Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިތުބާރު ނެތުން

މަޖިލީހުގެ ރައީސާއި 2 ވަޒީރަކު ބޭރު ކުރަން ހޯމަ ދުވަހު މަޖިލީހަށް ހުށަހަޅާނެ:ހުސައިން އަރީފް

މަޖިލީހަށް ވައްދާނީ 42 އަށްވުރެ ގިނަ ސޮޔާއެކު

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 23 އެޕްރީލު 2017 | އާދީއްތަ 01:59
ހުސައިން އަރީފް: އަދަދު ވަނީ ހަމަވެފައިކަމަށް ވަނީ ވިދާޅުވެފައި

ހުސައިން އަރީފް: އަދަދު ވަނީ ހަމަވެފައިކަމަށް ވަނީ ވިދާޅުވެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީއޭގެ މެންބަރުކަމުގައި ހުންނަވައިގެން ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް ތާއީދު ކުރައްވަމުން ގެންދަވާ މެންބަރު އަރީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ފުރަތަމަ ވެއްދުމުގައިވެސް އިސްކޮށް ހުންނެވި އަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ "ހޯމަ ދުވަހު މެންދުރު 2 ގެ ކުރިން 42 މެންބަރުންގެ ސޮޔަށްވުރެ އިތުރަށް ސޮއި އަޅައި 2 ވަޒީރަކާއި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ވައްދާނަން" ކަމަށެވެ.

އަރީފް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނަށް ތާއީދު ކުރައްވާ މެންބަރުން މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށް 42 މެންބަރުންގެ ސޮޔާއެކު ނޫން ގޮތަކަށް މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.

އަރީފް މިހެން ވިދާޅުވެފައި މިވަނީ ޤަވާއިދަށް ގެނައި އިސްލާހާއެއްގޮތަށް މައްސަލަ ހުށަހެޅުމަށްޓަކައި ބޭނުންވާ 42 މެންބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވުމާއެކު، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ހައްޔަރުކޮށްފައި ވަނިކޮށެވެ.

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގައި އެޕާޓީތަކުގެ އިސްވެރިން ވިދާޅުވަމުން ގެންދަވަނީ "އަދަދު ހަމަވެއްޖެ" ކަމަށެވެ. އަދި 42 މެންބަރުންނަށްވުރެ އިތުރަށްވެސް މެންބަރުން ވަޑައިގެންފައިވާކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
23 ޖެނުއަރީ 2017

ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި

23 ޖެނުއަރީ 2017
ވިލިމާލޭގައި ސްޓެލްކޯ އިން ބޭނުންކުރަމުންދާ ސައިކަލެއް އެ އަވަށުން ބޭރުކުރަން އަންގައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު