Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފުރަތަމަ ވެކްސިން ލިބޭ ގައުމަކަށް ރާއްޖެ ހެދުން

ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ މުޅި އާބާދީއަށް، އެންމެ ފުރަތަމަ ވެކްސިން ލިބޭ ގައުމަކަށް ހެދުން

ވެކްސިން ޢާންމުކުރާ ހިސާބުން، ހަމަޖެހިފައި އޮތް އުސޫލުގެ ތެރެއިން އެންމެ ފުރަތަމަ ލިބޭ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2020 | އަންގާރަ 19:40
ކޮވިޑު19 ޖެހޭ ވައިރަހުން ދިފާޢުވުމަށް ދުނިޔޭގެ އެކި ގައުމުތަކުން، ވެކްސިން އުފައްދާ އޭގެ އަޖުމަ ބެލުމުގެ ހަރުފަތްތައް ދަނީ ގިރާ ކުރަމުން

ކޮވިޑު19 ޖެހޭ ވައިރަހުން ދިފާޢުވުމަށް ދުނިޔޭގެ އެކި ގައުމުތަކުން، ވެކްސިން އުފައްދާ އޭގެ އަޖުމަ ބެލުމުގެ ހަރުފަތްތައް ދަނީ ގިރާ ކުރަމުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުގެ ސިޔާސަތަކީ، ދިވެހިރާއްޖޭގެ މުޅި އާބާދީ، އެންމެ ފުރަތަމަ ކޮވިޑު19ގެ ވެކްސިންދީ، ދުނިޔޭންވެސް އެންމެ ފުރަތަމަ އިމިއުންކުރެވޭ ގައުމަކަށް، ދިވެހިރާއްޖެ ހެދުމެވެ.

"ދުނިޔޭގެ މުޅި އާބާދީ އިމުއުނައިޒް ކޮށްލެވޭ އެއް ގައުމަށް ރާއްޖެ ވާނެ" ކަމަށް ރާއްޖެ ޓީވީއަށް، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި، ވިދާޅުވެފައި، ވެއެވެ.

ކޮވިޑު19 ޖެހޭ ވައިރަހުން ދިފާޢުވުމަށް ދުނިޔޭގެ އެކި ގައުމުތަކުން، ވެކްސިން އުފައްދާ އޭގެ އަޖުމަ ބެލުމުގެ ހަރުފަތްތައް ގިރާކުރަމުން އަންނައިރު، ރާއްޖޭގެ ޚާރިޖީ ވުޒާރާއިން އެކި ގައުމުތަކުގެ ސަރުކާރުތަކާ އަދި އަމިއްލަ ފަރާތްތަކާއެކު، ވާހަކަ ދެކެވެމުން އަންނަ އެއް ކަމަކީ، ކޮވިޑުން ދިފާޢުވާ ވެކްސިން ވީ އެންމެ އަވަހަކަށް ރާއްޖެއަށް ހޯދައި ދިނުމެވެ.

މިއީ، ދިވެހިރާއްޖެއަށް ބޭނުންވާ އަދަދަށް، ވެކްސިން ހޯދުމަށް، މިހާތަނަށް ކޮށްފައިވި، އަދި ކުރަމުން ގެންދާ މަސައްކަތްތައް، މިހާތަނަށް މިހާ ތަފްސީލު ގޮތެއްގައި ޚާރިޖީ ވަޒީރު، ތަފްސީލު ކޮށްދެއްވި ފަހަރެވެ. އެމަނިކުފާނު ރާއްޖެ ޓީވީއަށް، ވިދާޅުވެ ދެއްވި ގޮތުގައި، މިހާތަނަށް މިކަމުގައި މަސައްކަތްކުރީ ގަންނަންވިޔަސް އަދި ހިލޭ އެހީގެ ގޮތުގައި ލިބެން އޮތްނަމަވެސް، ލިބެން އޮތް ގޮތަކަށް ދިވެހި ރައްޔިތުންނަށް އެންމެ ފުރަތަމަ ވެކްސިން ހޯދައި ދިނުމަށެވެ.

ޚާރިޖީ ވުޒާރާއިން، ހާމަކުރެއްވި ގޮތުގައި، ވެކްސިން އުފައްދަމުން ގެންދާ ގައުމުތަކުން ރާއްޖެއަށް ޔަޤީންކަން ދީފަ އޮތީ، އެ ގައުމުތަކުން ވެކްސިން ޢާންމުކުރާ ހިސާބުން، ރާއްޖެއަށް ބޭނުންވާ މިންވަރަށް، ހަމަޖެހިފައި އޮތް އުސޫލުގެ ތެރެއިން އެންމެ ފުރަތަމަ ލިބޭ ގައުމު ތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށެވެ.

މިނިސްޓަރ ޝާހިދު ދެކެވަޑައިގަންނަވާ ގޮތުގައި، ވެކްސިން ހޯދުމުގެ މި މަސައްކަތަކީ، ތަކުރާރުކޮށް އެފަރާތްތަކާ ވާހަކަ ދައްކައިގެން، އިންތިޒާމު ކުރަންޖެހޭ ކަންތައްތައް އިންތިޒާމު ކޮށްގެން، ކުރަންޖެހޭ ކަމަކަށް ވީތީ، އެ މަޝްވަރާތައް، ހުއްޓުމެއްނެތި މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

ޚާރިޖީ ވުޒާރާއިން، ވެކްސިން ރާއްޖެއަށް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ހިލޭ ހޯދަންޖެހޭ ބަޔާއި އަދި ގަންނަން ޖެހޭ ބަޔާމެދުވެސް، އޮތް ކޮންމެ ފުރުސަތެއް، އެންމެ އަވަހަށް ދިވެހި ރައްޔިތުންނަށް ހޯދައި ދިނުމަށެވެ. މިގޮތުން، ހިލޭ ރާއްޖެއަށް ލިބެން ހުރި ވެކްސިންވެސް، ރާއްޖެއިން ބަލައިގަންނާނެ ކަމަށް، ޚާރިޖީ ވުޒާރާއިން، ވިދާޅުވެފައި ވެއެވެ.

އެންމެ ފުރަތަމަ، ކޯވިޑު19ގެ ވެކްސިން ފުރިހަމަކުރާ އެއް ގައުމަށް، ދިވެހިރާއްޖެ ހަދައި ދިނުމަށް، ރައީސް ސާލިޙުގެ ސަރުކާރުން، ކަމާ ގުޅުންހުރި ސަރުކާރު ތަކުގެ ރަސްމީ އިދާރާތަކާއެކު، ދެކެވެމުންދާ ވާހަކަ ތަކުގެ އިތުރުން، ވެކްސިން އުފައްދާ ފަރާތްތަކާއި، މިކަމާ ގުޅުންހުރި ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު، ދުރާލާ ވާހަކަދައްކަން ފެށުމުން، މިކަމުގެ ފެހި ސިގްނަލް ރާއްޖެއަށް، މިހާރުވަނީ ލިބިފައެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ކޮވިޑު19ގެ މި ޙާލަތުގައި، ޚާރިޖީ ވުޒާރާއި ބައިނަލް އަގުވާމީ ދުނިޔެއާއެކު، "ވާރޗުއަލް" ކޮށް، ވާހަކަ ދައްކަމުން ގެންދިއުމުގެ އިތުރުން، މިފަދަ މުހިންމު ކޮންފަރެންސްތައްވެސް، ވާރޗުއަލްކޮށް ބާއްވަމުން ގެންދާތީ، ރާއްޖޭގެ މި އިސްނެގުމަށް، ބޭރުގެ ފަރާތްތަކުން، ތަޢުރީފުކޮށް، މަރުޙަބާ ކިޔަމުން ގެންދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

ފ. އަތޮޅުން ވިއްކާލަން އުޅެނީ ބައެއްތަ؟ ނުވަތަ މުޅި އަތޮޅުތަ؟

23 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

ފ. އަތޮޅަށް ހަދަން އުޅެނީ ކިހިނެއް، މުޅި އަތޮޅު ވިއްކާލަނީތަ؟

16 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު