Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިތުރު އެއާރލައިންތަކުން ދަތުރު ފެށުން

އިތުރު 10 އެއަރލައިންއަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ!

12 ނޮވެމްބަރު 2020 | ބުރާސްފަތި 18:20

އޮކްޓޯބަރުގެ ނިޔަލަށް މި 15 އެއާރލައިނުން ޖުމްލަ 52،989 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 12 ނޮވެމްބަރު 2020 | ބުރާސްފަތި 18:20
އެއަރޕޯޓްގައި ފްލައިޓްތައް ޕާކްކޮށްފައި

އެއަރޕޯޓްގައި ފްލައިޓްތައް ޕާކްކޮށްފައި

އިތުރު 10 އެއާރލައިނަކުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެންމެ ފަހުން ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ ނޮވެމްބަރު މަހާއި ޑިސެމްބަރ މަހު އިތުރު 10 އެއާރލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ އެވެ. އަލަށް ދަތުރުފަށާ އެއާރލައިންތަކުގެ ތެރޭގައި ހިމެނެނީ، ޔޫކްރެއިން އިންޓަރނޭޝަނަލް އެއާރލައިންސް، ނޯރޑްވިންޑް، އަޒުރ އެއާރ ރަޝިއާ، އެއާރ ސީޝެލްސް، އެލިޓާލިއާ، އެއާރ ފްރާންސް، އަޒުރ އެއާރ ޔޫކްރެއިން، ނިއޮސް ސްޕާ، ގަލްފް އެއާރ އަދި ރޮސިއާ އެއާރލައިންސް އެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 15 އެއަރލައިނަކުން ވަނީ ދަތުރުތައް ފަށާފަ އެވެ. އޮކްޓޯބަރު މަހުގެ 31ގެ ނިޔަލަށް މި 15 އެއާރލައިނުން ޖުމްލަ 52،989 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި އޭރޯފްލޮޓް، އެއަރ އިންޑިއާ، ބްރިޓިޝް އެއަރވޭސް، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސް އަދި އޮސްޓްރިއަން އެއަރލައިން ހިމެނޭއިރު އެންމެ ފަހުން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ ލުފްތަންސާ އަދި ފްލައި ދުބާއީއިންނެވެ.

ފިނިމޫސުމާ ދިމާކޮށް މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަމަހުގެ ތެރޭގައިވެސް ރާއްޖެއަށް ގިނަ އެއަރލައިން ތަކަކުން ދަތުރުތައް ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ، ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާނެކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.

އެންމެ ހިނގާ

1

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް