Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ރަޝިޔާގެ ހާލަތު

ރަޝިޔާގައި ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް-19 ޖެހެން ފެށުމާއެކު ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލަނީ

ރަޝިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު އެގައުމުގައި ޑޮކްޓަރުންގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2020 | ހޮނިހިރު 00:10
މޮސްކޯގެ ބަހެއްގެ ތެރޭގައި މީހަކު މާސްކު އަޅައިގެން

މޮސްކޯގެ ބަހެއްގެ ތެރޭގައި މީހަކު މާސްކު އަޅައިގެން

ރަޝިޔާގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު 18،000ށް ވުރެ މައްޗަށް އެރުމާއެކު އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް އެކުލަވާލާފައިވާ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދިއުމާއެކު އެގައުމުގައި ޑޮކްޓަރުންގެ ދަތިކަންވެސް ވަނީ ކުރިމަތިވެފައެވެ.

މިއާއެކު މޮސްކޯގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް އެފުރުސަތު އަންނަ މަހު ދޭނެކަމަށް މޮސްކޯގެ ޑެޕިއުޓީ މޭޔަރ އެނަސްތޭޝިޔާ ރަކޯވާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަން އަދި ވާނީ ރަޝިޔާއިން ކޮވިޑް-19 އުފައްދާފައިވާ ވެކްސިން ކަމުގައިވާ ސްޕޮޓްނިކް ވީ ގެ އެކަށީގެންވާ ވަރަށް ޑޯޒްތައް އުފެއްދިގެން ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

މޮސްކޯގައި މިހާރު އަންނަނީ ވެކްސިން ދިނުމަށް އެކަމަށް ޚާއްސަ ރޫމްތަކެއް ތައްޔާރު ކުރަމުންނެވެ. ހައިިރިސްކް ކެޓަގަރީގައި ހިމެނޭ 2500 މީހުންނާއި ޑޮކްޓަރުންނާއި ޓީޗަރުންނަށް މިހާރުވެސް ވެކްސިން ދީފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

މޮސްކޯގައި ދިރިއުޅޭ މީހުންގެ ތެރެއިން 9000 މީހުންނަށް ވަނީ ސްޕޮޓްނިކް ވީ ގެ ދެ ޑޯޒް މިހާރު ދީފައެެވެ. މިވެކްސިންގެ ޓްރެއަލްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. ވެކްސިންގެ ދެ ޑޯޒް ދެމުން އަންނަނީ ދެ ޑޯޒްގެ ދެމެދުގައި 21 ދުވަހުގެ މުއްދަތަކަށްފަހު އެވެ.

ގިނަ އަދަދެއްގެ ބަޔަކަށް އަދި ވެކްސިން ދިނުމަކީ ވާނެކަމެއް ނޫންކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ. އެއީ ވެކްސިންގެ ގިނަ އަދަދެއްގެ ޑޯޒްތަކެއް ލިބިފައިނުވާތީ ކަމަށާއި އެހެންނަމަވެސް އަންނަ މަހު ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދެވޭވަރުވާނެ ކަމަށް ޑެޕިއުޓީ މޭޔަރ ވިދާޅުވިއެވެ.

ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ގިނަ ޑޯޒްތަކެއް އުފެއްދުމަށް ރަޝިޔާއަށް ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަމަށް އެގައުމުގެ ރައީސް ވްލަޑްމިއަރ ޕުޓިން ވަނީ ބުރާސްފަތި ދުވަހު ވިދާޅުވެފައެވެ. އެއީ ވެކްސިންގެ ޑޯޒްތައް އުފެއްދުމަށް ބޭނުންވާ ސާމާނު ލިބުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ޕުޓިން ވިދާޅުވިއެވެ.

ރަޝިޔާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާއެކު އެގައުމުގައި ސިއްހީ މަސައްކަތްތެރިންގެ ދަތިކަން ވަނީ އިހުސާސްކުރަން ޖެހިފައެވެ. ރަޝިޔާގެ އޮފިޝަލުން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު ވައިރަސް ޖެހޭ މީހުންގެ އަދަދު ދަށްކުރެވިގެން ދާނެ ކަމަށް ބުނެފައެވެ.

ފާއިތުވި ހަފްތާތަކުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އައިސް ހުކުރު ދުވަހު ވަނީ 18،283 މީހުންނަށް ވައިރަސް ޖެހިފައެވެ. މިއީ މިހާތަނަށް އެގައުމުގައި އެއްދުވަހާ އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހުނު ދުވަހެވެ.

ރަޝިޔާއިން ވަނީ މިހާތަނަށް 27،656 މީހުން މިވައިރަސް ޖެހިގެން މަރުވެފައެވެ. އަދި 1.5 މިލިއަން މީހުންނަށް އެގައުމުގައި ވައިރަސް ޖެހިފައިވާއިރު ރަޝިޔާއަކީ ހަތަރު ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

އިތުރަށް ކިޔާލަން

23 ޑިސެމްބަރު 2017

ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި

23 ޑިސެމްބަރު 2017
ގާނޫނާއި ޚިލާފަށް ބަޖެޓް ބޭނުންކޮށްގެން 8000 އަށްވުރެ ގިނަ މީހުންނަށް ޗައިނާއިން އަދަބު ދީފި
22 ޑިސެމްބަރު 2017

އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި

22 ޑިސެމްބަރު 2017
އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
27 ސެޕްޓެމްބަރު 2017

ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި

27 ސެޕްޓެމްބަރު 2017
ރަޝިޔާގައި ފޭސްބުކް މަނާ ކުރާނެ ކަމުގެ އިންޒާރުދީފި
30 އޯގަސްޓު 2017

ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ

30 އޯގަސްޓު 2017
ދުނިޔޭގެ ކޮންމެ 10 މީހެއްގެ ތެރެއިން 3 މީހުންނަށް ރައްކާތެރި ބޯފެން ނުލިބޭ:ޑަބްލިޔުއެޗްއޯ
02 އޯގަސްޓު 2017

އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ

02 އޯގަސްޓު 2017
އަފްޣާނިސްތާނުގެ ޝީއީން އެބައިމީހުންނަށް ރައްކާތެރިކަން ނެތް ކަމަށް ބުނެ މުޒާހަރާ ކުރަނީ
29 ޖުލައި 2017

ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި

29 ޖުލައި 2017
ރަޝިޔާގައި ތިބި އެމެރިކާގެ ޑިޕްލޮމެޓުންގެ އަދަދު މަދުކުރަން ރަޝިއާ އިން އަންގައިފި
12 ޖޫން 2017

ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ

12 ޖޫން 2017
ފުޓިންގެ ވެރިކަމާމެދު ނުރުހުންވެ އެތައް ހާސް ބަޔަކު ރަޝިޔާގައި މުޒާހަރާ ކުރަނީ
12 ޖޫން 2017

އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ

12 ޖޫން 2017
އަހަރުމެންނަށް ގެއްލޭ ކޮންމެ ޑޮލަރެއް އެމީހުންނަށް ވެސް ގެއްލޭނެ: ގަތަރުގެ ފިނޭންސް މިނިސްޓަރ
05 މާރިޗު 2017

އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި

05 މާރިޗު 2017
އުތުރު ކޮރެއާއިން ފިލާ މީހުންނަށް ދޭ އިނާމު ދެކުނު ކޮރެއާއިން ބޮޑުކޮށްފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް