Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާގެ ޝަރީއަތް

އާޒިމާގެ މައްސަލަތައް ބަލައްވާ ގާޒީ އެ މައްސަލަތަކުން ތަނާޒުލް ވެވަޑައިގެންފި

10 ނޮވެމްބަރު 2020 | އަންގާރަ 11:37

ގާޒީ ހަސަން ސައީދު އެ މައްސަލަތައް ބެލުމަށް ތަނާޒުލްވެވަޑައިގެންނެވި ސަބަބެއް ހާމައެއް ނުކުރައްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 10 ނޮވެމްބަރު 2020 | އަންގާރަ 11:37
އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މީގެކުރިން ބޭއްވި އަޑުއެހުމެއްގެ ތެރެއިން: އާޒިމާގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތައް ބެލުމަށް ތަނާޒުލްވެވަޑައިގަންނަވާފައި

އާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މީގެކުރިން ބޭއްވި އަޑުއެހުމެއްގެ ތެރެއިން: އާޒިމާގެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އެ ދައުވާތައް ބެލުމަށް ތަނާޒުލްވެވަޑައިގަންނަވާފައި

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރ ކުރުމާ ގުޅޭ ދެ ދައުވާ, ކްރިމިނަލް ކޯޓުގައި ބައްލަވަމުން ގެންދަވާ ގާޒީ ހަސަން ސައީދު އެ މައްސަލަތަކުން ތަނާޒުލް ވެވަޑައިގެންފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާގެ ޝަރީއަތް ހިންގެވުމަށް ގާޒީ ހަސަން ސައީދު ތަނާޒުލްވެވަޑައިގަންނަވާފައިވާކަން ކްރިމިނަލް ކޯޓުން ވަނީ "ރާއްޖެއެމްވީ" އަށް ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެމައްސަލަތައް ބެލުމަށް ގާޒީ ހަސަން ސައީދު ތަނާޒުލްވެވަޑައިގެންނެވި ސަބަބެއް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށް ދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާގެ އިބްތިދާއީ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކުރި ނަމަވެސް، އެ މައްސަލަތައް ބެލުމަށް ގާޒީ ތަނާޒުލްވެވަޑައިގަންނަވާފައިވާތީ، ހޯމަ ދުވަހުގެ އަޑުއެހުން ވަަނީ ކެންސަލްކޮށްފައެވެ.

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ، މިދިއަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އެ އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވަނީ، އާޒިމާގެ މައްޗަށް އުފުލާފައިވާ އެ ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ގޮތެއް ކަނޑައެޅުއްވުމަށް ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އަޑުއެހުމުގައި އޮންނާނެ ކަމަށެވެ.

މި މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި، ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް، ސްލޫކީ މައްސަލައެއް ފެންމަތިވެ، ފަނޑިޔާރު ކަމުގެ މަގާމުން އޭނާ ވަކިކުރުމުގެ ކުރިން އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އޭގެ ފަހުން މިމައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ހަސަން ސައީދުއެވެ. ގާޒީ ސައީދު ވަނީ، އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެ ދެ ދައުވާ ކުރިއަށް ގެންގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް ނިންމައި، އަޑުއެހުންތަކެއް މީގެކުރިން ބާއްވާފައެވެ.

ކުރީގެ ގާޒީ ހައިލަމް ވަނީ މި ދެ ދައުވާ ކުރިއަށް ގެންދަން ނިންމައި، ދައުލަތުން ހެކީންގެ ގޮތުގައި ހުށަހަޅާ ފަރާތްތައް ހުށަހެޅުމުގެ ފުރުސަތު ވެސް ދެއްވާފައެވެ. އަދި ދައުލަތުން ވަނީ އެ ފަރާތްތަކުގެ ނަންތައް ހުށަހަޅާފައެވެ. އެ ހެކީންނާ ގުޅޭ ގޮތުން އާޒިމާ ވެސް ވަނީ ގާޒީ ހައިލަމް ކުރިއަށް ގެންދެވި އަޑުއެހުންތަކުގައި ވާހަކަ ދައްކަވާފައެވެ.

ގާޒީ ސައީދު ކުރިއަށް ގެންދެވި އަޑުއެހުންތަކުގައި ވެސް، އާޒިމާ ވަނީ މި ދެ ދައުވާއަކީ ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ވިދާޅުވެ، ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމަވާ ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް މީގެ ކުރިން ދައުވާ ކުރިއަަށް ގެންދަން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށްފަހު، އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ، އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ މި ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވޭ އަޑުއެހުމުގައި އަލުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

ބައެއް އަޑުއެހުންތަކުގައި، މި ދެ ދައުވާގެ އަޑުއެހުންތައް އަލުން ފެށުމަށް ވެސް އާޒިމާގެ ފަރާތުން އެދިލައްވާފައިވެއެވެ. އެގޮތަށް ބަޔާންކޮށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

އާޒިމާގެ ސިޓީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ މި މައްސަލަ ކުރިން ބެއްލި ގާޒީ ނިންމެވި ހިސާބުން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ، އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ އަލުން ކަނޑައެޅުމަށް ދެން އޮންނަ އަޑުއެހުމުގައި އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އާޒިމާ، މިމައްސަލަ ދިގު ދަންމަން މަސައްކަތް ކުރެއްވުން

މި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބޭއްވިފައި ވަނީ މިދިއަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އޭގެ ކުރިން އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވިއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ވެސް އާޒިމާ ވަނީ، މި ދެ ދައުވާ އަލުން ފައިގެން ކުރިއަށް ގެންދިއުމަށް އެދިފައެވެ.

މި މައްސަލަ ދިގު ދައްމާލަން އާޒިމާ މަސައްކަތް ކުރައްވާ އިރު، ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި، އާޒިމާ ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވަން ޖެހުމުން އެއަޑުއެހުން ކުރިއަށް ގެންދެވިފައި ވަނީ އެންމެ 15 ވަރަކަށް މިނެޓަށެވެ. އޭގެ ކުރިން އަޑުއެހުމެއް ބޭއްވިފައިވަނީ މިއަހަރުގެ މާރޗް މަހުގެ 8 ވަނަ ދުވަހުއެވެ.

އެ އަޑުއެހުން ނިންމާލެއްވީ، އާޒިމާގެ ޤާނޫނީ ވަކީލެއް ނެތުމުން ޤާނޫނީ ވަކީލެއް ޢައްޔަނު ކުރުމުގެ ފުރުޞަތު މާރޗު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދެއްވާފައެވެ. އެ ދުވަހު މި މައްސަލައިގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށް ވެސް ގާޒީ ހަސަން ސައީދު ވިދާޅުވެފައި ވެއެވެ. ނަމަވެސް ކޮވިޑް-19 ޕެންޑަމިކްއާ ގުޅިގެން އެ ދުވަހުގެ އަޑުއެހުން ބާއްވާފައެއް ނުވެއެވެ.

މިދިއަ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާފައި ވެއެވެ. އެ އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައި ވަނީ ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތައް ހުށައެޅުމެވެ.

އެގޮތުން އާޒިމާގެ މައްޗަށް ކުރާ ދެ ދަޢުވާގައި ދަޢުލަތުން ހުށައެޅި ޝަފަޢީ ހެކިންގެ ގޮތުގައި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކުރީގެ ސީއީއޯ މުޙައްމަދު ޝަރީފު ހިމެނެއެވެ. އެ އަޑުއެހުމުގައި އާޒިމާ ވަނީ އެ ހެކިން ބަލައި ނުގަތުމަށް އެދިވަޑައިގަންނަވާފައެވެ.

އެގޮތުން ރައީސް ޔާމީނުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ފާހަގަ ކުރައްވާފައިވަނީ އެމަނިކުފާނަކީ މަނީ ލޯންޑަރިންގެ ދަޢުވާ ލިބޭ ފަރާތް ކަމަށާއި، އެ މައްސަލާގައި ދަޢުވާ ލިބޭ ފަރާތްކަމުން އެ މައްސަލައިގައި ހެކިބަސް ނުނެގޭނެ ކަމަށެވެ.

މުއައްވިޒު އާއި ލުޠުފީގެ ހެކިބަސް ނުނެގޭނެ ކަމަށް ދެކިވަޑައިގަންނަވާ ސަބަބު ކަމަށް އާޒިމާ ވިދާޅުވެފައި ވަނީ ކުށުގެ ތުހުމަތު ކުރެވޭ ފައިސާތަކެއް ބޭންކަށް ޖަމާވިކަން އެނގިހުރެ އެކަން ހުއްޓުވާފައި ނުވާތީއެވެ.

ބީއެމްއެލްގެ ޝަރީފުގެ ހެކިބަސް ނުނެގޭނެ ކަމަށް އާޒިމާ ވިދާޅުވީ އޭނާއަކީ މަޖިލީހުގެ ކޮމިޓީއެއްގައި ދޮގު މަޢުލޫމާތު ދީފައިވާ ފަރާތެއް ކަމަށާއި، އަދި އޭނާ ދޮގު ހެކި ބަސް ދިނުމުގެ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޖަވާބުގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޤާނޫނީ ވަކީލު ވަނީ ސަބަބުތަކާއެކު، ހެކިންގެ ހެކިބަސް ނުނެގެންވީ ސަބަބެއް ނެތް ނެތްކަން ފާހަގަ ކުރައްވާފައެވެ. އެ އަޑުއެހުން ކުރިއަށް ގެންދިޔައީ އޭރު މި މައްސަލަ ބެއްލި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމްއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!

16 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނަގައިފި!
08 ފެބުރުއަރީ 2017

ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި

08 ފެބުރުއަރީ 2017
ގާޒީ ބަރީގެ ބޭބެގެ ޝަރީއަތް ސިއްރުކޮށްފި
05 ފެބުރުއަރީ 2017

އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ

05 ފެބުރުއަރީ 2017
އަނެއްކާވެސް އެކިއެކި ޕްރޮމޯޝަންތަކުގެ ނަމުގައި މަކަރު ހަދައިގެން ފައިސާ ހޯދާ މައްސަލަތައް އިތުރުވެއްޖެ
23 ޖެނުއަރީ 2017

ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި

23 ޖެނުއަރީ 2017
ކިނބުދޫ ދާއިރާގައި ހުރި މައްސަލަތައް ރިޔާޒު ޓްވިޓާއަށް އޮއްސާލައިފި
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް