Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔުނިވާސަލް ޕީރިއޮޑިކް ރިވިއު ތަގުރީރު ކުރެއްވުން

ގޮންޖެހުންތަކާއެކު ވެސް އިންސާނީ ކަރާމާތަށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރެވޭ: އޭޖީ

5 ނޮވެމްބަރު 2020 | ބުރާސްފަތި 02:33

އެއްގައުމުން އަނެއް ގައުމެއްގެ ކިބައިން ކަންކަން ދަސްކުރަން ލިބިގެންދާ ފުރުސަތު ބަލައިގަންނަނީ އުފަލާއެކު

އަމްނާ އިމާދު
އަމްނާ އިމާދު | 5 ނޮވެމްބަރު 2020 | ބުރާސްފަތި 02:33
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު،

އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު،

ގޮންޖެހުންތަކާއެކު ވެސް ރާއްޖޭގައި އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އިންސާނީ ކަރާމާތަށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ބުދަ ދުވަހުގެ ރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ، ނޮވެންބަރު 2018 ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، އިންސާނީ ހައްގުތައް ދިރުވުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ވައުދައިގެން ކަމަށެވެ. މި ކަންކަން ފުރިހަމަކުރުމަށް ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް ތަންފީޒުކުރުމުގައި ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރިފްއަތު ވިދާޅުވީ ރާއްޖެއިން ބައިނަލްއަގުވާމީ މުޖުތަމައުއާ ގުޅުން ބަދަހިކުރަމުންދާ މި ދަނޑިވަޅުގައި ހިއްވަރާއި ސާބިތުކަމާއެކު، ގޮންޖެހުންތަކާ ކުރިމަތިލައި، ރާއްޖޭގައި ދިމިޤްރާތީ އުޞޫލުތައް އާލާކޮށް، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިންސާނީ ކަރާމާތަށް ގަދަރުކުރާ މުޖުތަމައެއް ބިނާކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އަލިއަޅުއްވާލައްވާ ރިފްއަތު ވިދާޅުވީ އެއްގައުމުން އަނެއް ގައުމެއްގެ ކިބައިން ކަންކަން ދަސްކުރަން ލިބިގެންދާ ފުރުސަތު ރާއްޖޭން ބަލައިގަންނަނީ އުފަލާއެކު ކަމަށާއި، ރާއްޖެއިން ކުރަމުން މިގެންދާ މަސައްކަތުގައި، އެކުވެރި ގައުމުތަކުން ބިނާކުރަނިވި ގޮތެއްގައި ރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރާ ކަމަށެވެ.

މީގެ އިތުރުން ރިފްއަތު ވިދާޅުވީ ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއިން ހޯދަމުން އައި ކުރިއެރުންތަކަށް ކޮންމެވެސް މިންވަރަކަށް މަޑުޖެހިފައިވާ ކަމަށެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ފުރަބަންދުކުރުން ފަދަ މިހާތަނަށް ތަޖުރިބާކޮށްފައިނުވާ ފިޔަވަޅުތަކެއް އަޅަން ޖެހުނުކަމުގައިވީ ނަމަވެސް، އެ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރު ވީހާވެސް ކުޑަކުރެވޭކަން ސަރުކާރުން ކަށަވަރުކުރި ކަމަށް ރިފްއަތު ވިދާޅުވިއެވެ.

އެގޮތުން، ދާދި ފަހުން ތަސްދީގުކުރެވުނު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ގާނޫނަށް އިޝާރާތް ކުރައްވާ ރިފްއަތު ވިދާޅުވީ މި ފަދަ ބަލިމަޑުކަމެއްގައި، ހާލުގައިޖެހޭ ފަރާތްތަކަށް، ޚާއްސަކޮށް އަންހެނުންނާއި، ކުޑަކުދިންނާއި، ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް ކާބޯތަކެއްޗާއި، ބޯ ހިޔާވަހިކަމާއި، މާލީ އެހީތެރިކަންފަދަ އެހީތައް ފޯރުކޮށްދޭންޖެހޭ ކަމަށެވެ.

ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކަކީ ރައްކާތެރި އިންސާނީ ހައްގުތަކަށް އިޙްތިރާމްކުރާ މުޖުތަމައެއްގައި، މިނިވަންކަމާއި ގަދަރާއެކު ދިރިއުޅޭ ބައެއްކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގައި، ސަރުކާރު ތިބީ ސާބިތުވެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ އިންސާފުވެރި އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށާއި، އަދުލު އިންސާފުގެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި މިހާރުކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި މި މަސައްކަތުގައި، ބައިނަލްއަގުވާމީ މުޖުތަމައުން ރާއްޖެއަށް ފުރިހަމައަށް އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ރިފްއަތު ދެއްވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޖޫން 2017

ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ

26 ޖޫން 2017
ރާއްޖޭގައި އިންސާނީ ހައްގުތައް ފުރިހަމައަށް ނުލިބޭ ވާހަކަ ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: ޑިއެޓްމަރ ކްރިސްލާ
28 މެއި 2017

އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި

28 މެއި 2017
އިންސާނީ ހައްގުތަކުގެ ދިފާއުގައި އެންމެ މީހަކަށް ވެސް މަސައްކަތް ކުރެވިދާނެކަން ސީޒަން ދައްކައިފި
14 މެއި 2017

އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި

14 މެއި 2017
އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް އެއާރޕޯޓް ކުންފުންޏާއި ފުލުހުން އެއްބަސްވުމެއްގައި ސޮއިކޮށްފި
03 މެއި 2017

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި
02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
08 އެޕްރީލު 2017

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި
13 މާރިޗު 2017

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު
07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް