ކ. މާލެ
|
11 ނޮވެންބަރ 2020 | ބުދަ 01:29
މާލެއާ ހުޅުމާލެ ބްރިޖް (ފައިލް ފޮޓޯ)
މާލެއާ ހުޅުމާލެ ބްރިޖް (ފައިލް ފޮޓޯ)
އަލީ ސަމާޚް
ރައީސް ސޯލިހު ސަރުކާރުން އަޅައިދޭ ތިން ބްރިޖް
ރައީސް ސޯލިޙުގެ ސަރުކާރުން، އަޅައިދޭ ގުޅިފައިވާ 3 ބްރިޖް
 
އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢަށް ޓެންޑަރުން ކޮލިފައިވާ ފަރާތާއެކު، ސޮއިކުރެވިގެން ދާނެ
 
ބްރިޖު މަޝްރޫޢު ނިންމަން ލަނޑުދަނޑި ކަނޑަ އަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށް
 
ބްރިޖްތަކުގެ ޕްރީ ކޮލިފައި ކުރަން ޓެންޑަރ ޑޮކިއުމަންޓުތައް، ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ތިން ބްރިޖަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ "މެގަ ޕްރޮޖެކްޓު" ތަކުގެ ތެރޭގައި، ހިމެނިގެންދާ، އެންމެ މުހިންމު އެއް މަޝްރޫޢެވެ. މާލެއާއި މާލޭގެ އަވަށެއް ކަމުގައިވާ ވިލިގިއްޔާއި، ތިލަފުއްޓާއި، ގުޅީފަޅު ގުޅާލަދޭ، މި މަޝްރޫޜުގެ ދަށުން މި ތިންރަށް ގުޅިގެންދާނީ، 3 ބްރިޖަކުންނެވެ. ރާއްޖެ ޓީވީއަށް، ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް، ދެއްވި ޚާއްސަ އިންޓަރިއުއެއްގައި، ހާމަކުރެއްވި ގޮތުގައި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢަށް ޓެންޑަރުން ކޮލިފައިވާ ފަރާތާއެކު، ސޮއިކުރެވިގެން ދާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން، މާލެއާ ހުޅުމާލެ ގުޅާލި 1.2 ކިލޯމީޓަރުގެ ބްރިޖާއި އަޅާބަލާއިރު، ރައީސް ސޯލިޙުގެ ސަރުކާރުން އަޅައިދޭ 3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިންވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ޞާލިޙުގެ ސަރުކާރުން، އެ މަޝްރޫޢެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފައިފައިވާ، މި ބިޔަބޮޑު މަޝްރޫޢު، ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ، އޭގެ އެންމެ ބޮޑު މަޝްރޫޢަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢު ނިންމަން ލަނޑުދަނޑި ކަނޑަ އަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫޢު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ސަރާސަރު ދިގު ބްރިޖަކަށެވެ.

އަދި މިހާތާކަށް ސަރުކާރުގެ ވިސްނުމެއް އެ ބްރިޖުން ޓޯލް، ނަގާކަށް. މި ބްރިޖުން ޓޯލް ނެގުމުގެ ވިސްނުން ނުގެންގުޅޭ މައިގަނޑު ސަބަބަކީ، ސަރުކާރުން ދެކޭ ގޮތުގައި، ހުޅުމާލެއާ މާލެއާ ގުޅޭ ބްރިޖަކީވެސް، މާލޭގެ އަވަށެއް ކަމަށްވާ ހުޅުމާލެއާއި މާލެ ގުޅައިދޭ، ބްރިޖަކަށްވެފައި، އެއީވެސް ރައްޔިތުން ކޮންމެހެން ދާންޖެހޭ އަވަށަކަށްވާތީ، އެއް އުސޫލަކުން، މި ޚިދުމަތް ފޯރުކޮށް ދިނުމުގެ މަގްސަދުގައި
ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

އަސްލަމް، ހާމަކުރެއްވި ގޮތުގައި، ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެދަށުން އަޅާ ބްރިޖްތަކުގެ ޕްރި ކޮލިފައި ކުރަން ޓެންޑަރ ޑޮކިއުމަންޓުތައް، ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އަދި މި ބްރިޖުގެ ޕްލިނިމަރީ ސާވޭ އާއި، އިންޖިނޭރިން ސާރވޭގެ އިތުރުން ، ޑިޒައިންވެސް ވަނީ ކޮސް ނިންމައިފައެވެ. ހަމައެހެންމެ ޕްރީ ކޮލިފިކޭޝަނަށް ބޭނުންވާ ތަފްސީލް ރިޕޯޓުވެސް، މިހާރު އޮތީ ތައްޔާރު ކޮށްފައެވެ. އެހެންކަމުން، ދެން ކުރިއަށް އޮންނާނީ، މަޝްރޫޢުގެ ޓެންޑަރ ހުށަހަޅަން ފުރުސަތު ހުޅުވާލުމެވެ.

އަޅުގަނޑުމެން މި މިބަލަނީ، އަންނަ އަހަރު ކުރީކޮޅު ކޮންޓްރެކްޓުގައި ސޮއިކުރެވޭނެ ކަމަށް. މި މަސައްކަތް ކުރިއަށް ގެންދަން ކުރިން ރާވައިފައި އޮތް ވަރަށްވުރެ، އަށެއްކަ މަސް، ފަހަތަށް ސޮހިގެން ދިޔައީ، ކޮވިޑު19ގެ ސަބަބުން. އެއީ ގެއްލިގެން ދިޔަ ވަރަށް ބޮޑު ވަގުތެއް. ސަރުކާރުން އަމާޒު ހިފައިފައި އޮތީ 2023 ވަނަ އަހަރުގެ އޭޕްރީލް، މޭ، ހިސާބަށް މަސައްކަތް ނިންމުން. ގުޅިފަޅާ ހިސާބަށް. ދެ އަހަރުތެރޭގަ މަސައްކަތް ނިންމޭވަރުވާނެ އިރާދަކުރެއްވިއްޔާ
ޕްލޭނިންގ މިނިސްޓަރ މުޙައްމަދު އަސްލަމް

ގުޅީފަޅާއި ތިލަފުށިގެ ތަރައްޤީގެ އައު މަޝްރޫޢުތައް، ފެށިގެންދާއިރު، މިފަދަ ބްރިޖަކުން މި ތިންރަށް މާލެއާއި ގުޅާލެވިގެން ދިއުމުން، ގްރޭޓަރ މާލެއާއި ގުޅިގެންދާނެ މި ރަށްތައް ވެގެންދާނީ، ތަރައްޤީގެ ކާރޫބާރުތައް، އިތުރުވެގެންދާނެ ތަންތަނަށެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން، މިހާރުވަނީ، މި ރަށްތަކަށް ފޯރުކޮށްދޭންޖެހޭ ހަކަތައިގެ މަޝްރޫޢު ތަކަށް ތައްޔާރު ވަމުންނެވެ. އަނެއްކޮޅުން މިއަދު މާލޭން ފެންނާން އޮތް ނޯތު ހާބަރާއި ގުދަންތައް، ކުރިމަގުގައި އެ ސަރަޙައްދަށް ބަދަލުވެގެން ދާއިރު، މާލެއަށްވެސް، ބޮޑު ލުޔެއް ލިބިގެން އަންނާނެއެވެ.

މިނިސްޓަރ އަސްލަމް، ރާއްޖެ ޓީވީއަށް، ވިދާޅުވެފައިވާ ގޮތުގައި، މާލޭގެ ނޯތު ހާބަރާއި ވެއަރހައުސްތައް، މާލޭން ބަދަލުކުރާއިރު، މިހާރުގެ ނޯޓު ހާބަރުގެ ރީ ޑެވެލޮޕްމަންޓުގެ ތަސައްވުރެއްވެސް، މިހާރުވާނީ އެކުލަވާލައިފައެވެ. އެހެން ކަމުން، މާލޭގައި މިހާރު މި އޮތް ދަތިތަކަށްވެސް، ކުރިމަގުގައި، ޙައްލުތަކެއް، ލިބިގެން ދާނެއެވެ.

މާލެއާއި ވިލިގިއްޔާއި ދެމެދުގެ ބްރިޖަށްފަހު، ތިލަފުށްޓަށްވީ ބްރިޖު ގުޅުވާލާނެ ގޮތުގެ ތަސައްވުރުވެސް، މިނިސްޓަރ އަސްލަމް ވަނީ، ރާއްޖެ ޓީވީއާ ޙިއްސާ ކޮށްދެއްވައިފައެވެ. އެމަނިކުފާނު ވިދާޅުވެ ދެއްވި ގޮތުގައި ވިލިގިނލީގެ ދެކުނުފަރާތު ފަރުމަތިން ފެންނަން އޮންނާނެ ބްރިޖަކީ، ޝެޑޯ ވޯޓަރ ބްރިޖެކެވެ. އެ ބްރިޖުދާނީ، ވިލިގިނލީ ފެކުނުފަރާތުގެ ފަރުމަތިންނެވެ. އަދި ގުޅިފަޅަށް ބްރިޖު ނިމޭއިރު، ބްރިޖާއި ގުޅިގެން، ގުޅިފަޅުން ދެން ފެށޭނީ އަނެއްކައިވެސް ސަރާސަރު މަގެކެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖުގެ ދިގުމިން ގުނަނީ، ކަނެކްޓިން މަގުތަކާއި އެކުގައެވެ. މި ބްރިޖަކީ، މިހާރު މާލެއާއި ހުޅުމާލެއާއި ގުޅިފައިވާ ބްރިޖަށްވުރެން ފުޅާ ބްރިޖެއް ނަމަވެސް، ބްރިޖުގެ ކޮންމެ ފަޅިއެއްގައިވެސް އޮންނާނީ ދެ ލޭނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
12%
70%
0%
6%
3%
9%
ކޮމެންޓް
12 ނޮވެންބަރ 2020 | ބުރާސްފަތި 00:35
ކކކ
ތިންބުރިލޯޗަޅެކޭ ކިޔާނެ ކަމެއް ބެތް. އެއަކަށް ނުވާނެ އެއް ކަމެއްވެސް. މިކަމެއް ނުވި އެކަމެއް ނުވި ކިޔާފަ ހޭރެން އެނގޭނީ. ތިލަފަޅު ސަރަހައްދަކީ ރައީސް ޔާމީން ޕޭން ކޮށް ފައިސާ ހަމަޖައްސާ ފަށަން ތައްޔާރުވެފަ އޮތް މަޝްރޫއެއް. 2 އަހަރުވީއިރު ނިމިފަ އޮންނަން ޖެހޭ ކަމެއް. ލަދުހަޔާތް ކޮބާ!
11 ނޮވެންބަރ 2020 | ބުދަ 09:04
ޙަ ބީބ ބު.
އިންޑިޔާގެ ދަންތޫރައިގަ ރާއްޖެ ޖައްސާފަ ބުރިޖު އެޅިޔަކަސް ވޯޓެއް ނުދޭނަން ހދ އަތޮޅު ފަތުރުވެރިކަން ގާއިމުކޮއް ކުޅުދުއްފުށި އެއާޕޯޓައް ގިނަފުލައިޓު ޖެއްސި ޒުވާނުންނައް ވަޒީފާ ބޭނުމީ މާލެޔައް ބާރުތައް ޖަމާކޮއް އަތޮޅު ތަކާ ސިޓީތައް ފުނޑާލުމުގެ ޕުރޮޖެކްޓް ނުހިންގާ ތިޔައީ މިހާރައް ކުރަން ހެޔޮވާވަރު ކަމެއްނޫން
11 ނޮވެންބަރ 2020 | ބުދަ 09:01
ބބހޯރަ
ތިކަމުގަ އިސްކޮށް އުލެނީ އަސްލަމް ވިއްޔާ ސަލާމް ބޮޑު ލަދެއްގަ ނު ބެދުނިއްޔާ ރަގަޅު...