Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްއެންޑީއެފްގެ އަހަރީ ދުވަސް

ފެބުރުއަރީ 1 ގައި ދެ ތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި: ރައީސް ޔާމީން

25 އެޕްރީލު 2018 | ބުދަ 18:02

1 ފެބުރުއަރީގައި ސިފައިން ދެއްކެވި ހިތްވަރާއި، ސާބިތުކަމަށް ޝުކުރު އަދާކުރެއްވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް | 25 އެޕްރީލު 2018 | ބުދަ 18:02
ރައީސް އަބްދުﷲ ޔާމީން: ފެބުރުއަރީ 1 ވަނަ ދުވަހާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަދެއްކެވި

ރައީސް އަބްދުﷲ ޔާމީން: ފެބުރުއަރީ 1 ވަނަ ދުވަހާ ގުޅޭ ގޮތުން ރައީސް ޔާމީން ވާހަކަދެއްކެވި

ނޮވެމްބަރު 3, 1988 އާއި، މި އަހަރުގެ ފެބްރުއަރީ މަހުގެ 1 އާއި އެއްވެސް ތަފާތެއް ނެތް ކަމަށާއި، 1 ފެބުރުއަރީގައި ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަން ވިއްކާލި ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ދިފާއީ ހިދުމަތްތަކުގެ ތެރެއިން، އެމްއެންޑީއެފްގެ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވަނީ ސުޕްރީމް ކޯޓުން ނެރުނު ކޯޓު އަމުރު ތަންފީޒްނުކޮށް 1 ފެބުރުއަރީގައި ސިފައިން ދެއްކި ހިތްވަރާއި، ސާބިތުކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރައީސް ޔާމީން ވަނީ ފެބުރުއަރީ 1 ވަނަ ދުވަހުގެ ހަމަލާ ކާމިޔާބުވި ނަމަ އެންމެ ބޮޑު ފައިދާ ލިބޭނީ ކާކަށްތޯ ސުވާލުކުރައްވާފައެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ރައީސް ޔާމީން ވަނީ ރޭވިފައި ވާގޮތަށް ކަންތައްތައް ނުދިޔުމުން އެކަމުގެ ނުތަނަވަސްކަމާ ހިތްހަމަ ނުޖެހުން އެންމެ ބޮޑީ ކޮންބައެއްގެތޯ ވެސް ސުވާލުކުރައްވާފައެވެ. އަދި 3 ނޮވެމްބަރާއި، 1 ފެބުރުއަރީ އިން ލިބުނު ފިލާވަޅު ވިދާޅުވެދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެ ދެ ދުވަހު ލިބުނު ފިލާވަޅަކީ މަތީ މަޤާމުތަކާއި ޝަރަފުތަކަކީ ކޮންމެހެން ޤައުމަށް ވަފާތެރިކަން ދައްކުވައިދޭ ނިޝާންތަކެއް ނޫންކަން ކަމަށެވެ.

"ފެބުރުއަރީ 1 ގައި ދެތިން މިލިއަން ޑޮލަރަށް ޤައުމުގެ މިނިވަންކަމާއި ޝަރަފު ވިއްކާލީ އެންމެ އިތުބާރު ހިފެންޖެހޭ މަޤާމުތަކުގައި ތިއްބެވި ފަރާތްތަކުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެ ދެ ތާރީހުގައި ލިބުނު ފިލާވަޅުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށެވެ. އަދި އެކަން އެގޮތަށް މެދުވެރި ވަނީ ކީއްވެތޯ ބަލަންޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ފެބުރުއަރީ އެއް ވަނަ ދުވަހު ހިކުމަތްތެރިކަމާ އެކު އަމަލުނުކުރި ނަމަ ވެރިކަމުގައި ތިބޭނެ ބަޔަކާ މެދު ވެސް ވިސްނާލަންޖެހޭ ކަމަށެވެ.

އެމްއެންޑީއެފްގެ އަހަރީ ދުވަހުގެ އެ ޖަލްސާގައި، ފެބުރުއަރީ 1 ގެ ވާހަކަ ވިދާޅުވުމަށް ފަހު، އެމަނިކުފާނުގެ ވާހަކަފުޅު ވަނީ ނިންމަވާލައްވާފައެވެ. އަދި ދައުލަތާ ތޮޅޭ ފަރާތްތަކުގެ ކިބައިން ދައުލަތް ސަލާމަތްކޮށްދިނުމަކީ ސިފައިންގެ ޒިންމާއެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި

06 ޖެނުއަރީ 2017
މިނިވަން އިންސާފްވެރި އިންތިހާބެއް ހޯދުމަށް ގޮވާލާ އެމްޔޫއޯގެ ޖަލްސާއެއް ބ. އަތޮލޫގައި
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް