Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިވާސަލް ޕީރިއޮޑިކް ރިވިއު

ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ޔޫޕީއާރުން ބަލައިގެންފި

7 ނޮވެމްބަރު 2020 | ހޮނިހިރު 14:25

ރިވިއު ދެން އޮންނާނީ 2025 ގައި

އަލީ ސަމާޚް
އަލީ ސަމާޚް | 7 ނޮވެމްބަރު 2020 | ހޮނިހިރު 14:25
ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ސެޝަންގައި އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ

ދިވެހިރާއްޖޭގެ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު ސެޝަންގައި އެޓަރނީ ޖެނަރަލް އިބްރާހިމް ރިފްއަތު ބައިވެރިވެވަޑައިގަންނަވަނީ

މި މަހުގެ 4 އިން 6 އަށް ކުރިޔަށް ދިޔަ ދިވެހިރާއްޖޭގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގައި، ޔޫޕިއާރު ވޯކިން ގްރޫޕުން ދިވެހިރާއްޖެއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ހުކުރު ދުވަހު ބޭއްވި ސެޝަންގައި ބަލައިގެންފިއެވެ.

އެ ރިޕޯޓުގައި ނޮވެމްބަރު 4 ގައި ބޭއްވުނު ރާއްޖޭގެ ރިވިއު ސެޝަންގައި ބައިވެރިވި 95 މެންބަރު ގައުމަކުން ދިވެހިރާއްޖެއަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ހިމަނާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ދިވެހިރާއްޖޭގެ ސެޝަންގައި ވާހަކަ ދެއްކި ހުރިހާ ގައުމުތަކުން ވަނީ، ދިވެހިރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ގާނޫނީ އޮނިގަނޑާއި، އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށްޓަކައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފްކޮށްފައެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، އެނޫންވެސް މުޖުތަމައުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުންދާ މިންނަތް މަސައްކަތްތައް ފާހަގަކުރުމާއެކު، ގައުމުތަކުން ވަނީ އެކަމަށް ތައުރީފުކޮށް، ރާއްޖެއިން ހޯދަމުންދާ ތަރައްގީ އާއި ކާމިޔާބީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަން ފާހަގަކޮށްފައެވެ.

ދިވެހިރާއްޖޭގެ ޔޫޕީއާރުގެ މި ސައިކަލްގައި 95 ގައުމަކުން ވަނީ ދިވެހިރާއްޖެއަށް 259 ރެކޮމެންޑޭޝަންސް ހުށަހަޅާފައެވެ. އެ ރެކޮމެންޑޭޝަންސްތަކުގެ ތެރޭގައި މައިގަނޑުގޮތެއްގައި ހިމެނެނީ، ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށާއި، އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކުގައި ބައިވެރިވުމަށާއި، ޖެންޑާ އިކުއަލިޓީ ގާއިމުކުރުމަށާއި، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރުމަށް މިހާރު ވެސް ކުރަމުންދާ މަސައްކަތްތައް އެގޮތުގައި ދެމެހެއްޓުމަށް ހުށަހަޅައި، ގައުމުތަކުން ދީފައިވާ ރެކޮމެންޑޭޝަން ތަކެވެ.

ގައުމުތަކުން ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތަކަށް ދިވެހިރާއްޖެއިން ޖަވާބުދާރީވާނީ 14 ޑިސެމްބަރުގެ ކުރިން ކަމަށް އޭޖީ އޮފީހުން ބުންޏެވެ. ދިވެހިރާއްޖެއިން މި ރެކޮމެންޑޭޝަންތައް ގަބޫލުކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް، ގާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި އަމަލުކުރެވެމުންދާ ގާނޫނުތަކަށާއި، އިސްލާމްދީނުގެ އަސްލުތަކަށް ރިއާޔަތްކުރާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ޔޫޕީއާރު ސައިކަލަކީ، ރާއްޖޭގެ ތާރީހުގައިވެސް، ކެބިނެޓްގެ ގިނަ މިނިސްޓަރުން ހިމެނިވަޑައިގެންނެވި އިސް ފަންތީގެ ޑެލެގޭޝަންއަކުން ރާއްޖެ ތަމްސީލު ކުރެވިގެންދިޔަ ފުރަތަމަ ފަހަރެވެ. އަދި ރިވިއު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރުން މުހިންމު ދާއިރާތަކުން އިންޓަވެންޝަން ދެއްވާފައިވާއިރު، މި އިންޓަވެންޝަން ތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ދިވެހިރާއްޖޭން ހޯދާފައިވާ ކާމިޔާބީއާއި، ތަންފީޒުކުރެވެމުންދާ ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަމަށް ވަނީ އަލިއަޅުއްވާލައްވާފައެވެ.

ރިޕޯޓް އެޑޮޕްޓްކުރުމާއިއެކު، ޔޫޕީއާރުގެ ތިންވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ނިމުނީއެވެ. ޔޫޕީއާރު ޕްރޮސެސްއަކީ ކޮންމެ ހަތަރު އަހަރާއި ބައިން ކުރިއަށްދާ ޕްރޮސެސްއެއް ކަމަށް ވުމުން، ދިވެހިރާއްޖޭގެ ރިވިއު ދެން އޮންނާނީ 2025 ގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ

15 ފެބުރުއަރީ 2017
 ފެނަކަ ކޯޕަރޭޝަންގެ އެމްޑީއާ ގުޅޭގޮތުން ހުށަަހަޅާފައިވާ މައްސަލައާ ގުޅިގެން ޝަރީފާއި ސުވާލުކުރާނަން: އޭސީސީ
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
02 ފެބުރުއަރީ 2017

ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި

02 ފެބުރުއަރީ 2017
ސްޓޭޓް އޮފް ދަ އެންވަޔަރަންމަންޓް ރިޕޯޓް ނެރެފި
26 ޖެނުއަރީ 2017

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް