Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ރިސޯޓުތަކާއި ފަތުރުވެރިންގެ ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަނީ

6 ނޮވެމްބަރު 2020 | ހުކުރު 14:03

ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 6 ނޮވެމްބަރު 2020 | ހުކުރު 14:03
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ރިސޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށް މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފަތުރުވެރިންނަށް ހިދުމަތް ދެމުންދާ ބައެއް ރިސޯޓުތަކުގައި ކޮވިޑް-19 ފެތުރެމުންދާ މި ހާލަތުގައި، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ދަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއި ގުޅިގެން މަސައްކަތް ކުރަމުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ، ކޮވިޑާ ގުޅިގެން ސަރުކާރާއި އެޗްޕީއޭ އާއި މިނިސްޓްރީން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވެފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސާމްޕަލް ނެގުމުގައި ކުރިއާލާ ރިސޯޓުތަކަށް އަންގަމުންދާނެ ކަމަށާއި، އަދި އެންމެ ބޮޑު އިސްކަމެއް ދެމުންދާނީ އެ ރިސޯޓެއްގައި ފަތުރުވެރިންނާ އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންގެ ސާމްޕަލްތައް ނެގުމަށް ކަމަށެވެ.

މިނިސްޓަރު މިިގޮތަށް ވިދާޅުވިއިރު، ރާއްޖޭގެ 30 ރިސޯޓެއްގައި ކޮވިޑް-19 ޖެހިފައިވާ މީހުން ތިބި ކަަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ހިމެނެނީ 52 ފަތުރުވެރިއަކާއި، ރިސޯޓުތަކުގައި މަސައްކަތްކުރާ 120 މުވައްޒަފަކެވެ.

މީގެ އިތުރުން ގެސްޓް ހައުސްތައް އަލުން ހުޅުވާލި ފަހުން، ބައެއް ގެސްޓް ހައުސް ތަކުން ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

15 މާރިޗު 2020

މީރު އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ސާމްޕަލްތައް ނެގަޓިވް

15 މާރިޗު 2020
މީރު އައިލެންޑް ރިސޯޓުން ޓެސްޓު ކުރި ސާމްޕަލްތައް ނެގަޓިވް
14 މާރިޗު 2020

ކޮވިޑް-19: ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕަލް ނަގައި އުޅަނދު މޮނިޓަރ ކުރަނީ

14 މާރިޗު 2020
ކޮވިޑް-19: ސަފާރީއެއްގައި ތިބި 2 ބިދޭސީއެއްގެ ސާމްޕަލް ނަގައި އުޅަނދު މޮނިޓަރ ކުރަނީ
11 މާރިޗު 2020

ކޮވިޑް-19: ވަން އެންޑް އޮންލީ ރީތި ރަށުން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި

11 މާރިޗު 2020
ކޮވިޑް-19: ވަން އެންޑް އޮންލީ ރީތި ރަށުން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި
11 މާރިޗު 2020

ކޮވިޑް-19: ވިލަމެންދޫ އިން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި

11 މާރިޗު 2020
ކޮވިޑް-19: ވިލަމެންދޫ އިން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި
08 ފެބުރުއަރީ 2020

ޓުއަރިޒަމް މިނިސްޓްރީން އެންމެ އިސްކަމެއް ދޭނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް

08 ފެބުރުއަރީ 2020
ޓުއަރިޒަމް މިނިސްޓްރީން އެންމެ އިސްކަމެއް ދޭނީ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް
07 ފެބުރުއަރީ 2020

ފަތުރުވެރިންގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮއްލި މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް!

07 ފެބުރުއަރީ 2020
ފަތުރުވެރިންގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮއްލި މައްސަލަ ބައިނަލްއަގްވާމީ މީޑިއާތަކުގެ ސަމާލުކަމަށް!
07 ފެބުރުއަރީ 2020

ފަތުރުވެރިންގެ ރައްކާތެރިކަމަށް ސްވޮޓް ފުލުހުން ފިސްތޯލައާއެކު ހަރަކާތްތެރިވާންޖެހޭ: އަބްދުﷲ ރިޔާޒް

07 ފެބުރުއަރީ 2020
ފަތުރުވެރިންގެ ރައްކާތެރިކަމަށް ސްވޮޓް ފުލުހުން ފިސްތޯލައާއެކު ހަރަކާތްތެރިވާންޖެހޭ: އަބްދުﷲ ރިޔާޒް
11 ފެބުރުއަރީ 2019

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރުގެ ސާމްޕަލް ނަތީޖާ ލިބެން މަހެއްހާ ދުވަސް ވާނެ

11 ފެބުރުއަރީ 2019
ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރުގެ ސާމްޕަލް ނަތީޖާ ލިބެން މަހެއްހާ ދުވަސް ވާނެ
07 ޖޫން 2018

މައުމޫން ހަމީދުގެ އަޑުގެ ސާމްޕަލް ނަގައިފި

07 ޖޫން 2018
މައުމޫން ހަމީދުގެ އަޑުގެ ސާމްޕަލް ނަގައިފި
12 ފެބުރުއަރީ 2018

މެމްބަރު މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް މާދަމާ ރޭ ފުލުހަށް!

12 ފެބުރުއަރީ 2018
މެމްބަރު މުސްތަފާގެ އަޑުގެ ސާމްޕަލް ނެގުމަށް މާދަމާ ރޭ ފުލުހަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް