Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީން ޕޮޗެޓީނޯއަށް ފާރަލުން

ޕޮޗެޓީނޯ ހޯދަން ޕީއެސްޖީންވެސް މަސައްކަތް ކުރަނީ

10 ނޮވެމްބަރު 2020 | އަންގާރަ 11:15

ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 10 ނޮވެމްބަރު 2020 | އަންގާރަ 11:15
ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ

ޓޮޓެންހަމް ހޮޓްސްޕާގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ހޯދަން ޕީއެސްޖީންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކުރި ޕޮޗެޓީނޯ އަދި ޓީމަކާ ހަވާލުވެފައެއް ނުވެއެވެ. ޕޮޗެޓީނޯ ޓޮޓެންހަމުގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ފަސް އަހަރަށް ފަހުއެވެ. އޭނާ ވަނީ އެ ޓީމުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެ ޓީމަށް އަލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިދީ ރަނގަޅު ޓީމެއް އެކުލަވާލިއެވެ.

ޕޮޗެޓީނޯ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފެށީ މި ސީޒަނަށްފަހު އެ ޓީމުގެ ކޯޗަކަށް މިހާރު ހުރި ތޯމަސް ޓުޗެލްގެ އެއްބަސްވުން ހަމަވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ. ދާދި ފަހުން ޓުޗެލް ވަނީ ޕީއެސްޖީގެ އެއްބަސްވުން އައު ކުރުމުގެ ވާހަކަތަކުގައި މާ ބޮޑު ކުރިއެރުމެއް ނުލިބޭނަމަ، އަންނަ އަހަރު އޭނާ އެ ޓީމުން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައެވެ.

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޕީއެސްޖީން މި ފަހަރު އެ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފައެވެ. އަދި ފްރެންޗް ލީގުގެ އެއްވަނައިގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް މޮޅުވެގެން ޕީއެސްޖީ އޮތްއިރު، އެ ޓީމު ލީގުގެ ފުރަތަމަ ދެ މެޗުން ވަނީ ބަލިވެފައެވެ.

ޕޮޗެޓީނޯ ހޯދުމަށް ޕީއެސްޖީން މަސައްކަތް ފެށިއިރު، އޭނާ ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު ޕޮޗެޓީނޯ ބަދަލުވާން ބޭނުންވަނީ ޔުނައިޓެޑަށް ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ޕޮޗެޓީނޯ ބުނީ އޭނާ އިންތިޒާރުކުރަނީ ރަނގަޅު މަޝްރޫއަކަށް ކަމަށާއި، މިހާރު ހުރީ ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ޓީމަކާ ގުޅެން ތައްޔާރަށް ކަމަށެވެ. އަދި މީގެ ކުރިން އޭނާ ވަނީ އަނބުރާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބަކާ ގުޅެން ބޭނުންވާކަމަށްވެސް ބުނެފައެވެ.

އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ހޯދުމަށް ސިޓީ އާއި ޔުނައިޓެޑުގެ އިތުރުން ޕީއެސްޖީންވެސް މަސައްކަތް ކުރަމުން އަންނައިރު، މީގެ ކުރިން އޭނާ ހޯދުމަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑުންވެސް ވަނީ މަސައްކަތް ކޮށްފައެވެ. އޭގެ ތެރެއިން ބާސާއިން ވަނީ އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން ހަމަޖެއްސުމުގެ ކުރިން ޕޮޗެޓީނޯއާއެކު މަޝްވަރާ ކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
26 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން

26 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ހުރިހާ ޓީމެއްވެސް ނިކުންނަނީ އެއްވަނަ ހޯދަން
25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތަށް ޒުވާނުންގެ މަރުކަޒު މަރާމާތުކުރަނީ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް