Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ސޯލިހުގެ ސަރުކާރަށް 2 އަހަރު

އިމިގްރޭޝަންގެ މަސައްކަތްތައް ލާމަރުކަޒުކުރުމާއި ހިދުމަތް ދިނުމުގައި ކާމިޔާބު ދެ އަހަރު

12 ނޮވެމްބަރު 2020 | ބުރާސްފަތި 08:36

ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުން ވަނީ ގިނަ މަސައްކަތް ކޮށްފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 12 ނޮވެމްބަރު 2020 | ބުރާސްފަތި 08:36
އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސައިން (ހަނަފީ)

ފާއިތުވި ދެ އަހަރު އިމިގްރޭޝަންގެ ހިދުމަތްތައް ހޯދަން އަންނަން ފަރާތްތަކަށް ލުއިފަސޭހެ ހޯދައިދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

އިމިގްރޭޝަންއިން ހޯދި ކާމިޔާބީތައް ފާހަގަކޮށް އާންމުކުރި ބަޔާނެއްގައި އިމިގްރޭޝަނުން ބުނެފައިވަނީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި އިމިގްރޭޝަންއިން ހިދުމަތްތައް ލާމަރުކަޒީ ކުރުމުގެ ގޮތުން ވަނީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ބިޒްނަސް ވިސާ ދޫކުރަން ފަށާ، އަލަށް ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިންނަށް މި އެއަރޕޯޓުން ރާއްޖެ އެތެރެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެ އިދާރާއިން ވަނީ މި އެއަރޕޯޓުގައި 'ޑޮކިއުމަންޓް އެގްޒަމިނޭޝަން ލެބް' އެއް ގާއިމް ކޮށްފައެވެ.

Advertisement - newsAdvertisement

އިމިގްރޭޝަނުން ވަނީ ހއ. އަތޮޅުގައި އެ އިދާރާގެ އޮފީހެއް ގާއިމްކޮށްފައެވެ. އަދި 'ރަށުން' ގެ ނަމުގައި ރަށްރަށުން ޕާސްޕޯޓުގެ ހިދުމަތަށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

އޭގެ އިތުރުން، އިމިގްރޭޝަންއިން ވަނީ ބޯޑަރ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ ގޮތުންވެސް ފާހަގަކޮށްލެވޭ ކާމިޔާބު މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ކުރެވުނު އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ "ޑައިރެކްޓު އެކްސެސް ޓު ދި އިންޓަޕޯލް އިންފޮމޭޝަން ސިސްޓަމް" އެއްބަސްވުމުގައި ސޮއިކުރުމެވެ.

ބޯޑަރ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން އެ އިދާރާއިން ކޮށްފައިވާ އިތުރު މަސައްކަތަށް ބަލާއިރު ސީޕޯޓު ކްލިއަރެންސް ދިނުމަށް މޯބައިލް ސިސްޓަމެއް ތައާރަފްކޮށް ބޭނުންކުރަން ވަނީ ފަށާފައެވެ. އަދި "އެން-ރޫޓް ކްލިއަރެންސް" ހިދުމަތް ދޭން ފެށުމުގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމުގައިވާ އިންސާނީ ވަގުފާރީގެ މައްސަލަ ހައްލުކުރުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރެވުނު ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން އިންސާނީ ވަގުފާރިއަށް ތުހުމަތު ކުރެވޭ 27 މައްސަލަ ވަނީ ތަހުގީގީ އިދާރާތަކަށް ފޮނުވާފައެވެ.

އިމިގްރޭޝަން އޮފީހުން ތައާރަފްކުރި އޮންލައިން ޕޯޓަލް 'އިމުގާ' ގެ ކާމިޔާބީއާ ގުޅޭގޮތުންވެސް އިމިގްރޭޝަނުން ވަނީ ބައިވަރު ކަންކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ޕޯޓަލް މެދުވެރިކޮށް ފަސިންޖަރުން އައުމުގެ ކުރިން އެ މީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމެއް ވަނީ ގާއިމް ކޮށްފައެވެ. މި ޕޯޓަލް މެދުވެރިކޮށް ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދޭން ފަށާފައިވާއިރު، ސީޕޯޓުގެ ހިދުމަތްވެސް ވަނީ ދޭން ފަށާފައެވެ. އަދި ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް އެ އިދާރާއަށް ހުށަހަޅާ ލިޔުންތައް ބަލައިގަނެ ޖަވާބު ދިނުމުގެ އިންތިޒާމެއް ވަނީ ހަމަޖައްސާފައެވެ.

އިމިގްރޭޝަންއިން ބުނީ ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާ ކުރުމުގެ ގޮތުންވެސް މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން އިމިގްރޭޝަންއިން ވަނީ އެ އިދާރާގެ ތަފާސްހިސާބުތައް ޝާއިއުކޮށްފައެވެ. އަދި ކުރިން ބިޒްނަސް ވިސާ ޕްރޮސެސް ކުރުމަސް ގިނަ ވަގުތު ނަގާއިރު މި ވަގުތު ވަނީ 48 ގަޑިއިރަށް ކުޑަކޮށްފައެވެ.

ވަރކް ވިސާގެ އިތުރުން އެހެނިހެން ވިސާތަކުގެ ހިދުމަތް ހަމަހަމަކަމާއި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އޮންލައިންކޮށް ހިދުމަތް ފޯރުކޮށްދިނުމާއި، މެރިޖް ވިސާ ހޯދުމުގައި ދިމާވާ ދަތިތައް ވަނީ ހައްލުކޮށްފައެވެ. އަދި އިމިގްރޭޝަންގެ ކޯލް ސެންޓަރުގެ ހިދުމަތް ތައާރަފްކޮށް، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު މޮނީޓަރކޮށް ބެލެހެއްޓުމަށްޓަކައި 'އަތޮޅު' ގެ ނަމުގައި މޮޑިއުލްއެއް ތައާރަފްކޮށްފައެވެ.

އެ އިދާރާއިން ވަނީ ފާއިތުވި 12 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ސްޓްރެޓިޖިކް ޕްލޭންއެއް އެކުލަވާލާ އެޔަށް އަމަލު ކުރަން ފަށާފައެވެ.

އިމިގްރޭޝަންއިން ވަނީ ރާއްޖޭގެ އިގްތިޞާދު ކުރިއެރުވުމާ މީހުން ބިނާކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން އިމިގްރޭޝަންއިން ވަނީ މޯލްޑިވްސް ބޯޑަރ މައިލްސް އިފްތިތާހުކޮށްފައެވެ.

މީހުން ބިނާ ކުރުމުގެ ގޮތުން 26 އޮފިސަރަކަށް މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ދިނުމާއެކު އިމިގްރޭޝަންގެ މަސައްކަތާ ގުޅުން ހުރި ދާއިރާތަކުން 180 އިމިގްރޭޝަން އޮފިސަރުން އަދި އެހެނިހެން މުއައްސަސާ ތަކުން 66 މީހުންނަށް ވަނީ ތަމްރީނު ދީފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
08 މާރިޗު 2017

އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން

08 މާރިޗު 2017
އަންހެނުންގެ ހައްގުތަށް ފޯރުކޮށްދިނުމުގައި މުޅި ދުނިޔެއަށް ނަމޫނާއެއް ދެއްކިދާނެ: ރައީސް ޔާމީން
05 މާރިޗު 2017

ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ

05 މާރިޗު 2017
ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށް ދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އެމްޑީޕީ
24 ފެބުރުއަރީ 2017

ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް

24 ފެބުރުއަރީ 2017
ދިވެހި ކަނބަލުންގެ މަސައްކަތްތައް ފުޅާ ދައިރާއެއްގައި ހިންގުމަށް ވިޔަފާރީގެ ރަގަޅު މާހައުލެއް ގާއިމްކުރަންޖެހޭ:ރައީސް
20 ފެބުރުއަރީ 2017

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު

28 ޖެނުއަރީ 2017
ޕާސްޕޯޓް ހިފަހައްޓާފައިވަނީ ޝިދާތާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވަން: އަދާލަތު
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް