Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

ހުރާއިން ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭންޑަމް ސާމްޕަލް ނަގައިފި

6 ނޮވެމްބަރު 2020 | ހުކުރު 23:39

ފަތުރުވެރިޔާ މިހާރުވަނީ އައިސޮލޭޝަން ފެސިލިޓީގައި އައިސޮލޭޓް ކުރެވިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ނޮވެމްބަރު 2020 | ހުކުރު 23:39
ކ ހުރާ

ކ ހުރާ

ކ. ހުރާއިން ފަތުރުވެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭންޑަމް ސާމްޕަލް ނެގުމަށް މަސައްކަތްކުރަމުންދާ ކަމަށް އެރަށުން ހާމަކޮށްފި އެވެ.

ހުރާގެ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިފަތުރުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމުން އައިސޮލޭޝަން ފެސިލިޓީއެއް ގެންދިޔުމަށްފަހު މިހާރު އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ. އަދި މިއައިސޮލޭޝަން ފެސިލިޓީއަކީ އެފަތުރުވެރިޔާ ހުރި ގެސްޓް ހައުސްގައި ބާކީ ތިބި ގެސްޓުންނާއި މުވައްޒަފުން އެކަހެރިކޮށް ހުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ފެސިލިޓީއެއް ކަމަށް ބުނެފައިވެ އެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅުކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެއިތުރުން ޕޮޒިޓިވްވި ފަތުރުވެރިޔާ އާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް މިހާރު ކަރަންޓީނު ކުރެވިފައިވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.

އަދި ރަށުގައި ބަލި އޮތްތޯ ދެނެގަތުމަށް މިހާރު ރޭންޑަމް ސާމްޕަލްތަކެއް ނެގުމަށް ހުރާ ސިއްހީ މަރުކަޒާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. އެގޮތުން ސާމްޕަލްތައް ނަގާނީ ރަށުގެ ގެސްޓް ހައުސްތަކުންނާއި، ރެސްޓޯރެންޓްތަކާއި ފިހާރަތައް އަދި އާންމު ޚިދުމަތްދޭ ތަންތަނުން ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ. ސާމްޕަލް ނެގުމުގެ މަސައްކަތް ހުކުރު ދުވަހު ކުރިޔަށް ގެންދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި މިހާލަތުގައި ރަށުގެ ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވާލާފައިވަނީ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު އެވެ.

ގެސްޓް ހައުސްތައް ހުޅުވާލުމަށް އެޗްޕީއޭއިން ހުއްދަ ދީފައިވަނީ އަމަލުކުރަންޖެހޭ ގައިޑް ލައިނެއް އެކުލަވާލުމަށްފަހު އެވެ.

މިގައިޑްލައިނާ އެއްގޮތަށް އަމަލުނުކުރާނަމަ ކޮވިޑު ފެތުރިގެން ގޮސް އެކަމުގެ ނޭދެވޭ އަސަރު މުޅި ރާއްޖެއަށް ކުރާނެ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން މީގެކުރިން ވަނީ ބުނެފައެވެ.

އަނެއްކޮޅުން ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވި ފަހުން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން މި މަހު ހަތަރަކާ ހަމައަށް ކޮވިޑަށް ޕޮޒިޓިވްވީ 122 މީހުން ކަމަށް ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް