Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލޮނުޒިޔާރަތްކޮޅު ޕާކު މައްސަލަ

ފަސްޓް ލޭޑީއާ ގުޅުވައިގެން ދޮގު މައުލޫމާތު ފަތުރާފައިވާތީ އެމްއެންއެން އިން މައާފަށް އެދެން ޖެހޭ: ލިޓިޖެންޓްސް ފަރމް

10 ނޮވެމްބަރު 2020 | އަންގާރަ 05:13

އެމްއެންއެން އިން ޝާއިއު ކޮށްފައިވާ ލިޔުން އިސްލާހު ކުރުމަށް ލިޓިޖެންޓްސް ފަރމް އިން ވަނީ ބުނެފަ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 10 ނޮވެމްބަރު 2020 | އަންގާރަ 05:13
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަޙްމަދު

ފަސްޓް ލޭޑީ ފަޒްނާ އަހްމަދު އާ ގުޅުވައިގެން ފަތުރާފައިވަނީ ދޮގު މައުލޫމާތު ކަމަށާ އެކަމަށް މޯލްޑިވްސް ނިއުސް ނެޓްވޯކް (އެމްއެންއެން) އިން މައާފަށް އެދެން ޖެހޭ ކަމަށް ލިޓިޖެންޓްސް ފަރމް އިން ބުނެފި އެވެ.

ލިޓިޖެންޓްސް ފަރމް އިން ބުނީ އެމްއެންއެން އިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މ. ދީފްރަމްއާގޭ ފަޒްނާ އަޙްމަދާ ބެހޭ ގޮތުން، މާލޭ ސިޓީ ކައުންސިލުން ލޮނު ޒިޔާރަތްކޮޅުގައި ޤާއިމުކުރަމުންދާ ޕާކާ ގުޅުވައި، ޝާއިޢު ކޮށްފައިވަނީ ދޮގު މައުލޫމާތު ކަމަށް އިގުރާރު ވުމާއެކު އެކަމަށް މައާފަށް އެދެންޖެހޭ ކަމަށެވެ. އަދި މިކަން އިސްލާހު ކުރުމަށް ވެސް ލިޓިޖެންޓްސް ފަރމް އިން ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ލިޓިޖެންޓްސް ފަރމް އިން ނެރުނު ބަޔާނެއްގައި ބުނީ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ބްރޯޑްކާސްޓްކުރާ ފަރާތުގެ ކޮންޓެންޓްގައި ހިފަހައްޓަންޖެހޭ ހަމަ ނުވަތަ މިންގަނޑުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ 03 ވަނަ ހަމައިގެ 1 ވަނަ ނަންބަރުގައި އޮންނަ މާއްދާއާއި ޚިލާފަށް ފަޒްނާ އަޙްމަދުގެ ޢިއްޒަތާއި ޤަދަރަށާއި، އުނިކަންލިބި، މުޖުތަމަޢުގައި އެކަމަނާއާއިމެދު ނުބައިތަޞައްވުރެއް އުފެދިދާނެ ގޮތަކަށް އެމްއެންއެން އިން ޙަޤީޤަތާއި ޚިލާފު މަޢުލޫމާތު ޝާއިޢުކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން ބްރޯޑް ކާސްޓް ކުރުމުގެ ޤަވާޢިދު ގެ 41 ވަނަ މާއްދާގައި "ބްރޯޑްކާސްޓްކުރާ ފަރާތުން އެއްވެސް ކޮންޓެންޓެއް ހުށަހެޅުމުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ކަނޑައެޅިގެން ކަމެއް އޮޅޭގޮތަށް ގެނެސްދެވިއްޖެނަމަ، މި ގަވާއިދުގެ ދަށުން އެކުލަވާލައިފައިވާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައިވާ ގޮތުގެމަތިން އެ ކުށް އިޞްލާޙުކޮށްފައި، އެކަމަށް މަޢާފަށް އެދެންޖެހޭނަމަ، އެކަމަށް މަޢާފަށް އެދެންވާނެ" ކަމަށް އޮންނާނެ ކަމަށެވެ.

މި ގަވައިދު މިހެން އޮތް ކަމުގައި ވީނަމަވެސް، އެމްއެންއެން އިން އެއްވެސް އަސާސެއްގެ މައްޗަށް ބުރަވުމެއްނެތި، ފަޒުނާ އަޙްމަދާއި ބެހޭ ގޮތުން ޙަޤީޤަތާއި ޚިލާފަށް އެ ނޫހުގެ ވެބްސައިޓްގައި ޝާއިޢު ކޮށްފައިވާ ލިޔުން އިޞްލާ ހުކުރުމަށާއި، އަދި މި ލިޔުމަކީ ޙަޤީޤަތާއި ޚިލާފް ލިޔުމެއްކަމަށް އިޢުތިރާފްވެ، މަޢާފަށް އެދުމަށް ފަޒްނާ އަޙްމަދުގެ ޤާނޫނީ ވަކީލުންގެ ޙައިޘިއްޔަތުން އެ ފަރމް އިން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު

23 ފެބުރުއަރީ 2017
ﷲގެ ވަހީއާ ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކީ މަޚުލޫގަކަށް ޖާއިޒު ކަމެއް ނޫން: ޑރ. އިޔާޒު
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
24 ޖެނުއަރީ 2017

ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި

24 ޖެނުއަރީ 2017
ޔޫކޭ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީ އެމްޔޫއޯއާ ބައްދަލު ކުރައްވައިފި
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް