Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ކުއަރޓަރލީ ރިޕޯޓް

ދެވަނަ ކުއާޓަރުގައި ވައްކަމުގެ މައްސަލައެއްގައި މާލެއިން ހައްޔަރުކޮށްފައި ވަނީ އެންމެ އަންހެނެއް

10 ނޮވެމްބަރު 2020 | އަންގާރަ 13:31

ވައްކަމާއި ފޭރުމުގެ 1001 މައްސަލަ ހުށައަޅާފައިވާއިރު 673 މައްސަލަ ހުށައަޅާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުން

ފާތުމަތު ނަހުލާ
ފާތުމަތު ނަހުލާ | 10 ނޮވެމްބަރު 2020 | އަންގާރަ 13:31
ފުލުހުންގެ ވެހިކަލެއް މާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަނީ

ފުލުހުންގެ ވެހިކަލެއް މާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަނީ

ދެވަނަ ކުއާޓާގައި ވައްކަމާއި ފޭރުމުގެ މައްސަލަ ތަކުގައި މާލެއިން ހައްޔަރު ކޮށްފައިވަނީ އެންމެ އަންހެނެކެވެ.

ހޯމަ ދުވަހު ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް 1 އިން ޖޫން 30 އަށް ވައްކަމާއި ފޭރުމުގެ 1001 މައްސަލަ ހުށައަޅާފައިވާއިރު 673 މައްސަލަ ހުށައަޅާފައިވަނީ ގްރޭޓަރ މާލެ ސަރަހައްދުންނެވެ.

Advertisement - newsAdvertisement

އެގޮތުން މި ތަފާސްހިސާބުތަކުގައި ދައްކާ ގޮތުގައި މާލެއިން ވައްކަމުގެ 395 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު ފޭރުމުގެ 82 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. އަދި މީގެ ތެރެއިން 95 އިންސައްތަ ފޭރުމުގެ މައްސަލަތަކުގައި އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުންކޮށްފައެއް ނުވެއެވެ. މި މައްސަލަ ތަކުގައި 259 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެއް އަންހެނަކާއި، 258 ފިރިހެނެކެވެ.

ވައްކަމުގެ 520 މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ސައިކަލު ވަގަށް ނެގި މައްސަލަތަކެވެ. އެގޮތުން 127 ސައިކަލެއް ވަގަށްނަގައިގެން ރިޕޯޓްކޮށްފައިވެއެވެ. މޯބައިލް ފޯނު ނަގައިގެން 121 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، އެ ކުއާޓަރުގައި ފައިސާ ވަގަށް ނަގައިގެން 25 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.

މާލެއިން ވައްކަމާއި ފޭރުމުގެ އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައި ވަނީ މާފަންނުންނެވެ. މާފަންނުން 205 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު އޭގެ ތެރެއިން 179 މައްސަލައަކީ ވައްކަމުގެ މައްސަލައަށް ވާއިރު އަނެއް 26 މައްސަލައަކީ ފޭރުމުގެ މައްސަލައެވެ.

ދެވަނައަށް މާލެ ސިޓީއިން އެންމެ ގިނަ މައްސަލަ ރިޕޯޓްކޮށްފައި ވަނީ ހުޅުމާލެއިންނެވެ. އެގޮތުން ޖުމްލަ 117 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މާލެ ސިޓީއިން ވައްކަމާއި ފޭރުމުގެ އެންމެ މަދު މައްސަލަތައް ރިޕޯޓްކޮށްފައި ވަނީ ވިލިމާލެއިންނެވެ. ވިލިމާލެއިން ރިޕޯޓްކޮށްފައިވަނީ އެންމެ 13 މައްސަލައެވެ.

ވައްކަމާއި ފޭރުމުގެ މައްސަލައިގައި އައްޑޫސިޓީއިން 73 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ފުވައްމުލަކު ސިޓީއިން ރިޕޯޓް ކޮށްފައިވަނީ 34 މައްސަލައެވެ. އަދި އެހެނިހެން އަތޮޅުތަކުން 220 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާދިއުމާ މެދު ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

4

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

5

އިންތިޚާބާ ދިމާކޮށް ދިން ހަމަލާތަކާއެކު ސުލްހައިގެ ވާހަކަތައް ފެށުމުގެ ފުރުސަތު ހަނިވެއްޖެ: ޕުޓިން

އިތުރަށް ކިޔާލަން

05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

20 ފެބުރުއަރީ 2017
ފުލުހުން ތަހުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް