Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުޅިވަރުގެ ދާއިރާއަށް ލިބުނު ކުރިއެރުން

ރައީސް ޞާލިޙުގެ ސަރުކާރަށް ދެ އަހަރު: ކުޅިވަރުގެ ދާއިރާއަށް "އޭ ޕްލަސް" އެއް

މި ދެ އަހަރުގެ ތެރޭގައި ޖުމްލަ 347 މަޝްރޫއުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފަށާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2020 | ބުދަ 03:42
މިދިޔަ އަހަރުގެ އައިއޯއައިޖީގެ ކާމިޔާބަށްފަހު އެތުލީޓުންނަށް ރައީސް ޞާލިޙު މަރުހަބާ ދަންނަވަނިކޮށް

މިދިޔަ އަހަރުގެ އައިއޯއައިޖީގެ ކާމިޔާބަށްފަހު އެތުލީޓުންނަށް ރައީސް ޞާލިޙު މަރުހަބާ ދަންނަވަނިކޮށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާއިރު، މި ނިމިގެންދިޔަ ދެ އަހަރުގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާފައިވާ ވުޒާރާއަކީ ކުޅިވަރާ ބެހޭ ވުޒާރާ ކަމުގައި ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައީސް ޞާލިޙުގެ ސަރުކާރުން ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު، މި ދެ އަހަރުގެ ތެރޭގައި ޖުމްލަ 347 މަޝްރޫއުގެ މަސައްކަތް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ. މީގެ އިތުރުން ޕީއެސްއައިޕީގެ ތެރެއިން ކޮށްފައިވާ މަސައްކަތާއެކު މަޝްރޫއުތަކުގެ އަދަދު މިއަށްވުރެވެސް އިތުރު ވެގެންދާނެއެވެ. މިއީ ޖުމްލަ 345,143,768.71 (ތިންސަތޭކަ ސާޅީސް ފަސް މިލިޔަން އެއްލައްކަ ސާޅީސްތިންހާސް ހަތްސަތޭކަ ފަސްދޮޅަށްއަށް ރުފިޔާ ހަތްދިހަ އެއް ލާރި) އަގުކުރެވޭ މަސައްކަތްތަކެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ޓާފް ދަނޑު އެޅުން ހިމެނެއެވެ. އެގޮތުން މި ދެ އަހަރުގެ މަސައްކަތަށް ބަލާއިރު ޖުމްލަ 39 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ބިން އެއްވަރުކުރުމަށް ހަވާލުކުރެވުނުއިރު، 17 ދަނޑެއްގެ މަސައްކަތް ނިންމާލިއެވެ. އަދި މިހާރު 16 ދަނޑެއްގެ މަސައްކަތް ކުރިއަށްދެއެވެ. އަދި 37 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ހަވާލުކުރެވުނުއިރު، ހަތް ދަނޑެއްގައި ޓާފް އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި 12 ރަށެއްގެ ދަނޑުތަކުގައި ޓާފް އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ. މިއީ ރާއްޖޭގެ އެންމެ މަގުބޫލު ކުޅިވަރު ކަމަށްވާ ފުޓްބޯޅައަށް މީގެ ކުރިން އެއްވެސް ސަރުކާރަކުން ހޯދައިދިން ވަސީލަތްތަކެއް ނޫނެވެ.

ފުޓްސަލް ދަނޑުތަކަށް ބަލާލާއިރު، މިހާތަނަށް ސަރުކާރުން ވަނީ 57 ރަށެއްގައި ފުޓްސަލް ދަނޑު އަޅާފައެވެ. އޭގެ ތެރެއިން ޗައިނާގެ ހިލޭ އެހީގެ ދަށުން 21 ދަނޑެއްގެ މަސައްކަތް ވަނީ ކޮށްފައެވެ.

މި ސަރުކާރުން ހަމައެކަނި ފުޓްބޯޅައަށް އިސްކަން ދިނުމުގެ ބަދަލުގައި އެހެން ކުޅިވަރުތަކަށްވެސް ވަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީފައެވެ. ރާއްޖޭގައި 21 ގައުމީ ކުޅިވަރު އެސޯސިއޭޝަނެއް އޮތްއިރު، ގިނަ ކުޅިވަރުތަކަކީ މީގެ ކުރީގެ ސަރުކާރުތަކުން މާބޮޑު އަޅާލުމެއް ދިން އެސޯސިއޭޝަންތަކެއް ނޫންނެވެ. އެހެން ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރުގެ ދެ އަހަރުގެ ތެރޭގައި މި ތަފާތުކުރުން ވަނީ ނައްތާލާފައެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެތުމުގެ ވަސީލަތްތައް ތަރަށްގީ ކުރުމަށް މި ސަރުކާރުން ބޮޑު ޚަރަދެއް ކޮށްފައިވާއިރު، މާލޭ ސްވިމިންގ ޓްރެކް ތަރައްގީކުރުމުގެ އިތުރުން ހަތަރު ރަށެއްގައި ސްވިމިންގ ޕްލެޓްފޯމް ވަނީ ގާއިމުކޮށްފައެވެ. އަދި ސްވިމިންގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ކުރިއެރުމަކީ 37 އަހަރުގެ ދިގު ތާރީޚުގައި ފެތުންތެރިން އުންމީދު ކުރަމުން އައި ފޮނި ހުވަފެނުގައި ކުލަޖެހި ރާއްޖޭގައި އޮލިމްޕިކް ފެންވަރުގެ ސްވިމިންގ ޕޫލެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމެވެ.

މީގެ އިތުރުން އެތުލެޓިކްސް އެސޯސިއޭޝަންގެ މުބާރާތްތައް މިއަދާ ހަމައަށް ބާއްވަމުން އައި އަދި އެތައް ބަޔަކު ބޭނުން ކުރަމުން އައި މާފަންނު ސްޓޭޑިއަމުގެ ޓްރެކް ސަރަހައްދުގައި ޒަމާނީ ސިންތެޓިކް ޓްރެކެއް ތަރައްގީކުރުމުގެ މަސައްކަތް ފެށީވެސް މި ސަރުކާރުންނެވެ. ޗަކައިގެ ސަބަބުން އެތައް ބަޔަކަށް މާޔޫސްކަން ގެނުވި ޓްރެކު ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ސިންތެޓިކް ޓްރެކުގެ ކޮންކްރީޓް މަސައްކަތް ވަނީ ނިމިފައެވެ. އަދި މިހާރު އަންނަނީ ޓްރެކުގައި ސިންތެޓިކް އަޅަމުންނެވެ. އަދި މި އަހަރުގެ ތެރޭގައި ޓްރެކުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ވަނީ އަމާޒުހިފާފައެވެ.

އަދި ގައުމީ ބިލިއާޑް ޓީމު ފަރިތަކުރުމަށާއި، ފުރަތަމަ ފަހަރަށް ދުނިޔޭގެ ފެންވަރުގެ މުބާރާތްތައް ބޭއްވޭ ފެންވަރަށް ބިލިއާޑް ފެސިލިޓީއެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީވެސް މި ސަރުކާރުންނެވެ. ހަތަރު މޭޒާއެކު ގިނަ ދަތިތަކެއް ތަހަންމަލު ކުރަމުން އައި ބިލިއާޑް ހުޅުމާލެ ފެސިލިޓީއާއެކު 18 މޭޒަށް އިތުރުކޮށްދީ، މުޅި ބިލިއާޑް އާއިލާ ވަނީ ހެއްވާލަދީފައެވެ. އަދި ރާއްޖޭގެ އެންމެ ހަގު ގައުމީ ކުޅިވަރު އެސޯސިއޭޝަން ކަމަށްވާ ހޭންޑްބޯޅައިގެ އުންމީދުތައް ހާސިލްކޮށްދީ ސަރަހައްދީ ފެންވަރުގެ މުބާރާތްތައް ބޭއްވޭނެ ހޭންޑްބޯޅަ ފެސިލިޓީއެއް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިއާއެކު މި ކުޅިވަރު ކުޅޭ ކުޅުންތެރިން އެތައް ގުނައެއް އިތުރު ވެގެންދާނެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ފޯރިގަދަ ކުޅިވަރު ކަމަށްވާ ވޮލީބޯޅައަށް ބަލާއިރު، މުޅި ރާއްޖޭގައި ވޮލީބޯޅަ ފުޅާކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅަމުންނެވެ. އެގޮތުން މިހާތަނަށް ތިން ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އަޅާފައިވާއިރު، ދެ ރަށެއްގައި ކޯޓު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި އަންނަ އަހަރު ރާއްޖޭގެ 20 ރަށެއްގައި އައުޓްޑޯ ވޮލީބޯޅަ ކޯޓުތައް އެޅުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ދުވަހަކުވެސް ވޮލީބޯޅައަށް ލިބުނު ވަސީލަތަކަށް ނުވާއިރު، ވޮލީބޯޅައަށް ހާއްސަ އިންޑޯ ކޯޓެއެއް އެޅުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުޅޭ ހަމައެކަނި ކުޅިވަރުގެ ގޮތުގައި މަޝްހޫރު ނެޓްބޯޅައަކީ ޒަމާނުއްސުރެން މަގުމަތިކުރެވިފައިވާ ކުޅިވަރެކެވެ. އެހެން ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުނުއިރު މަގުމަތިވެފައިވާ ނެޓްބޯޅައަށް ސްޓޭޑިއަމް ސަހަރައްދުން ވަސީލަތް ޔަގީންކުރެވި، ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓެއް އެޅުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ޒަމާނުއްސުރެން އަންހެން އަދި ފިރެހެން ކުޅުންތެރިންގެ ތަފާތު ނައްތާލީ ރައީސް ޞާލިޙުގެ ސަރުކާރުންނެވެ. އަންހެން އަދި ފިރިހެން ގައުމީ ޓީމުގެ ކުޅުންތެރިންނަށް ދެވޭ މުސާރާގައި ހުރި ފަރަގު ނައްތާލުމަކީވެސް ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، މި ސަރުކާރުން އަންނަނީ ކޮންމެ ކުޅުންތެރިއަކަށް 5،000 ރުފިޔާ އަދި އޮފިޝަލަކަށް 2،500 ރުފިޔާގެ ރޭޓުން އެލަވަންސް ދެމުންނެވެ. އަދި ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން ބައެއް ކުޅިވަރުތަކަށް މީގެ ކުރިން އެއް ލައްކަވެސް އަހަރަކު ނުލިބޭއިރު، އެއްވެސް ތަފާތު ކުރުމެއް ނެތި ފަސް ލައްކަ ރުފިޔާގެ ބަޖެޓެއް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަނީ ހަމަޖައްސާފައެވެ.

ކުޅުންތެރިގެ ތަމްރީނާއި ޓީމުތައް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުން މި ދެ އަހަރު ޚަރަދުކޮށްފައިވާއިރު، ފާއިތުވެދިޔަ ދެ އަހަރަކީ ރާއްޖޭގެ ކުޅިވަރު ހަޔާތުގައި އެންމެ ކާމިޔާބު ދެ އަހަރެވެ. އެގޮތުން ބައިނަލްއަގުވާމީ އެކި މުބާރާތްތަކުން ރާއްޖެއިން ވަނީ ޖުމްލަ 38 މެޑަލް ހޯދާފައެވެ. އެގޮތުން 12 ރަން މެޑެއްޔާއި، ހަތް ރިހި މެޑަލް އަދި 19 ލޯ މެޑަލް ރާއްޖެއިން ވަނީ ހޯދާފައެވެ.

ރާއްޖޭގައި ބައިނަލްއަގުވާމީ ކުޅިވަރު މުބާރާތްތައް ބޭއްވުމަކީވެސް ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. އެގޮތުން ރާއްޖެއިން ވަނީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބޭއްވުމުގެ ތާރީހީ ބިޑު ކާމިޔާބުކޮށްފައެވެ. މިއީ ބޮޑު ކުޅިވަރު ގޭމްސްއެއް ރާއްޖޭގައި ބާއްވަން ލިބުނު ފުރަތަމަ ފަހަރެވެ. އަދި 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކްސް ސްޕޯޓްސް ޗެމްޕިއަންޝިޕް ހޯސްޓް ކުރުމަށް ބިޑާއި އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް (އަންހެން ޑިވިޝަން) މުބާރާތް ރާއްޖޭގައި ހޯސްޓް ކުރުމަށް ބިޑުވެސް ވަނީ ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މި ސަރުކާރުން ވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފިއުޗާ ސީރީސް އާއި، މޯލްޑިވްސް އިންޓަނޭޝަނަލް ބެޑްމިންޓަން ޗެލެންޖާއި، އައްޑޫ ސިޓީގައި ކުރިއަށްދިޔަ ސައުތު އޭޝިއާ އަންޑަ 21 ބެޑްމިންޓަން މުބާރާތުގެ އިތުރުން ފީބާ އޭޝިއަން ކްއެސްޓްވެސް ރާއްޖޭގައި ވަނީ ބާއްވާފައެވެ.

ވާދަވެރި ކުޅިވަރުތަކުގެ އިތުރުންވެސް ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ މިދިޔަ ދެ އަހަރުގެ ތެރޭގައި އިޖުތިމާއީ ގޮތުންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން 61 ރަށެއްގައި އައުޓްޑޯ ޖިމް ބެހެއްޓުމަށް ނިންމިއިރު، 104 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމުކުރުމަށްވެސް ނިންމިއެވެ. އަދި ކުޅިވަރާއި ސިއްހަތަށް ދޭ ސަމާލުކަން އިތުރުކުރުމަށްޓަކައި މިހާތަނަށް 114 ސްޕޯޓްސް ކައުންސިލަރުން ހަމަޖައްސައި، ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް އަންނަނީ ހިންގަމުންނެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މުޅި ދުނިޔެ އާއި ރާއްޖޭގެ ކުޅިވަރިތަކަށްވެސް އޭގެ އަސަރުކުރިއިރު، މި ސަރުކާރުން އަންނަނީ މި ދަތި ދަނޑިވަޅުގައިވެސް ކުޅިވަރުގެ އެންމެހާ ފަރާތްތަކަށް އެންމެ ފުރިހަމައަށް އެހީވަމުންނެވެ. އޭގެ ހެއްކަކީ މާލީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކުޅިވަރުގެ ގިނަ މަޝްރޫއުތަކެއް ހުއްޓުމެއް ނެތި ކުރިއަށްދިޔުމެވެ. އެހެން ކަމުން ރައީސް ޞާލިޙުގެ ސަރުކާރަށް ދެ އަހަރު ފުރުނުއިރު، ކުޅިވަރުގެ އާއިލާ އޮތީ އުފަލުން ފޮޅިފައެވެ. އެސޯސިއޭޝަންތަކުގެ ވެރިންނާއި ކުޅުންތެރިންގެ މޫނުމަތިން ފެނިގެންދަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. ދެ އަހަރު ދުވަހުގެ މަސައްކަތަށް ކުޅިވަރުގެ އާއިލާއިން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އަދި ސަރުކާރަށް ދެނީ "އޭ ޕްލަސް" އެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

ފާއިތުވި ކުރު މުއްދަތުގައި ނުފެންނަ ވަރުގެ ސްކޮޑެއް މިއަހަރު ވިކްޓްރީން ފެންނާނެ: ނަޒީމް

07 ޖެނުއަރީ 2017
މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

މިއަހަރުގެ ޤައުމީ ޖޫނިއަރ އަދި ސީނިއަރ ސްކޮޑްގެ ފެތުންތެރިންގެ ނަންތައް އިއުލާންކޮށްފި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު