Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަންހެން ޓެކްސީ ޑްރައިވަރުގެ ކާރަށް ގެއްލުންދިނުން

އައިންތުގެ ޓެކްސީއަށް ގެއްލުންދޭތީ މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ފަށައިފި

މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 35 މެމްބަރުން ވޯޓުދެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 2 ނޮވެމްބަރު 2020 | ހޯމަ 05:04
އައިމިނަތު ވަހީދާ ދުއްވަމުން އަންނަ ޓެކްސީއަށް ބަޔަކު މީހުން ގެއްލުންދީފައި

އައިމިނަތު ވަހީދާ ދުއްވަމުން އަންނަ ޓެކްސީއަށް ބަޔަކު މީހުން ގެއްލުންދީފައި

މާލޭގައި ޓެކްސީ ކުރަމުންދާ ހަމައެކަނި އަންހެން ޑްރައިވަރު ކަމަށްވާ އައިމިނަތު ވަހީދާގެ ޓެކްސީއަށް އެކި ފަހަރު މަތިން ގެއްލުންދީފައިވާތީ އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގަނެ، ބަހުސް ފަށައިފިއެވެ.

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ނިންމާފައިވަނީ އެކިފަހަރު މަތިން އައިންތުއަށް ފުރައްސާރަ ކުރަމުންދާތީ އާއި ތަކުރާރުކޮށް އެކި ފަހަރުމަތިން އޭނާގެ ކާރަށް ގެއްލުންދޭތީ އެވެ. މި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 35 މެމްބަރުން ވޯޓުދެއްވިއެވެ.

Advertisement - newsAdvertisement

އެމްޑީޕީގެ ޕީޖީ ލީޑަރު ވިދާޅުވީ އެ އަމަލުތަކަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެ އަމަލުގެ ސަބަބުން އާމްދަނީ ހޯދުމަށް އައިންތު ކުރާ މަސައްކަތަށް ހުރަސް އެޅިފައިވާ ކަމަށެވެ. އެހެންކަމުން އާމްދަނީ ހޯދުމަށް އަންހެނުން ކުރާ އެފަދަ މަސައްކަތަށް ހިތްވަރު ދިނުމަށް ކުއްލި މައްސަލާގައި ވަނީ ގޮވާލައްވާފައެވެ.

އައިންތުގެ ޓެކްސީއަށް ފަސް ފަހަރެއްގެ މަތިން ގެއްލުންދީ ބިއްލޫރިގަނޑު ތަޅާލާފައިވުމާއި ގުޅިގެން އޭނާ ވަނީ އެކަން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން އެންމެ ފަހުން އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އޭނާގެ ކާރު ބިއްލޫރިގަނޑު ތަޅާލުމާއި ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި މި މައްސަލަ މިހާރު ފުލުސް ކޮމިޝަނަރ އަދި ޖެންޑަރ މިނިސްޓްރީ އާއި ހަމައަށް ވެސް ގެންގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިކަން ކުރާ ބަޔަކު އެނގޭ ކަމަށާއި މިކަމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި އައިންތުގެ ކާރަށް ގެންލުން ދެމުންދާ މީހާ ވަރަށް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ލިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

މަސީހުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި

08 މާރިޗު 2017
ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

ހެލްތުން ގަވާއިދާ ޚިލާފަށް 16 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންކުރިގޮތް ބެލުމަށް ރިޔާޒް މަޖިލީހަށް ހުށަހަޅައިފި

01 މާރިޗު 2017
މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

މައުމޫނާ ދެކޮޅަށް ބަޔާން ދޭން މަޖުބޫރުކުރި ކަމަށް ބުނާ މައްސަލަ މަޖިލީހަށް

26 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

ބޮޑުކުރި އެލަވަންސް ފުލުހުންނަށް ނުދިން މައްސަލަ މަޖިލީހަށް!

23 ފެބުރުއަރީ 2017
ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

ގަދަކަމުން ޕީޕީއެމަށް މީހުން ވައްދަމުންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު