުން ބައެއް މަސައްކަތްތައް ލަސްވުން ކަމަށެވެ. ނަމަވެސް އިތުރު މުވައްޒަފުން ހޯދަން ބަޖެޓް ހަމަޖެހިގެން ދިޔުމުން އަންނަ އަހަރު އެކަންތައްތަކަށް ހައްލެއް އަންނާނެކަން ނަހުލާ ފާހަގަކުރެއްވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި

27 ފެބުރުއަރީ 2017
ހާލުގައި ޖެހުނު ޑިންގީއަކަށް އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފި
26 ފެބުރުއަރީ 2017

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

26 ފެބުރުއަރީ 2017
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި
26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
12 ފެބުރުއަރީ 2017

އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު

12 ފެބުރުއަރީ 2017
އާއްމު އުސޫލުތަކާ ހިލާފަށް ސައުދީގެ އެހީ ހޯދާތީ ކަންބޮޑުވޭ:ރައީސް ނަޝީދު
09 ފެބުރުއަރީ 2017

އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި

09 ފެބުރުއަރީ 2017
އެހީދޭ ހަ މީހަކު މަރާލުމާ ގުޅިގެން އަފްޣާންގައި ރެޑް ކްރޮސެންޓްގެ މަސައްކަތް ހުއްޓާލައިފި
08 ފެބުރުއަރީ 2017

ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި

08 ފެބުރުއަރީ 2017
ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންނަށް މާލީ އެހީ ދޭނެ އުސޫލެއް ކަނޑައަޅައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
21 ޖެނުއަރީ 2017

ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި

21 ޖެނުއަރީ 2017
ސޮވަރިން ބޮންޑް ވިއްކުމަށް އެހީތެރިވެދޭނެ ބޭންކަކަށް ޑޮއިޗޭ ބޭންކް ހަމަޖައްސައިފި
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް