Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ މަޝްރޫއު

H06 ކެޓަގަރީގެ ވަގުތީ ލިސްޓު އިޢުލާނުކޮށްފި

4 ނޮވެމްބަރު 2020 | ބުދަ 17:56

ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 16 ނޮވެމްބަރު ވަނަ ދުވަހުގެ 15:00 ވަނީ ހުޅުވާލާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 4 ނޮވެމްބަރު 2020 | ބުދަ 17:56
ހިޔާ މަޝްރޫއުގެ ފްލެޓްތައް

ހިޔާ މަޝްރޫއުގެ ފްލެޓްތައް

"ހިޔާ މަޝްރޫޢު" ގެ ދަށުން ފްލެޓު ދިނުމުގެ ކަންކަން ކުރިއަށް ގެންދިއަ ގޮތް މުރާޖާ ކުރުމަށްފަހު، H06 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ) ކެޓަގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ވަގުތީ ލިސްޓު "ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީ" އިން ބުދަ ދުވަހު އިޢުލާން ކޮށްފިއެވެ.

މި ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެވަގުތީ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

Advertisement - newsAdvertisement

މިކަން ހާމަކުރައްވާ ފްލެޓުތަކުގެ މައްސަލަބަލާ ކޮމިޓީއިން ބުދަ ދުވަހު ނެރެފައިވާ އިޢުލާނާއެކު H06 ކެޓެގަރީއިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކެޓެގަރީއަށް ޝަރުޠު ހަމަވާ ފަރާތްތަކާއި، ޝަރުޠު ހަމަނުވާ ފަރާތްތަކުގެ (ޝަރުޠު ހަމަނުވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާ ސަބަބާއެކު) ވަގުތީ ލިސްޓުތައް ޝާއިޢު ކޮށްފައެވެ. އަދި، މި ކެޓަގަރީއަށް ކުރިމަތިލުމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ވެސް، އެ ކަމުގެ ސަބަބާއެކު ވަގުތީ ލިސްޓުގައި ވަނީ ހާމަކޮށްފައެވެ.

ހަމަ އެއާއެކު، ކޮމިޓީއިން ދިރާސާކުރުމަށްފަހު ނެރޭ ވަގުތީ ލިސްޓުތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ރާއްޖޭގެ އެއްވެސް ރަށެއްގައި ސަރުކާރުން ހިންގާފައިވާ ސޯޝަލް ހައުސިންގ ޕްރޮގްރާމެއްގެ ދަށުން ފްލެޓް، ރޯހައުސް، ގޯތި ލިބި، އެގްރިމެންޓްގައި ސޮއިކޮށްފައިވާ ފަރާތްތައް، އެ ކެޓަގަރީއެއްގެ ދާއިމީ ލިސްޓުން އުނިކުރެވޭނެ ކަމުގައި ވެސް އެ ކޮމެޓީގެ އިޢުލާނުގައިވެއެވެ. ހަމަ އެހެންމެ، އެކަނިވެރި މައިންނާއި ބަފައިންނަށް ޚާއްޞަ ކެޓަގަރީގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން، ދަރިން ބަލަމުންދާކަމަށް ބަޔާންކޮށް ދެ ފަރާތުން ވެސް ފޯމު ހުށަހަޅައި، ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރޭގައި ހިމެނި ޕޮއިންޓް ލިބިފައިވާނަމަ، ފްލެޓް ހަވާލުކުރުމުގެ ކުރިން، މި ދެ ފަރާތުގެ ތެރެއިން ފްލެޓް ހަވާލުކުރެވޭނީ ދަރިން ބަލަމުންދާ ފަރާތް ކަށަވަރުކޮށް، އެ ފަރާތަކަށް ކަމުގައި ވެސް ފްކެޓްތަކުގެ މައްސަލަބަލާ ކޮމެޓީގެ އިޢުލާނުގައިވެއެވެ.

"ހިޔާ މަޝްރޫޢު" ގެ H06 ކެޓަގަރީގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، ބުދަ ދުވަހުން ފެށިގެން 2020 ނޮވެންބަރު 16 ވަނަ ދުވަހުގެ 15:00 ނިޔަލަށް ވަނީ ހުޅުވައިލާފައެވެ. މި ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވައިލާފައި ވަނީhttps://hcp.presidency.gov.mv/ލިންކު މެދުވެރިކޮށެވެ. "ހިޔާ މަޝްރޫޢު" ގެ ދާއިމީ ލިސްޓް އެކުލަވައިލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިޢާޔަތްކުރެވޭނެކަމަށާއި އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ބޭނުންވެލައްވާ ނަމަ 3010718 އަށް ގުޅުއްވުމަށް ވެސް ފްލެޓްތަކުގެ މައްސަލަބަލާ ކޮމެޓީން އެދިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
17 އެޕްރީލު 2017

ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ

17 އެޕްރީލު 2017
ވޯޓާސް ލިސްޓުގައި މައްސަލަތައް އެބަހުރި، ލިސްޓުގައި ސޮއި ކުރާނީ މައްސަލަތައް ހައްލު ކުރުމުން: އެމްޑީޕީ
16 އެޕްރީލު 2017

ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި

16 އެޕްރީލު 2017
ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުން  ސޮއިކުރުމުގެ ފުރުސަތު ހުޅުވާލައިފި
02 އެޕްރީލު 2017

ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"

02 އެޕްރީލު 2017
ބަލިތަކުގެ ލިސްޓުގެ އެންމެ މަތީގައި"ޑިޕްރެޝަން"
19 މާރިޗު 2017

އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި

19 މާރިޗު 2017
އިމަރޖެންސީ ނޫން ސާޖެރީތައް އައިޖީއެމްއެޗްގައި ވަގުތީ ގޮތުން މެދުކަނޑާލައިފި
05 މާރިޗު 2017

ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް

05 މާރިޗު 2017
ފ. އަތޮޅުގައި ރާއްޖެޓީވީގެ ވަގުތީ ބިއުރޯއެއް
14 ފެބުރުއަރީ 2017

ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި

14 ފެބުރުއަރީ 2017
ފުލުހުންނަށް ވަގުތީ ހިޔާވަހިކަން ދޭނެ ޝަރުތުތައް ޢާއްމުކޮށްފި
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރަނީ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް