Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޭލް އަނބުރާ ވޭލްސްގެ ސްކޮޑަށް

ވޭލްސްގެ ސްކޮޑުގައި ބޭލް ހިމަނައިފި

5 ނޮވެމްބަރު 2020 | ބުރާސްފަތި 12:38

މީގެ ކުރިން ބޭލަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 5 ނޮވެމްބަރު 2020 | ބުރާސްފަތި 12:38
ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް

ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ވޭލްސްގެ ތަރި ގެރެތު ބޭލް

މި މަހު ވޭލްސްއިން ކުޅެން ތާވަލުކޮށްފައި އޮތް ތިން މެޗަށް އެކުލަވާލި ސްކޮޑުގައި ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ފޯވާޑް ގެރެތު ބޭލް ހިމަނައިފިއެވެ.

ބޭލްގެ ކަކުލަށް މީގެ ކުރިން އަނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމަށް ވޭލްސްއާއެކު ފަރިތަކުރަމުން ދަނިކޮށެވެ. އޭގެ ފަހުން ވޭލްސްއިން ކުޅުނު ތިން މެޗުގައިވެސް ބޭލް ހިމަނާފައެއް ނުވެއެވެ.

ރެއާލް މެޑްރިޑުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ބޭލް މި ނިމުނު ޓްރާންސްފާގައި ޓޮޓެންހަމާ ގުޅުނުއިރު، އޭރުވެސް އޭނާ ހުރީ އަނިޔާގައެވެ. އެ އަނިޔާއިން ރަނގަޅުވެ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ބޭލް ވަނީ އެނބުރި ކުޅުމުގެ ތެރެއަށް އައިސްފައެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ބްރައިޓަން އަތުން 2-1 ން ޓޮޓެންހަމް މޮޅުވީ ބޭލް ކާމިޔާބުކުރި ލަނޑުންނެވެ.

ވޭލްސްގެ ސްކޮޑުގައި ބޭލް ހިމެނިއިރު، މި މަހު ވޭލްސްއިން ތިން މެޗެއް ކުޅޭނެއެވެ. އެގޮތުން މި މަހު 12 ވަނަ ދުވަހު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި އެމެރިކާއާ ދެކޮޅަށް ވޭލްސް ނުކުންނާނެއެވެ. އަދި އޭގެ ފަހުން ޔުއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި ފިންލެންޑާ ދެކޮޅަށްވެސް ވޭލްސް ނުކުންނާނެއެވެ.

މި ތިން މެޗާ ކުރިމަތިލާއިރު، ގެވެށި އަނިޔާގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން ސުވާލުކުރަމުންދާތީ ވޭލްސްގެ ކޯޗުގެ މަގާމުން ރަޔާން ގިގްސް ވަނީ އެކަހެރިކޮށްފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް ވޭލްސް (އެފްއޭޑަބްލިއު) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހު ވޭލްސްއިން ކުޅެން ހަމަޖެހިފައި އޮތް ތިން މެޗުގައިވެސް ގިގްސް ޓީމަށް އިރުޝާދު ނުދޭނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޓީމާ ވަގުތީ ގޮތުން ހަވާލުވާނީ އެސިސްޓަންޓް ކޯޗު ރޮބާޓް ޕޭޖް ކަމަށް މި ބަޔާނުގައި ވަނީ ބުނެފައެވެ.

ގިގްސް އޭނާގެ ލޯބިވެރިޔާއަށް ހަމަލާ ދިނުމުގެ މައްސަލައެއް ބަލަމުން އަންނައިރު، މި މައްސަލަ ގިގްސްގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާއަށް ވޭލްސްގެ ކޯޗުކަން ގެއްލޭނެއެވެ. އެކަމަކު އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެ ގިގްސް ވަނީ އެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

ވޭލްސްގެ ކޯޗުކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ގިގްސް ހަމަޖައްސާފައިވަނީ 2018 ވަނަ އަހަރުއެވެ. ޔުނައިޓެޑަށް 700 އަށް ވުރެން ގިނަ މެޗު ކުޅެދީފައިވާ ގިގްސް މީގެ ކުރިން އެ ޓީމަށްވެސް އިރުޝާދު ދީފައިވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ވޭލްސްއިން މިހާތަނަށް ވަނީ 24 މެޗު ކުޅެފައެވެ. އޭގެ ތެރެއިން 12 މެޗުން ވޭލްސް މޮޅުވެފައިވާއިރު، އަށް މެޗުން ވަނީ ބަލިވެފައެވެ. އަނެއް ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

18 ޖުލައި 2017

ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް

18 ޖުލައި 2017
ޔުނައިޓެޑުގެ ހުށަހެޅުމެއް ނުލިބޭ، ރެއާލްގައި މިހުރީ ހިތްހަމަޖެހިގެން: ބޭލް
27 ޖޫން 2017

ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!

27 ޖޫން 2017
ބޭލް ދޫކޮށްލަން ރެއާލްގެ ކޯޗު ޒިދާން ބޭނުމެއް ނުވޭ!
14 މެއި 2017

ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި

14 މެއި 2017
ބޭލް ހޯދުމަށް ޔުނައިޓެޑުން މަޝްވަރާތަށް ފަށައިފި
26 އެޕްރީލު 2017

ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ

26 އެޕްރީލު 2017
ސްޕެނިޝް ލަލީގާ: ޑިޕޯޓިވޯއާ ދެކޮޅަށް ރޮނާލްޑޯ، ބޭލް އަދި ރާމޮސްއަށް ނުކުޅެވޭނެ
18 އެޕްރީލު 2017

ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން

18 އެޕްރީލު 2017
ބޭލް ފިޓެއް ނޫން، ރިސްކެއް ނުނަގާނަން: ޒިދާން
13 އެޕްރީލު 2017

އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ

13 އެޕްރީލު 2017
އެލްކްލެސިކޯ މެޗަށް ބޭލް ފިޓްވާނެ ކަމާ މެދު ސުވާލު އުފެދިއްޖެ
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
19 ފެބުރުއަރީ 2017

ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި

19 ފެބުރުއަރީ 2017
ސްޕެނިޝް ލަލީގާ: ބޭލް އެނބުރި އައިސް ރެއާލް މޮޅުކޮށްދީ މަގާމުގައި ބަހައްޓައިފި
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް