Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރޮނާލްޑޯ ވައިރަހުން ރަނގަޅުވުން

ރޮނާލްޑޯ ކޮވިޑް-19 އިން ރަނގަޅުވެއްޖެ

30 އޮކްޓޯބަރު 2020 | ހުކުރު 17:45

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ މި މަހުގެ 13 ވަނަ ދުވަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޮކްޓޯބަރު 2020 | ހުކުރު 17:45
ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ

ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހުއެވެ. ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުން ކުރި ޓެސްޓުން ރޮނާލްޑޯ ވައިރަހަށް ޕޮޒިޓިވްވިއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޮނާލްޑޯ ވައިރަހަށް ޓެސްޓު ކުރިއިރު، ދެ ފަހަރުވެސް އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގޮތުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގެ ކުރިން އަންގާރަ ދުވަހުގެރޭ ކުރި ޓެސްޓުގެ ނަތީޖާވެސް ވަނީ ޕޮޒިޓިވް ކަމަށް ދައްކާފައެވެ.

އެކަމަކު ހުކުރު ދުވަހުގެރޭ ޔުވެންޓަސްއިން ވަނީ އެންމެ ފަހުން ކުރި ޓެސްޓުން ރޮނާލްޑޯ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ބުނެފައެވެ. އެއާއެކު ރޮނާލްޑޯގެ އައިސޮލޭޝަން މިހާރު ވަނީ ނިމުމަކަށް އައިސްފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް ހާއްސަ އިހުތިޔާރެއްގެ ދަށުން ރޮނާލްޑޯ އިޓަލީއަށް ދިޔުމުން، ކޮވިޑް-19 ގެ އުސޫލާ ރޮނާލްޑޯ ޚިލާފުވިކަމަށް ބުނެ އިޓަލީގެ އިދާރާތަކުން މިހާރު އަންނަނީ އެ މައްސަލަ ބަލަމުންނެވެ. އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ދާދި ފަހުން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ރޮނާލްޑޯ ޚިލާފުވި ކަމަށާއި، އެހެންކަމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެކަމަކު ވަޒީރުގެ ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ މީގެ ކުރިން ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ރޮނާލްޑޯ ކޮވިޑް-19 އިން ރަނގަޅުވިއިރު، ޔުވެންޓަސްއިން ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެރެއެވެ. އެރޭ އިޓާލިއަން ލީގުގައި ރަށުން ބޭރުގައި ޔުވެންޓަސް ނުކުންނާނީ ސްޕެޒިއާއާ ދެކޮޅަށެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް

19 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: އެންޗެލޮޓީ އަށް ރޮނާލްޑޯ ނުހިފެހެއްޓި، ބަޔާން ކަޓައި ރެއާލް ސެމީއަށް
18 އެޕްރީލު 2017

އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް

18 އެޕްރީލު 2017
އަންޗެލޮޓީގެ ވިސްނުން ރޮނާލްޑޯ ހުއްޓުވުމަށް
14 އެޕްރީލު 2017

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

14 އެޕްރީލު 2017
ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ
13 އެޕްރީލު 2017

ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި

13 އެޕްރީލު 2017
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ 100 ވަނަ ލަނޑުން ބަޔާންގެ މައްޗަށް ރެއާލް ކުރިހޯދައިފި
06 އެޕްރީލު 2017

ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް

06 އެޕްރީލު 2017
ރޮނާލްޑޯ އަދީ ބޭލް ނެތި ރެއާލް އަށް ފަސޭހަ މޮޅެށް
05 އެޕްރީލު 2017

ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން

05 އެޕްރީލު 2017
ރޮނާލްޑޯ އަދި ބޭލް، ލެގަނޭސް އާ ދެކޮޅަށް ކުޅޭ މެޗްގައި ނުކުޅޭނެ:ޒިދާން
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
28 ޖެނުއަރީ 2017

އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ

28 ޖެނުއަރީ 2017
އިންޓައަށް ބަދަލުވާތޯ ރޮނާލްޑޯ އަށް މިދަނީ ބާރުއަޅަމުން: ޖޯ މާރިއޯ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް