Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދީބާޖާ މައްސަލަ

ދީބާޖާ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލްކޮށްފި

ދީބާޖާއިން ގެއްލުމުގެ ބަދަލު ނަގައިދޭ ސިވިލް ކޯޓަށް ހުށަހެޅީ 2،410،343،580ރ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2020 | ބުރާސްފަތި 08:26
ދީބާޖާ މައްސަލާގައި އެންމެފަހުން ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުގެ މަންޒަރެއް

ދީބާޖާ މައްސަލާގައި އެންމެފަހުން ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުގެ މަންޒަރެއް

ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ދައުލަތުން ބާޠިލް ކުރުމާ ގުޅިގެން ދީބާޖާއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދިފައިވާ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

ހަތަރު އަތޮޅެއްގެ ފެރީގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި، ދީބާޖާ އިންވެސްޓްމަންޓާއި ދައުލަތާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލް ކުރުމުން ދައުލަތުން ގެއްލުމުގެ ބަދަލު ދިނުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުގެ ފަރާތުން އޮކްޓޯބަރު 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ އެދިފައެވެ.

Advertisement - newsAdvertisement

އެ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމަކީ، ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ހުށަހަޅާފައިވާ މި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ. ދީބާޖާ މައްސަލަ ރިވިއުކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވަނީ ޖެނުއަރީ 22 ގައެވެ. އަދި އެއީ އެ ކޯޓުގެ ގަވައިދާ އެއްގޮތަށް ހުށައެޅިފައިވާ މައްސަލައެއް ކަމުގައިވާތީ މައްސަލަ ހުށައެޅުމަށް ވަނީ ހުއްދަ ދީފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދުއެވެ. ދެން ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރުންނަކީ ޑރ. އަޒްމިރާލްދާ ޒާހިރު އަދި ޑރ. މުޙައްމަދު އިބްރާހީމްއެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދީބާޖާއިން ފާހަގަކުރި އިޖުރާއީ ނުކުތާތައް ބަލައިގެންފައެވެ. އަދި ދައުލަތުގެ ފަރާތުން ދެން ބާއްވާ އަޑުއެހުމުގައި ޖަވާބުދާރީ ވުމަށް ފުރުސަތު ދެއްވާ ކަމަށް ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.

އެ އަޑުއެހުމުގައި ދައުލަތުން ފަރާތުން އެދުނީ، އެއްބަސްވުމަކާ ޚިލާފުވުމުގެ ސަބަބުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން 17 އޭޕްރީލް 2019 ވަނަ ދުވަހު ނިންމާފައިވާ ނިންމުން ބާތިލްކޮށް، ހައިކޯޓުގެ ހުކުމަށް ތާއީދު ކޮށްދިނުމަށެވެެ. ސަބަބެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވެފައިވަނީ، ސިވިލް ކޯޓުން ހުކުމާއި ލިބެން ޖެހޭ ލިޔެކިޔުންތައް ދައުލަތް ލިބުން ލަސްވެގެން، ހައިކޯޓުގައި އިސްތިނާފް ކުރަން ޖެހޭ މުއްދަތުގައި އިސްތިއުނާފް ކުރެވިފައިނުވާ ކަމަށެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރަތް އޮތް މުއްދަތު ފަހަނަ އަޅާ ދިއުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި، ހައިކޯޓުގެ ހުކުމް ބާތިލްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އިޖުރާއީ ގޮތުން، ނިންމި ނިންމުމެއް ކަމަށެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ އެނިންމުން ބާތިލްކޮށް، މި މައްސަލައިގެ މައުލޫއީ ގޮތުން ކުރިއަށް ގެންދަވާނަމަ ހައިކޯޓުގެ ހުކުމަށް ތާއިދު ކޮށްދެއްވުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ރިވިއު ކުރުމަށް އެދިފައިވާ މި މައްސަލާގައި އެދިފައި ވެއެވެ.

ހައިކޯޓުގެ ނިންމުގައި ވަނީ، މި މައްސަލައިގެ ހަގީގަތްތަކަށް ބަލާއިރު، މި ޕްރޮޖެކްޓަކީ ކޮންޓްރެކްޓް މުއްދަތަށް ސަރވިސް ޕްރޮވައިޑަރ ފައިނޭންސް ކުރާ ގޮތަށް އޮތް ޕްރޮޖެކްޓެއްކަން ފާހަގަވާ ކަމަށާއި ސަރުކާރުން ދޭން ބަޔާންކުރާ އެސެޓްސް ނުވަތަ ބިންތައް ލިބި ދިނުމުން ފައިނޭންސް ކުރާ ގޮތަށް އޮތް އެއްބަސްވުމެއް ނުވަތަ ޕްރޮޖެކްޓެއް ނޫން ކަމަށެވެ.

ހަމައެގޮތަށް، ދަތުރުފަތުރު ކުރުމާއި، ސަރުކާރުން ސަރވިސް ޕްރޮވައިޑަރ އަށް އެހީތެރިވުމުގެ ގޮތުން ދިނުމަށް ލާޒިމް ކޮށްފައިވާ ކަންތައްތަކަކީ އެއްކަމެއް އަނެއްކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތައްތަކެއް ނޫންކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ ހުކުމުގައި ފާހަގަކޮށްފައިވޭ ސަރުކާރާއި ދީބާޖާއާ ދެމެދު އެއްބަސްވެވިފައިވާ އެއްބަސްވުމަކީ ވިޔަފާރި ނުވަތަ ކޮމާރޝަލް އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުމަކީ އާންމު ހިދްމަތް ދިނުމާބެހޭ އެއްބަސްވުމެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އެ އެއްބަސްވުމުގައި ބަލަން ޖެހޭނީ އެޑްމިނިސްޓްރޭޓިވް ގާނޫނުގެ ދަށުން ކަމަށާއި ސިވިލް ކޯޓުގެ ހުކުމުގައި އެއްބަސްވުމުގެ ދަށުން ހިދްމަތްދޭ ފަރާތަށް ގެއްލުން ކުރިމަތިވާނެ ކަންކަމުން އެފަދަ ތަންތަނަށް ނަފާ ލިބިދޭނެ ގޮތަށް ކަންކަން ކުރުމަކީ ދައުލަތުގެ މާއްޗަށް ލާޒިމް ކަމެއް ކަމަށް ބަޔާންކޮށް ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަކީ، މިއެއްބަސްވުމަކީ އިދާރީ އެއްބަސްވުމެއްކަން ނުވަތަ ނޫންކަން ރަނގަޅަށް ދެނެގަނެވިފައި ނެތުމުން ނިންމާފައިވާ ނުރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ހުކުމަކީ ބާތިލް ހުކުމެއް ކަމަށް ހައިކޯޓުން ދީބާޖާ މައްސަލާގައި ކޮށްފައިވާ ހުކުމުގައި ވެއެވެ.

ސިވިލް ކޯޓުގެ އެ ހުކުމުގައި ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ ކަމަށް ނިންމާފައިވަނީ، ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭ އަސާސީ ކަންކަމަށް ބެލުމެއްނެތި، އެއްބަސްވުމާއި ހިލާފްވިކަން ސާބިތު ކުރުމެއް ނެތި، އަދި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިނުވާ، ގެއްލުމުގެ ބަދަލެއްކަމާއި ދައުވާގެ ސީޤާގައި ބަޔާންކޮށްފައިވަނީ މުސްތަޤްބަލުގައި ލިބޭނެ ގެއްލުމެއްކަން ވެސް 22 ޖުލައި 2015 ވަނަ ދުވަހު ހައިކޯޓުން ނިންމި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގާދިނުމަށް އެދިފައިވަނީ، 2،410،343،580ރ (ދެ ބިލިއަން ހަތަރުސަތޭކަ ދިހަ މިލިއަން ތިންލައްކަ ސާޅީސްތިންހާސް ފައްސަތޭކަ އަށްޑިހަ ރުފިޔާ) އެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348،995،154ރ (ތިންސަތޭކަ ސާޅީސްއަށް މިލިއަން ނުވަލައްކަ ނުވަދިހަފަސްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ. އަދި އެ ފައިސާ އެހުކުމް ކުރި ތާރީހް ކަމަށްވާ 5 ފެބްރުއަރީ 2015 ވަނަ ވަހުން ފެށިގެން މަސް ދުވަހުގެ ތެރޭގައި ދީބާޖާއަށް ދައްކާ ހަލާސްކުރުމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާމެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލު ކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލު ކުރިމުން ދީބާޖާ އިން ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ހުށެހެޅި މައްސަލައެކެވެ.

މައްސަލާގައި 17 އޭޕްރީލް 2019 ވަނަ ދުވަހު، ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، އިސްތިއުނާފު ކުރުުމުގެ މުއްދަތު ފަހަނަ އަޅާ ދިޔުމުން އެ ހައްގު ގެއްލޭނެ ކަމަށާއި، އަދި ހައިކޯޓަށް އެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައިވަނީ އިޖުރާއީ އުސޫލުތަކާއި، ޝަރުއީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫން ކަަމަށެވެ. އެގޮތުން ހައިކޯޓުން ކުރި ހުކުމް ބާތިލުކޮށް، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ވަނީ ދީބާޖާއާ އެއްކޮޅަށް ހުކުމް ކޮށްފައެވެ. އަދި ދީބާޖާއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 348 މިލިއަން ރުފިޔާ ދައްކަން ދައުލަތަށް ވަނީ ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުގަައި މި މައްސަލަ އޭރު ބެއްލެވި ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަބްދުﷲ އަރީފާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

އޭސީސީއަށް ހުށަހެޅުނު މައްސަލައިގެ ޢަދަދު 15 އިންސައްތަ އިތުރު ވެއްޖެ

06 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު