Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަޞްރުގެ ދުވަހު ރައީސް ދެއްވި ޚިތާބު

ޤައުމުގެ ދިފާޢުގައި ޤުރުބާންވެވަޑައިގެންނެވި ބޭކަލުންގެ ޤުރުބާނީން ދޭހަވަނީ ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަން: ރައީސް

3 ނޮވެމްބަރު 2020 | އަންގާރަ 05:14

މީގެ 32 އަހަރު ކުރިން ދިވެހިންގެ ވަރަށް މަދު ބަޔަކާއި ގުޅިގެން ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއް ކަމަށް ރައީސް ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 ނޮވެމްބަރު 2020 | އަންގާރަ 05:14
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ބޭކަލުންގެ ޤުރުބާނީން ދޭހަ ވަނީ ދިވެހިންގެ ހިތްތަކުގައި ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ ޢަދަދުގައި ހިމެނުމަށް ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ނަޞްރުގެ ދުވަހު ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމުގައެވެ.

Advertisement - newsAdvertisement

މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާއި ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތައް ފާހަގަ ކުރައްވާ އެދުވަހު، ދިވެހިންގެ ލޯތައް ފުރިގެންދިޔައީ، ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިން ކަމުގައި ވީނަމަވެސް އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲ ގެ ތަނަވަސް ރަޙްމަތްފުޅާއި މަދަދާއި އެކު، ދިވެހިންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީ ލިބިގެންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ އެ ދުވަހުގެ ހަނދާންތައް އައުކުރާނީ، އެ ދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުން ކަމަށާއި، އެ ހާދިސާއިން ޢިބްރަތް ޙާޞިލްކުރަމުން ކަމުގައެވެ. މީގެ އިތުރުން ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއްކަމަށް ރައީސް ވިދާޅުވިއެވެ.

ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ ފާހަގަ ކުރައްވާ އެދުވަސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

25 އެޕްރީލު 2018

ފެބުރުއަރީ 1 ގައި ދެ ތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި: ރައީސް ޔާމީން

25 އެޕްރީލު 2018
ފެބުރުއަރީ 1 ގައި ދެ ތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި: ރައީސް ޔާމީން
21 ފެބުރުއަރީ 2018

ޤައުމުގެ ޙާލަތާމެދު ބަހެއް ވިދާޅުނުވެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި

21 ފެބުރުއަރީ 2018
ޤައުމުގެ ޙާލަތާމެދު ބަހެއް ވިދާޅުނުވެ ރިޔާސީ ބަޔާން ނިންމަވާލައްވައިފި
23 ޑިސެމްބަރު 2017

އިސްލާމް ދީނުގެ ދިފާޢުގައި ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޑރ މުއިއްޒު

23 ޑިސެމްބަރު 2017
އިސްލާމް ދީނުގެ ދިފާޢުގައި ހުރި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: ޑރ މުއިއްޒު
30 ސެޕްޓެމްބަރު 2017

މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު: އަލީ ހުސެއިން

30 ސެޕްޓެމްބަރު 2017
މިއީ ޤައުމުގެ ހާލަތު ބަދަލު ކުރުމަށް ރައްޔިތުން ނިކުންނަންވީ ވަގުތު: އަލީ ހުސެއިން
09 ސެޕްޓެމްބަރު 2017

މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރައީސް ޔާމީން އެ ޤައުމުގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި

09 ސެޕްޓެމްބަރު 2017
މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން ރައީސް ޔާމީން އެ ޤައުމުގެ ރައީސްއަށް ތައުޒިޔާ ފޮނުއްވައިފި
03 ޖުލައި 2017

ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު

03 ޖުލައި 2017
ދެ ޤައުމުގެ ދޭތެރޭގައިވާ ގުޅުން ބަދަހި ކުރުމަށް ފުރިހަމަ އެއްބާރުލުން ދޭނަން: އިންޑޮނީޝިޔާގެ ސަފީރު
31 މާރިޗު 2017

ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު

31 މާރިޗު 2017
ކުރީގެ ރައީސުންނަށް އިހުތިރާމްކުރަންޖެހޭ، އެއީ ޤައުމުގެ އެންމެ ބޮޑު ރައުސުމާލު: މެންބަރު ސައުދު
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި

23 މާރިޗު 2017
ޤައުމުގެ ހާލަތު ބަދަލުކުރުމަށް އެމްޑީޕީއާ އަދާލަތު ޕާޓީ އަދި ރައީސް މައުމޫނާ ގުޅިގެން މަސައްކަތްކުރުމަށް ޖޭޕީން ނިންމައިފި
22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް