Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ7 ފެބްރުއަރީގައި ވެރިކަން ވައްޓާލި ހާދިސާ

ހަތެއް ފެބްރުއަރީގެ ކަންތަކުގައި ފުލުހުންގެ މުއައްސަސާއިން މާފަށް އެދެންޖެހޭ: އިންތި

6 ނޮވެމްބަރު 2020 | ހުކުރު 13:08

ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވާނަމަ ކިތަންމެހާވެސް ހެޔޮ ކަމަށް ވިދާޅުވި

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 6 ނޮވެމްބަރު 2020 | ހުކުރު 13:08
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ

ސަރުކާރު ވައްޓާލަން ފުލުހުން ނުނިކުންނާނެ ކަމުގެ ޔަގީންކަން އޮތްކަމަށް ވާނަމަ، ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި މައްސަލައިގައި ފުލުހުންގެ މުއައްސަސާއިން ރަސްމީކޮށް މާފަށް އެދެންޖެހޭ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ، ގާނޫނީ ސަރުކާރެއް ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނިކުންނާނެ ކަމަށް ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމުން އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވާނަމަ ކިތަންމެހާވެސް ހެޔޮ ކަމަށާއި، ނަމަވެސް އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ "ޓުރޫތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވެފައި ވަނީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކަކީ މާޒީ ކަމަށާއި، އޭގެ ސަބަބުން ފުލުހުންނަށް ވަރަށް ގިނަ އިބުރަތްތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާގައި މިހާރު ތިއްބެވި ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިއްބެވި ފަރާތްތަކުން ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.

ސީޕީ އިތުރަށް ވިދާޅުވީ، މިހާރު މުއައްސަސާ ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅުވެ، ވެރިކަން ވައްޓާލުމަށް ނުކުތުމާ ގުޅިގެން އޭރު ފުލުހުންނަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވެގެން ދިޔައެވެ. އެގޮތުން ހަތެއް ފެބްރުއަރީގައި ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ރައީސް ނަޝީދާ ދެކޮޅަށް ނިކުތެވެ.

ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެރިކަން ވައްޓާލި މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދިއެވެ. ބޭރުގެ ފަރާތްތަކުން އިސްކޮށް ތިބި ކޮމިޝަނުން އެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު އޭރު ނިންމީ، ވެރިކަން ނިމުމަކަށް އައީ ބަޣާވާތަކުން ނޫން ކަމަށާއި، އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ.

އެހެން ނަމަވެސް، މިހާރު މަޖިލީހުގައި ކުރިއަށްދާ އިންތިގާލީ އިންސާފުގެ ބިލް ޤާނޫނަކަށްވުމުން، 7 ފެބްރުއަރީގައި 2012 ގައި ސަރުކާރު ވެއްޓުނު ގޮތް ތަހުގީގު ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިސް ރައީސް ވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
14 ފެބުރުއަރީ 2017

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް