Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19: ކަނޑިންމަ ރިސޯޓް

ކޮވިޑް-19: ކަނޑިންމަ ރިސޯޓުން އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ

2 ނޮވެމްބަރު 2020 | ހޯމަ 09:06

އާދިއްތަ ދުވަހު 17 މީހަކު ކަނޑިންމަ ރިސޯޓުން ޕޮޒިޓިވްވި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 2 ނޮވެމްބަރު 2020 | ހޯމަ 09:06
ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓް

ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ މޯލްޑިވްސް ރިސޯޓް

ދ. އަތޮޅުގައި ހިންގަމުން އަންނަ ކަނޑިންމަ ރިސޯޓުން އިތުރު ދެ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފައިވާ ގޮތުގައި ކަނޑިންމައިން ނެގި 33 ސާމްޕަލެއް އާދިއްތަ ދުވަހުގެ ރޭ ކޮވިޑް-19 އަށް ޓެސްޓްކޮށްފައިވާ ކަމަށެވެ. ނެގިފައިވަނީ ފުރަން ހަމަޖެހިފައިވާ 21 ފަތުރުވެރިންނާއި 12 މުވައްޒަފުންގެ ސާމްޕަލް ކަމަށެވެ. އޭގެ ތެރެއިން ޕޮޒިޓިވް ވެފައިވަނީ ދެ މުވައްޒަފެއްގެ ސާމްޕަލް ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އެޗްއީއޯސީން ބުނީ، އިތުރު 149 ސާމްޕަލް ނަގާފައިވާކަމަށާއި މި ސާމްޕަލްތައް އާދިއްތަ ދުވަހުގެ ރޭ ޓެސްޓުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު ވެސް ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވެއެވެ.

ކަނޑިންމަ ރިސޯޓުން މަރުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ ރިސޯޓުގައި ހެލްތް އެޗްއީއޯސީގެ ޓީމެއް ހަރަކާތްތެރިވާން ވަނީ ފަށާފަށެވެ.

ކަނޑިންމަ ރިސޯޓުން ބަލިވެގެން ހުކުރު ދުވަހު ހަވީރު ދ. އަތޮޅު ހޮސްޕިޓަލަށް ގެންދެވުނު ދިވެއްސަކު ވަނީ ހުކުރު ދުވަހުގެރޭ މަރުވެފައެވެ. އުމުރުން 60 އަހަރުގެ އެ މީހާގެ ގައިން ކޮވިޑުގެ އަލާމާތްތައް ހުރުމާއި ގުޅިގެން ހެދި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ފެތުރެމުންދާތީ، އެޗްއީއޯސީން ވަނީ އެރިސޯޓްގައި ތިބި މީހުންގެ ތެރެއިން ހައިރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އަދި ކޮންޓެކްޓް ޓްރޭސިންގ އާއި އިތުރު ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފަ އެވެ.

އެޗްއީއޯސީން ވަނީ ހޮނިހިރު ދުވަހުން ފެށިގެން ކަނޑިންމަ ރިސޯޓަށް އަރާ ފޭބުން މަނާ ކޮށްފަ އެވެ. އަދި އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރު ވެރިންނަށް ފުރައިގެންދެވޭނީ ކޮންޓެކްޓަކަށް ނުވާނަމަ ޕީ.ސީ.އާރް ޓެސްޓް ހެދުމަށްފަހު ނެގެޓިވް ވުމުން ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް