Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީކުރުން

ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގެ ޚާއްސަ ޕްލޭން، އެކަށައެޅިފައި!

ރާއްޖޭގެ ޖަޒީރާވަންތަކަން ދަމަހައްޓަން ބޭނުންނަމަ، އެހެން ރަށްރަށުގަވެސް މީހުން ދިރިއުޅެން އެބަޖެހޭ

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2020 | އަންގާރަ 20:21
މާލެ ސިޓީ، ރާއްޖެ ތަރައްޤީ ކުރައްވަން ރާވާފައިވާ އައު ސިޔާސަތު ވެގެންދާނީ، މާލެއިން މިއަދު މިފެންނަ ތޮއްޖެހުމަށް ލުއިކަން ލިބޭނެ

މާލެ ސިޓީ، ރާއްޖެ ތަރައްޤީ ކުރައްވަން ރާވާފައިވާ އައު ސިޔާސަތު ވެގެންދާނީ، މާލެއިން މިއަދު މިފެންނަ ތޮއްޖެހުމަށް ލުއިކަން ލިބޭނެ

ވޭތުވެ ދިޔަ 40 އަކަށް އަހަރު ރާއްޖެ މިއޮތީ ސެންޓްރަލައިޒްކޮށް، ހުރިހާ ކަމެއް، މާލެއަށް ބަރޯސާވާ ގޮތަށެވެ. އެހެންކަމުން މާލޭގެ ތަރައްޤީ މިހާރު މި އޮތް ހިސާބުން، މާލެއާ އަޅާބަލައިލެވޭ ވަރުގެ ނުވަތަ މާލެއާއި ކައިރި ކުރެވޭވަރުގެ ސަރަޙައްދެއް، ރާއްޖެއަކު ނެތެވެ. އެހެން ކަމުން ހުރިހާކަމެއް ކުރަން އެންމެން އަންނަން މިޖެހެނީ މާލެއަށެވެ. އެވަރަށް މާލޭގައި ދިރިއުޅޭ އާބާދީވެސް ބޮޑުވެއްޖެއެވެ.

މިއަދު މާލޭގަ ދިރިއުޅޭ އާބާދީގެ 70 އިންސައްތަ މީހުންނަކީ، ރަށްރަށުން މާލެއަށް ޙިޖުރަކޮށް އަދި ދަފްތަރުގަވެސް ނުޖެހި، ރަށުގެ ރަޖިސްޓަރީގައި ތިބެގެން، އެކަމަކު މާލޭގައި ދިރިއުޅެމުން ގެންދާ މީހުނެވެ. އެހެން ކަމުން މާލެއަށް އުފަންވެ ބޮޑުވެފައިވާ މާލޭގެ ރައްޔިތުންނާއި، ދަފްތަރުގައި ޖެހިފައިވާ މީހުންނަކީ، މާލޭގައި ދިރިއުޅެމުން އަންނަ އާބާދީގެ 30 އިންސައްތަ އެވެ. އެވަރަށް މާލެ ތޮއްޖެހިއްޖެއެވެ. އެހެން ކަމުން މިއަދު މާލެ ސިފަކުރެވެން އޮތީ، އެ އެއްޗަކާ ކައިރިވުމުން އޭގެ ބާރަށް ދަމައިގަންނަ ބްލެކްހޯލެއް ފަދައިންނެވެ. މާލޭގެ ތަރައްޤީއާއި ލިބެންހުރި ޚިދުމަތްތަކަށް ބަލާއިރު، މާލެއަކީ، މީހުން އެރަށަކަށް ދަމައިގަންނަ ރަށަކަށް ވެއްޖެއެވެ.

މި ޙަޤީގަތް މިހެން ފެންނަން އޮތް އިރު، ރާއްޖޭގެ ޖަޒީރާވަންތަކަން ދަމަހައްޓަން ބޭނުންނަމަ، އެހެން ރަށްރަށުގަވެސް މީހުން ދިރިއުޅެން އެބަޖެހެއެވެ. އެތަންތަނަށް މީހުން އެނބުރިދެވޭނެ ފަދަ ޚިދުމަތްތައް، ތަޢާރަފުކުރަން އެބަ ޖެހެއެވެ.

މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާންސްޓްރަކްޗަރ މުޙައްމަދު އަސްލަމް، ރާއްޖެ ޓީވީއަށް، ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، ވިދާޅުވީ މި މައްސަލަ ޙައްލުކުރަން މޮޑެލް އެއް ބޭނުންވާ ކަމަށެ އެވެ. އަދި އެއީ ދޭތެރެ މެދުގެ މޮޑެލްއަކަށް ވާންޖެހެއެވެ. އެއީ ކައިރިކައިރީގަ ހުންނަ ރަށްތައް، އެއްރަށް އަނެއްރަށަށް ބަރޯސާވާ ގޮތަކަށް ކްލަސްޓާސްތަކެއްގެ ގޮތުގައި، ނުވަތަ އެއް ޔުނިޓެއްގެ ގޮތުގައި، ތަރައްޤީވެގެންދާނެ މޮޑެލްއަކަށް ވުން މުހިންމެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި، މި މަސައްކަތް ކުރަންވެގެން، 2009 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު އުފެދިގެން އައިއިރު، އޭރު އޮތް ސަރުކާރުން، އިދާރީ ދާއިރާތައް އެއްކުރަން މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް އިދާރީ ގޮތުން، ހަމައެކަނި އެއްވީ އައްޑޫ އަތޮޅުގެ ރަށްތައް އެކަންޏެވެ. އެހައިތަނުން އެމީހުންނަށް ސިޓީ ސްޓޭޓަސް ލިބުނެވެ. ނަމަވެސް އެހެން ސަރަޙައްދު ތަކުގައި އެކަމަށް އޭރު އޮތީ އެދެވޭ އިޖާބައެއް ނުލިބިއެވެ.

އެމަނިކުފާނު، ހާމަ ކުރެއްވި ގޮތުގައި، މިހާރު ސަރުކާރުގެ ވިސްނުން މިހުރީ ރާއްޖެ ތަރައްޤީ ކުރުމުގައި ކައިރީގައި ހުންނަ ރަށްތައް އެއީ، ކްލަސްޓަރ އެއްގެ ގޮތަށް ބަލައިގެން، އެތަންތާނގައި ދިރިއުޅޭ މީހުންނަށް ފޯރުކޮށްދެވޭނެ ޚިދުމަތްތައް، ސަރަޙައްދަށް އަމާޒުކޮށްގެން ތަޢާރަފު ކުރަމުން ގެންދިއުމަށެވެ. އެގޮތަށް ހެދުމަށްޓަކައި، ފަރުމާކުރެވުނު މިންގަނޑު ތަކެއްގެ ތެރޭގައި ރާއްޖެ، މިހާރުވަނީ ބަހާލެވިފައެވެ. އެއީ ވަކި ދުރު މިނަކަށްވުރެ ކައިރީގައި ހުންނަ ހުރިހާރަށްތައް އެއް ކްލަސްޓައަކަށް ހަދައިގެންނެވެ. އަދި އެ ކްލަސްޓަރ ތަކުގެ ތެރެއިން، އާބާދީ ވަކި ވަރަކަށްވުރެ ބޮޑު އަދި އެތަނެއްގެ އިގްތިސާދާއި ސޯޝަލް އެންޑް އިކޮނޮމިކަލް އިންފްރާންސްޓްރަކްޗަރ، ހުރި ވަރަކަށް ބަލައި، ކުރެވިފައިވާ ކްލެސިފައި އެކެވެ. މިފަދަ ކްލަސްޓަރ ތަކުގެ ތެރެއިން އެންމެ މަތީ މިންގަނޑުން ޚިދުމަތް ލިބެން ހުންނަ ކްލަސްޓާސްތައް، ހެއްދެވީ އާބަން ސަރަޙައްދު ތަކެއްގެ ގޮތުގައެވެ. އޭގެ ވަށައިގެންހުރި ، އާބާދިގެ ގޮތުންވެސް ތަންކޮޅެއް ކުޑަ އެހެން ނަމަވެސް، އެ ރަށްތަކެއް ކްލަސްޓަރއަކަށް ހެދީމައި، އިކޮނޮމީ އޮފް ސްކޭލެއް ލިބޭ ސަރަޙައްދުތައް، ހެއްދެވީ ސަބާބަން ކްލަސްޓަރ ތަކެއްގެ ގޮތުގައެވެ.

ކޮންމެ އަކަސް، މި އެންމެހާ މިންގަނޑުތަކެއް މި އެކަށައެޅުއްވީ، ގުދުރަތީ ނިޒާމުގަ ކަންކަން ހިނގަމުންދާ ގޮތް ބައްލަވައިފައެވެ. އޭގެ މިސާލެއްގެ ގޮތުން މިނިސްޓަރ އަސްލަމް ސިފަކުރެއްވީ ސޫރުދަ ނިޒާމް ފަދަ، ނިޒާމަކުންނެވެ. އެއީ މިސާލަކަށް، ސިސްޓަމެއްގެ ތެރޭގައި ކޮންމެވެސް އެކައްޗެއް ވަށައިގެން ދެންހުރި އެއްޗެހިތައް ދައުރުވަމުން ދާއިރު، ކޮންމެވެސް އެކަތި އަނެކެތީގެ މައްޗަށް ނުފޫޒެއް އޮންނަ ފަދަ، ކަލަސްޓަރ ނިޒާމެކެވެ. މިގޮތުން މި ކްލަސްޓަތަކަށް ބަލާއިރު، މި ކްލަސްޓަރ ތަކުގައި ހިމެނޭ ރަށްތަކުގައި އެއްބަޔަކު އަނެއް ބަޔަކަށް ބަރޯސާ ވުމަށްޓަކައި، އެ ކްލަސްޓަރއަކަށް ދާންޖެހޭ ސޯޝަލް އެންޑް އިކޮނޮމިކް އިންފްރާންސްޓްރަކްޗަރ މިހާރު ހުރި ކަންކަން އެ ސަރަޙައްދެއްގެ މީހުންނަށް ބޭނުންވާ ފެންވަރަށް ތަރައްޤީކޮށް، އަދި އިތުރަށް ބޭނުންވާ ކަންކަން، އެންމެ ރަނގަޅު ގޮތަކަށް އެއްބަޔަކު އަނެއްބަޔަކަށް ބޭނުންކުރެވޭ ގޮތަށް ރަށްރަށް ބައްސަވާލީ ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު އެ އޮނިގަނޑު އެ އޮތީ ރާއްވަވައިފައެވެ.

އެހެން ކަމުން، ތަރައްޤީގެ މި އައު ޕްލޭންގައި، އާބަން، ސަބަރބަން އަދި ސެޓަލައިޓު ކްލަސްޓަރސް އެ އޮތީ ދެނެގެންފައެވެ. އެއީ ޔުނިޓުގެ ގޮތުގައި މަސައްކަތް ކުރާ ގޮތަށް އޮތް ކްލަސްޓަރ ތަކެކެވެ. މިއީ، ބައެއް ކަންކަމުގައި އެފަދަ އެއް ޔުނިޓު އަނެއް ޔުނިޓާ އެކީގައި މަސައްކަތް ކުރަންވެސް ޖެހޭނެ އިންތިޒާމެކެވެ. މިގޮތުން، ޚިދުމަތްތައް ތަރުތީބުވެގެން ދާއިރު، އާބަން ކްލަސްޓަރއަކަށް ނުވަތަ ސަބަރބަން ކްލަސްޓަރ އަކަށް ހުރިހާ ޚިދުމަތެއް ނުލިވެސްބިދާނެއެވެ. އެއީ، ޚިދުމަތްތައް ތަރުތީބު ވާ ގޮތުން، ކުރިން ދެންނެވި ފަދައިން، އެއްރަށް އަނެއްރަށަށް ބަރޯސާވާ ގޮތަށް އޮތުމުންނެވެ. އެހެންވީމާ، މި ނިޒާމުގެ ތެރެއިން ދެން ފެނިގެންދާނީ، ރަށުން ކްލަސްޓާރއަކުން، އެ ކްލަސްޓަރއެއްގެ ކްލެސިފިކޭޝަންގެ ތެރެއިން، އުފެދިގެން ދެން މި އަންނަ ޒޯނެވެ.

މިނިސްޓަރ ދެކެވަޑައިގަންނަވާ ގޮތުގައި، މިގޮތަށް އުފަންވެގެންދާ ކްލަސްޓަރސްތައް، މިގޮތަށް ބަހާލެވުނީމައި، ޙަގީގަތުގައި ރާއްޖެ އެ ބަހާލެވުނީ، ގުދުރަތީ 3 ޒޯނަކަށެވެ. އެއީ ރާއްޖޭގެ އުތުރާ، މެދާއި އަދި ދެކުނު ޝާމިލްވާ 3 ޒޯނެވެ. މިހެން ބަހާލީމައި، އިއްތިފާގުން މި ނިކުންނަ ނަތީޖާއަކީ، 2008 ގެ ކުރިން ރައީސް މައުމޫން ގެންގުޅުއްވި، ރީޖަނަލް ޑިވެލޮޕްމަންޓުގައި އޮތް 3 ރީޖަންގެ ސިޔާސަތާއި، އަދި 2008 ވަނަ އަހަރު އުފެދިގެން އައި ރައީސް ނަޝީދުގެ ސަރުކާރުން ރާއްޖެ ޕްރޮވިންސް ތަކަކަށް ބަހާލައިގެން ދިޔައިރު، ފެންނާން އޮތް ސިފަތައްވެސް، އޭގެ ތެރޭގައި އެކުލެވިގެން، ފެންނަ ސިޔާސަތެއްގެ ނަތީޖާއެކެވެ. އެހެން ކަމުން ރައީސް ނަޝީދާއި ރައީސް މައުމޫންގެ މި ދެންނެވި ދެ ސިޔާސަތުގެ މަފްޙޫމުގެ ތެރެއިން، މި އައު ކޮންސެޕްޓު އަނެއްކައިވެސް، އުފަންވެގެން އައީ ކަމަށް، ބެލިދާނެއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި އަލަށް އެކަށައެޅުއްވި ސިޔާސަތު އެކަށަ އެޅުއްވުމުގައި، އެއްރަށް އަނެއް ރަށަށް ބަރޯސާކުރުމަށް، ޤާއިމްކުރާނެ ޚިދުމަތްތައްވެސް މިހާރު އެހުރީ ދެނެގެންފައެވެ. މާނައަކީ ޕްލޭންކޮށް ނިމިފައެވެ. ރާއްޖެ ތަރައްޤީ ކުރާއިރު، ޖަޒީރާ ވަންތަކަން ދެމެހެއްޓުމަށްޓަކައި، ފަރުމާ ކުރެވިފައިވާ، މިދެންނެވި ސިސްޓަމް މިގޮތަށް މަސައްކަތް ކުރުމުގެ މައިބަދައަކީ، ދަތުރުފަތުރުގެ ނިޒާމްކަމުގައި، މިނިސްޓަރ ވިދާޅުވިއެވެ. ޒޯނަކަސްފަހު، ޒޯނަކަށް އަމާޒުކޮށްގެން، ފަރުމާކޮށްފައިވާ، ރާއްޖޭގެ ދަތުރުފަތުރުގެ އައު ވިއުގަ ވެގެންދާނީ، އިސްވެ ދެންނެވި ޙަޤީގީ ލާމަރުކަޒީ، ތަރައްޤީ ރާއްޖެއަށް ގެނުވާނެ މައިބަދަ ކަމުގައި ޕްލޭނިންގ މިނިސްޓަރ ދެކެވަޑައިގަންނަވައެވެ.

ކޮންމެ އަކަސް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ޖަޒީރާ ވަންތަ ގޮތެއްގައި ރާއްޖެ ތަރައްޤީ ކުރައްވަން ރާއްވަވާއިފައިވާ، މި އައު ސިޔާސަތު ވެގެންދާނީ، މާލެއިން މިއަދު މިފެންނަ ތޮއްޖެހުމަށް ލުއިކަން ލިބި، ރާއްޖެތެރެ ތަރައްޤީކުރަން ކޮށައިދޭ އައު މަގަކަށެވެ. މިސާލަކަށް ކޮންމެ ރަށަކުން ގިނަވެގެން 30 މިނިޓުގެ ތެރޭގައި އެއަރޕޯޓަކަށް ދެވޭނެހައި ކަރިއިގައި، އެއަރޕޯޓުތައް އެޅުމެވެ. ފަތުރުވެރިކަމާއި، އިގްތިސާދާއި، ސިއްޙީ، ތަޢުލީމީ، އަދި ޢުމްރާނީ، އިޖުތިމާޢީ ތަރައްޤީވެސް، މި ބީދައިން، އެއްރަށް އަނެއްރަށަށް ބަރޯސާވާނެ ނިޒާމަކުން، ތަރުތީބުވެ ގާއިމްވެގެން ދާން ފެށުމެވެ. މިނިސްޓަރ އަސްލަމް އެ ކުރައްސައިދެއްވި، އެއްރަށް އަނެއްރަށަށް ބަރޯސާކުރުވާ ކްލަސްޓަރ ތަކެއްގެ މެދުން، ދެން ފެންނާން ފަށާނެ، ޖަޒީރާވަންތަ ތަރައްޤީގެ ނިޒާމަކަށް ވެގެންދާނީ، އެ ނިޒާމެވެ. މިކަން ވެގެންދާނީ، ލާމަރުކަޒީ ނިޒާމުން ތަރައްޤީ ރާއްޖެއަށް ފެތުރުމުގެ ޕްލޭނަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

އެންމެ ގިނަބަޔަކު ބަލާ ޗެނަލްއަކަށް ވުމަކީ ރާއްޖެ ޓީވީގެ ކުށެއް ނޫން

03 މެއި 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

ފްރީހޯލްޑް ކުރުން ރާއްޖެއާ ގުޅޭ ސިސްޓަމެއްތަ؟

19 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު