Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސައިބާކްރައިމްއާ ދެކޮޅަށް ކުރާ މަސައްކަތްތަށް

ސައިބަރކްރައިމްއާ ގުޅޭ ގާނޫނެއް ނެތުމުން ފުލުހުންގެ މަސައްކަތަށް ބުރޫއަރާ: އިމްރާން

5 ނޮވެމްބަރު 2020 | ބުރާސްފަތި 02:29

ފުލުހުންގެ ބިލުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވި

އަލީ ސަމާޚް
އަލީ ސަމާޚް | 5 ނޮވެމްބަރު 2020 | ބުރާސްފަތި 02:29
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ: އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް

އިންޓަނެޓް މެދުވެރިކޮށް އަރައިގަންނަ ކުށްތަކުގައި ހެކި ހޯދުމަށް ގާނޫނީ އޮނިގަނޑެއް ނެތުމުން ފުލުހުންގެ މަސައްކަތަށް ބުރޫއަރާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ވާހަކަ ދައްކަވަމުންނެވެ. އިމްރާންގެ ވާހަކަގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާއި ހަވާލުވެވަޑައިގަތް ފަހުން ހޯމް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއިން ސަރުކާރުން ހާސިލްކޮށްފައިވާ ކަންތައްތަކަށެވެ.

Advertisement - newsAdvertisement

އެގޮތުން ފުލުހުންގެ މަސައްކަތަށް އަލިއަޅުއްވާލައި އިމްރާން ވިދާޅުވީ، ފުލުހުންގެ މުއައްސަސާ ދެމިއޮންނާނީ ވަކި އުމުރަކަށް، ވަކި ޖިންސަކަށް ނުވަތަ ވަކި ގައުމަކަށް ބެލުމެއްނެތި ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމަށެވެ.

އާއްމު ފަރުދުންނަށް މުޖުތަމައުގެ ތެރެއިން ނުވަތަ އޮންލައިންކޮށް ވެސް ލިބެމުންދާ އިންޒާރުތަކަށް ފުލުހުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. ނަމަވެސް ވަކިން ހާއްސަކޮށް އޮންލައިންކޮށް ހިންގާ ކުށްތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ގޮންޖެހުންތައް ދިމާވާ ކަމަށް ވިދާޅުވިއެވެ.

ހެއްކާ ބެހޭ ގާނޫނުގެ އިތުރުން ސައިބަރކްރައިމް ގާނޫނާއެކު ފުލުހުންނަށް ދިމާވާ އެފަދަ ކަންތައްތަކަށް ހައްލެއް ލިބިގެންދާނެ މިނިސްޓަރު ވިދާޅުވިއެވެ. އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ މި ދެ ބިލް ވެސް މަޖިލީހަށް ފޮނުވާފައެވެ. ނަމަވެސް އެއިން އެއްވެސް ބިލެއް އަދި މިހާތަނަށް އެޖެންޑާކޮށްފައެއް ނުވެއެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންއާ ގުޅުވައިގެން މިހާރު މަޖިލީހަށް ހުށައެޅިފައިވާ ފުލުހުންގެ ބިލާއެކު ފުލުހުންގެ މުއައްސަސާ މިހާރަށްވުރެ އިތުރަށް ހަރުދަނާވެ ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ފުލުހުންގެ މުއައްސަސާ ސިޔާސީ ނުފޫޒުން އެއްކިބާވެގެން ދާނެ ކަމަށެވެ. ސަރުކާރުގެ ފަރާތުން ފުލުހުންގެ ބިލް މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްއެވެ. އެ ބިލަށް އާއްމުންގެ ހިޔާލު ހޯދައި ބިލް އޮތީ ކޮމިޓީ މަރުހަލާގައެވެ.

މިނިސްޓަރު ވިދާޅުވީ، ބަސް ބުނުމުގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި މިނިވަން މީޑިއާއެއް އޮތުން އެއީ އެންމެ މުހިއްމު އެއްކަން ކަމަށެވެ. މިނިވަން ނޫސްވެރިކަމަށާއި، ނޫސްވެރިންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ރާއްޖެއިން އަބަދު ވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް