Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

ދައުލަތުން ހުށަހެޅި ހެކި ހާޒިރު ނުކުރެވިގެން އަނަސްގެ މަރުގެ ޝަރީއަތް ކެންސަލް

މިއަދުގެ އަޑުއެހުން ކެންސަލް ކުރީ ދައުލަތުން ހުށަހެޅި ހެކި ހާޒިރު ނުކުރެވިގެން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2020 | ބުރާސްފަތި 06:23
ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ވަޅިން ހަމަލާދީ މަރާލާވިފައިވާ ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސް

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ޝަރީއަތުގެ އަޑުއެހުމަށް ހާޒިރު ނުކުރެވުމުން، ބުރާސްފަތި ދުވަހަށް ތާވަލް ކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އަނަސްގެ މަރުގެ މައްސަލިގައި މިހާރު ކުރިއަށް ދަނީ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

Advertisement - newsAdvertisement

އަނަސްގެ މަރުގެ މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވަނީ އަނަސް އޭޑީކޭއަށް ގެންދިޔައިރު ޑޮކްޓަރެއްގެ ހައިސިއްޔަތުން ހަށިގަނޑަށް އެޓެންޑްވި ޑޮކްޓަރު އަދި މި މައްސަލައިގެ އެކްސްޕާރޓް އޮޕީނިއަންއެއް ހޯދުމަށް ޑރ. އިބްރާހިމް މޫމިންގެ ހެކިބަސް ނަގާފައެވެ.

އެ އަޑުއެހުމުގައި ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑރ އިބްރާޙިމް ވިދާޅުވެފައި ވަނީ، ޙާދިސާ ހިނގިއިރު ވެސް އަދި މިހާރު ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭޑީކޭގައި އޮޕަރޭޝަންސް ޑޮކްޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އަނަސްގެ ހަށިގަނޑަށް އެޓެންޑް ވީއިރު، އީއާރް ޑޮކްޓަރުން ބަލި މީހާ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ކަމަށާއި، އޭރު އެއްވެސް ވިންދު އަދި ޙަރަކާތް ވެސް ނެތް ކަމަށެވެ. އަދި އޭރު ހަށިގަނޑުގެ އެކި ތަންތަނުގައި ބޮޑެތި ޒަޙަމްތައް ފެންނަން ހުރި ކަމަށާއި، މެޑިކޯ ލީގަލް ރިޕޯޓުގައި އެކަމުގެ ތަފްސީލުތައް ހިމަނާފައިވާނެކަން ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރު އިތުރަށް ވިދާޅުވެފައިވަނީ، އެންމެ ފުރާނައަށް ނުރައްކާވާ ގޮތަށް ހުރި ޒަޙަމްތަކަކީ ކަރާއި، މޭމައްޗަށް ދީފައިވާ އަނިޔާގެ ޒަޙަމްތައް ކަމަށެވެ. އަދި އޭގެ އިތުރުން ވެސް 24 ވަރަކަށް ޒަޙަމް ފެންނަން ހުރި ކަމަށާއި، މި ޒަޙަމްތަކަކީ ވަގުތުން މީހާ މަރުވާ ޒާތުގެ ޒަޙަމްތަކެއްކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ދައުލަތުން ކުރި ސުވާލުތަކާ ގުޅިގެން ހެކިބަސް ދެއްވަމުން ޑޮކްޓަރ އިތުރަށް ވިދާޅުވެފައިވަނީ، އަނަސް މަރުވެފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ހަށިގަނޑުން ލޭމަދުވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

މި މައްސަލައިގައި ދިފާއުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޑޮކްޓަރ ވިދާޅުވެފައި ވަނީ، އަނަސްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށާއި، ގެނައި އިރުވެސް ހަށިގަނޑުގެ އެއްވެސް ހަރަކާތެއް ނެތް ކަމަށެވެ. އަދި ބައެއް ޒަޙަމްތަކަށް ބަލާއިރު ފުއްޕާމެއަށް ވެސް ޒަޙަމްގެ އަސަރުތައް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑޮކްޓަރ އިތުރަށް ވިދާޅުވެފައިވަނީ، ލިބިފައިވާ ތަޖުރިބާގެ އަލީގައި ވިދާޅުވާނަމަ، އަނަސް މަރުވި ކަމަށް ބެލެވެނީ ލިބިފައިވާ ޒަޙަމްތަކާއި އަނިޔާގެ ސަބަބުން ކަމަށެވެ.

މި މައްސަލައިގައި އަނަސްއަށް ޙަމަލާ ދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވި ކަމުގެ ދަޢުވާ ލިބޭ 3 މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަޙްމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާޤުއެވެ.

އޭގެ އިތުރުން، ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ، ލ. ގަން ތުނޑީ ނަންނާރިގޭ، ޖުނައިހު ޢަބްދުﷲ އާއި، ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ، މުޙައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

އަނަސް މަރާލުމުގެ ހާދިސާ:

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން ނެވެ. ފުލުހުން ބުނެފައިވަނީ އަނަސް މަރާލީ އެހެން ބަޔަކަށް ދޭން ރާވައިގެން ދިޔަ ހަމަލާއެއްގައި އޮޅިގެން ކަމަށެވެ.

ފުލުހުން އެހެން ބުނެފައި އެވަނީ، އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށާއި އެއީ އޮޅިގެން ދިން ހަމަލާއެއް ކަމަށް، އޭރު ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވިދާޅުވެފައި ވަނިކޮށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ، އަނަސް މަރާލީ ދެ ގުރޫޕެއްގެ ދެމެދުގައި އުފެދިފައިވާ ރުޅިވެރިކަމެއްގެ ތެރޭގައި އެއްގުރޫޕަކަށް ނިސްބަތްވާ މީހުން ހަނދުވަރުދޭ ގޯޅި ތެރޭގައި ތިބިކަން އެނގިގެން އެ މީހުން މަރާލަން ރާވައިގެން އެތަނަށް ދިޔަ ވަގުތު އެތަނުގައި ހުރި ސައިކަލެއްގެ މަތީގައި އިނދެފައި އަނަސްއަށް އެމީހުން ފެނިގެން ބިރުން ދުވެފައި ލިޓަސް ތެރެއަށް ވަނުމުން އަނަސް އެއީ އެ ގުރޫޕަށް ނިސްބަތްވާ މީހެއް ކަމަށް ހީކޮށް އޮޅިގެން ކަމަށެވެ. އަދި 8 މީހަކު 4 ސައިކަލެއްގައި ދިޔައީ މީހަކު މަރާލުމަށް ވަޅި ހިފައިގެން ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި އެމީހުން ދިޔައިރު އެމީހުން ހޯދަމުން ދިޔަ މީހުން އެ ސަރަހައްދުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަނަސްގެ ހަށިގަނޑުގެ 25 ތަނަކަށް ވަނީ ވަޅި ޖަހާފައެވެ. އަދި ލިބިފައިވާ ޒަހަމުތަކުގެ ސީރިއަސްކަމުން އަނަސް އެތަނުގެ ތެރޭގައި މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ، ޢާއްމުން އެއްވެ އަނަސް ވެއްޓިފައިވާ މަންޒަރު ބަލައި ފޮޓޯ ނަގާ ހެދިއިރުވެސް އެއްވެސް މީހަކު އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް މަސައްކަތް ކޮށްފައި ނުވާ ކަމަށާއި ލިޓަސްގެ މުވައްޒަފުންތަކެއް އަނަސްގެ ގައިން ފައިބަމުން ދިޔަ ލޭ މަނާކުރެވޭތޯ ބަލަމުން ދިޔަ ކަމަށެވެ. އަދި އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުން ކަމަށާއި ވަގުތުން ދެވެން ހުރި ފަރުވާ ޑޮކްޓަރުން ދިން ނަމަވެސް އޭރު އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، އަނަސް އަކީ އޭނާ މަރާލުމުގެ ދެ އަހަރެއްހާ ދުވަސް ކުރިން ލިޓަސްގައި މަސައްކަތް ކުރި މީހެކެވެ. އަދި ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް ލިޓަސް ކައިރިއަށް ދިޔައީ ކުރިން އޭނާއާއެކު އެތަނުގައި އުޅުނު ރަހުމަތްތެރިންނާ ބައްދަލު ކުރުމަށް ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު