Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19 އެމެރިކާގެ ހާލަތު

ރިޔާސީ އިންތިޚާބު ބާއްވަން 4 ދުވަހަށް ވެފައިވަނިކޮށް އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 9 މިލިއަނަށް

8 މިލިއަނުން 9 މިލިއަން މީހުންނަށް ވައިރަސް ޖެހެން ނެގީ ދެ ހަފްތާގެ މުއްދަތެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 އޮކްޓޯބަރު 2020 | ހޮނިހިރު 00:05
އެމެރިކާގެ މަގުތައް މަތީގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

އެމެރިކާގެ މަގުތައް މަތީގައި މީހުން ކޮވިޑް-19 އަށް ޓެސްޓް ކުރަނީ

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ އެންމެ ފަހު މަރުހަލާގައި ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށްދާއިރު އެގައުމުގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 9 މިލިއަނަށް އަރައިފި އެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 9 މިލިއަނަށް އަރާފައިވަނީ ހުކުރު ދުވަހުއެވެ. އެގައުމުގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 229،000 ށް އަރާފައެވެ. އެމެރިކާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހި އަދި މަރުވަމުން އަންނަ ގައުމެވެ.

ކޮވިޑް-19 ގެ ޕެންޑަމިކްގެ ތެރޭގައި އެމެރިކާއަކީ އެންމެ އަވަހަށް އެއް މިލިއަން މީހުންނަށް ވައިރަސް ޖެހުނު ގައުމުވެސްމެ އެވެ. އެގައުމުގައި 8 މިލިއަނުން 9 މިލިއަން މީހުންނަށް ވައިރަސް ޖެހެން ނެގީ ދެ ހަފްތާގެ މުއްދަތެވެ. އެެމެރިކާއިން ވަނީ ބުރާސްފަތި ދުވަހު މިހާތަނަށް އެގައުމުގައި އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިކޯޑްކޮށްފައެވެ. އެއީ 91،248 މީހުންނެވެ.

އެމެރިކާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން އަންނައިރު ހޮސްޕިޓަލްތައް އަންނަނީ ބަލި މީހުންނާއިގެން ފުރެމުންނެވެ. އެއާއެކު ސްޓޭޓްތަކުގެ ގަވަރުނަރުންނާއި އޮފިޝަލުން އަންނަނީ އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވައިރަސްއަށް ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ. އަދި ބޮޑެތި އެއްވުންތަކަށް ނުދިއުމަށް ބާރުއަޅަމުންނެވެ.

އެމެރިކާގައި ވައިރަސް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި މީހުންގެ އަދަދު ވަނީ އޮކްޓޯބަރ މަހު 50 އިންސައްތަ އިތުރުވެފައެވެ. އޮކްޓޯބަރ މަހު 46،000 މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރިއިރު މިއީ އޮގަސްޓްމަހުގެ މެދުތެރެއިން ފެށިގެން އެންމެ ގިނަ އަދަދެއްގެ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ދުވަސްވަރުވެސްމެ އެވެ.

އެމެރިކާގައި އަނެއްކާވެސް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަނީ އެގައުމުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅުމުގެ ސަބަބުންނެވެ. ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށް އެގައުމުގެ ރައީސް އަދި އިންތިޚާބުގައި ވާދަކުރައްވާ ރިޕަބްލިކަން ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވާފައެވެ. އެހެންނަމަވެސް އޭގެފަހުންވެސް ޓްރަމްޕް ކޮވިޑް-19 އާއި ގުޅޭގޮތުން ގެންގުޅުއްވަމުން ގެންދެވި ސިޔާސަތުތައް ބަދަލުކުރައްވާފައެއްނުވެ އެވެ.

ކެމްޕެއިންގެ ބޮޑެތި އެއްވުންތައް ޓްރަމްޕް ބާއްވަމުން ގެންދަވާއިރު ރެލީތަކުގައި ބައިވެރިވާ ގިނަ ބަޔަކު މާސްކު ނާޅާ ތިބޭތީ ގިނަ ބަޔަކު އަންނަނީ ޓްރަމްޕަށް އެކަމާއި ގުޅޭގޮތުން ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ސީއެންއެން އިން ބުނެފައިވާ ގޮތުގައި ޓްރަމްޕް ކެމްޕެއިންގެ ރެލީތައް ބާއްވާފައިވާ 14 ސަރަހައްދެއްގައި ކޭސްތައް ފެންނަ މިންވަރު ވަނީ އިތުރުވެފައެވެ.

އެމެރިކާގައި 30 ސްޓޭޓެއްގައި އޮކްޓޯބަރ މަހު ވަނީ ކޮވިޑް-19 ގެ ކޭސްތައް އިތުރުވެފައެވެ.

އެއާޚިލާފަށް ޓްރަމްޕާ ވާދަކުރައްވާ ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން ގެންދަވަނީ ވައިރަސް އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުއްވުމާއެކު ކެމްޕެއިންތައް ކުރިއަށް ގެންދަވަމުންނެވެ. އަދި ބައިޑަންގެ ކެމްޕެއިންގައި އެންމެ ބޮޑަށް އަމާޒުކުރައްވާފައި ވަނީވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް ބައިޑަން ގެންގުޅުއްވާނެ ސިޔާސަތުތަކާއި އެކަން ކުރުމަށް ޓްރަމްޕް ނުކުޅެދިފައިވާ މިންވަރު ދެއްކުވުމުގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު