Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓައިނީ ހާޓްސް

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަނުން އެހީތެރިވާން ނިންމައިފި

މިޖަމިއްޔާގައި ހަތަރުސަތޭކަ ފަންސާހަށްވުރެ ގިނަ ކުޑަކުދިން ފަރުވާހޯދަމުންދޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 26 ފެބުރުއަރީ 2017 | އާދީއްތަ 22:46
ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަން އެއްބަސްވުމުގައި ސޮއިކުރުން

ޓައިނީ ހާޓްސްއަށް ޔުނިވަރސަލް ފައުންޑޭޝަން އެއްބަސްވުމުގައި ސޮއިކުރުން

ހިތުގެ މައްސަލަ ހުންނަ ކުދިންނަށް އެހީތެރިވާ ޖަމިއްޔާއެއްކަމަށްވާ ޓައިނީ ހާޓްސްއިން ކުރިއަށްގެންދާ ޗެރިޓީ ހަރަކާތްތަކަށް އެހީތެރިވެދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ނިންމައިފިއެވެ.

ކުރިއަށްއޮތް އެއްއަހަރުދުވަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްތަކަށް މާލީ ގޮތުންނާއި ފަންނީގޮތުން އެހީތެރިވެދިނުމަށް ޔުނިވަރސަލް ފައުންޑޭޝަނުން ނިންމާ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

ޔުނިވަރސަލް ފައުންޑޭޝަނުގެ ފަރާތުން އެއްބަސްވުމުގައި އެފައުންޑޭޝަނުގެ ރައީސް އިޔާޒް ވަޙީދު ސޮއިކުރެއްވިއިރު ޓައިނީ ހާޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަޕަރސަން ފިއުނާޒް ވަޙީދުއެވެ.

މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓައިނީ ހާރޓްސް އޮފް މޯލްޑިވްސްގެ ޗެއަޕަރސަން ފިއުނާޒް ވަޙީދު ވިދާޅުވީ، ޔުނިވަރސަލް ފައުންޑޭޝަނާއިއެކު މިވެނުނު އެއްބަސްވުމުގެ ދަށުން ވަރަށް ބޮޑު އެހީތެރިކަމެއް އެޖަމިއްޔާއަށް ލިބިގެންދާނެ ކަމަށާއި އެގޮތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޭމްޕުގައި، މިހާރު އެޖަމިއްޔާގައި ރަޖިސްޓަރީވެފައިވާ ކުދިންގެ އިތުރުން މިހާރު ރަޖިސްޓަރީކުރަމުންދާ ކުދިންނަށް ފަރުވާދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

ޔުނިވާސަލް ފައުންޑޭޝަނުގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކާއި ގުޅިގެން އެކި އެކި ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިނުމަކީ ވަރަށް ޚާއްޞަ އިސްކަމެއްދޭ ކަމެއްކަމަށެވެ.

ޓައިނީ ހާޓްސްއިން ވަނީ އަންނަ މާޗްމަހުގެ ނަވާރަވަނަ ދުވަހުން ފެށިގެން، މާޗްމަހުގެ އެކާވީސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ކެއާރ ފޮ ޓައިނީ ހާޓްސް ނަމުގައި މެޑިކަލް ކޭމްޕެއް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

މިޖަމިއްޔާގައި ހަތަރުސަތޭކަ ފަންސާހަށްވުރެ ގިނަ ކުޑަކުދިން ފަރުވާހޯދަމުންދެ އެވެ.

އިތުރަށް ކިޔާލަން

23 މާރިޗު 2018

ޓައިނީ ހާޓްސް އާއި ޔުނިވަރސަލް ފައުންޑޭޝަނުންއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

23 މާރިޗު 2018
ޓައިނީ ހާޓްސް އާއި ޔުނިވަރސަލް ފައުންޑޭޝަނުންއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
28 ޖެނުއަރީ 2018

ސޮދަގާތު ފައުންޑޭޝަނުން ދަނީ ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރަމުން: ސިނާން

28 ޖެނުއަރީ 2018
ސޮދަގާތު ފައުންޑޭޝަނުން ދަނީ ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރަމުން: ސިނާން
04 ޑިސެމްބަރު 2017

ވިއްސާރައިގަ ގެއްލުންވި ރަށްތަކަށް އިހްލާސްތެރިކަމާ އެކު އަވަހަށް އެހީތެރިވާން ގޮވާލައިފި

04 ޑިސެމްބަރު 2017
ވިއްސާރައިގަ ގެއްލުންވި ރަށްތަކަށް އިހްލާސްތެރިކަމާ އެކު އަވަހަށް އެހީތެރިވާން ގޮވާލައިފި
08 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ

08 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ނިމިއްޖެ
07 ޖުލައި 2017

ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި

07 ޖުލައި 2017
ޓައިނީ ހާޓްސްގެ މެޑިކަލް ކޭމްޕް ފަށައިފި
21 ޖޫން 2017

ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ

21 ޖޫން 2017
ޕީސް ފައުންޑޭޝަނުން ޑރ. ބިބާލް ފިލިޕްސް ގެންނަނީ
01 ޖޫން 2017

މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި

01 ޖޫން 2017
މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސްކޯލަރޝިޕްގެ މުއްދަތު އިތުރުކޮށްފި
29 މެއި 2017

މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ

29 މެއި 2017
މައުމޫން ފައުންޑޭޝަނުން އިހްޔާ ޕްރޮގްރާމް މިއަހަރު ނުބާއްވާނެ
10 މެއި 2017

މައުމޫން ފައުންޑޭޝަނުން 80 ސްކޯލަރޝިޕް ފުރުސަތު ހުޅުވާލައިފި

10 މެއި 2017
މައުމޫން ފައުންޑޭޝަނުން 80 ސްކޯލަރޝިޕް ފުރުސަތު ހުޅުވާލައިފި
22 ފެބުރުއަރީ 2017

ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި

22 ފެބުރުއަރީ 2017
ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އިން އާސަންދަ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއި ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް