Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް

ރައީސް ވިދާޅުވީ ފަށާއިރު ޕްރޮގްރާމް ބެއްލެވުމުން ޤައުމުގައި ހުރި މައްސަލަތައް ދެނެގަންނަން ފަސޭހަފުޅު ކަމަށް!

މި ޕްރޮގްރާމް މެދުވެރިކޮށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާ ކަަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 08:43
ރައީސް ސޯލިޙު ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސް ސޯލިޙު ބުދަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙަކީ ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް އަބަދުވެސް ޚާއްސަ ބޭފުޅެކެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރާއްޖެޓީވީން ގެނެސްދިން "އިބޫ" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރައީސް ސޯލިޙު ވަނީ ފަށާއިރު ޕްރޮގްރާމް ޤަވާއިދުން ބައްލަވާ ކަމަށާއި، މި ޕްރޮގްރާމް މެދުވެރިކޮށް މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާ ކަަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ވެރިކަމަށް ވަޑައިގަތުމަށްފަހު ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި ފުރަތަމަ އިންޓަރވިއުވެސް ރައީސް ސޯލިޙު ދެއްވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށެވެ. އޭރު ރައީސް ސޯލިޙުގެ ސަރުކާރަށް 1 އަހަރު ފުރެން ކައިރިވުމާ ގުޅިގެން އެކަމުގެ ޙަރަކާތްތައް ރަސްމީކޮށް ފެއްޓެވުމަށް ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ހޭފުޅުލެއްވުމަށްފަހު މި ޕްރޮގްރާމް ޤަވާއިދުން ބައްލަވާ ކަމަށެވެ. އަދި ވެރިކަމަށްވަޑައިގަތުމަށް ފަހުވެސް، ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން މި ޝޯވ ބައްލަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެއަކަސް ރައީސް ސޯލިޙަކީ ފަށާއިރު ޕްރޮގްރާމްއަށް އަބަދުވެސް ޚާއްސަ ބޭފުޅެކެވެ. ބުދަ ދުވަހު ރައީސް ސޯލިޙު މި ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެންނެވީ އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުން ފާހަގަ ކުރުމާއި، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައެވެ.

ސަރުކާރުގެ މަސައްކަތްތަކާއި، ފާއިތުވި 2 އަހަރުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ރައީސް ސޯލިޙު ވަނީ ޒާތީ ދިރިއުޅުއްވުމުގެ ބައެއް ވާހަކަތަކާ ގުޅޭގޮތުން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން މުނިފޫހި ފިލުވުމަށް ފޮތް ކިޔުއްވުމާއި ޓީވީ ބެއްލެވުމުގެ ވާހަކަ ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ، ފަށާއިރު ޕްރޮގްރާމް ބެއްލެވުމުން ޤައުމުގައި އޭރަކު ހުންނަ ބޮޑެތި މައްސަލަތަކުގެ މައުލޫމާތުތައް ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ޝެޑިއުލްގެ ގޮތުން ބައެއް ދުވަސްތަކުގައި މި ޕްރޮގްރާމް ބެއްލެވުމަށް ވަގުތު ލިބިވަޑައިނުގެންނެވި ނަމަވެސް، މިއީ ކޮންމެހެންވެސް ބަލަން ޖެހޭ ޕްރޮގްރާމެއް ކަމަށާއި، ޕްރޮގްރާމް ބެއްލެވޭނެ ގޮތެއް އެބަ ހައްދަވަން ޖެހޭކަމަށް ސަމާސާ ރާގެއްގައި ރައީސް ވިދާޅުވިއެވެ.

މެދުކެނޑުމެއްނެތި 5 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ޕްރޮގްރާމަކީ އެހެން މޯރނިންގ ޝޯވތަކާ ޚިލާފަށް ތަފާތު "ސްޓައިލްއަކަށް" ރާއްޖޭގައި ގެންނަން ފެށި ފުރަތަމަ މޯރނިންގ ޝޯވއެވެ. އާންމުކޮށް ހެނދުނުގެ ޝޯވތައް ފަށާ ގަޑިއަށްވުރެ އަވަހަށް މި ޕްރޮގްރާމް ފެށި ނަމަވެސް، ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ބަޔަކު ބަލާ މޯރނިންގ ޝޯވއަކީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްކަން ގިނަ މީހުން ފާހަގަ ކުރެއެވެ.

މި ޕްރޮގްރާމްގެ އެންމެ ޚާއްސަ ކަމަކީ ޤައުމުގައި އެ އިރެއްގައި ހުންނަ މައްސަލަތަކުގެ ވާހަކަ ސަމާސާ ސްޓައިލްއަކަށް ބެލުންތެރިންނާއި ކަމާގުޅޭ ދިމަދިމާއަށް ފޯރުކޮށްދިނުމެވެ. އަދި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތަކަށް ޙައްލު އަންނަކަން އެއީ ޕްރޮގްރާމްގެ ބެލުންތެރިން ފާހަގަ ކުރާ ކަމެކެވެ.

އެކަމާ ގުޅޭ ގޮތުން ޕްރޮގްރާމްގެ ހޯސްޓް އަދި ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް ވިދާޅުވީ، ޝޯވގައި ފާހަގަކުރާ މައްސަލަތަކަށް ހައްލު އަންނަކަން ބެލުންތެރިންނަށް ފާހަގަ ކުރެވެން ފެށި ހިސާބުން ކޮންމެ ދުވަހަކުވެސް އާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގުޅައި، ކަންބޮޑުވުންތައް ހިއްސާކޮށް ޝޯވ ގައި އެ ވާހަކަ ދެއްކުމަށް އެދޭ ކަމަށެވެ.

ފަށާއިރު ޕްރޮގްރާމް ގެނެސްދެނީ ހަފްތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 06:30ން 08:45 އަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

"އިސްކަން ދޭންވީ އިދާރީ ހިންގުން ހަރުދަނާކުރަން، އަދި ރައީސް ނަޝީދަށް ކެންޑިޑެސީ ހޯދައިދިނުމަށް"

11 ފެބުރުއަރީ 2017
ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު