Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ރާއްޖޭގެ ރިކަވަރީ ރޭޓް 92 އިންސައްތައިގައި

ބުރާސްފަތި ދުވަހުގެ ނިޔަލަށް 10733 މީހަކު ވަނީ ބަލިން ރަނގަޅުވެފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2020 | ހުކުރު 07:40
ކޮވިޑް-19ށް އެކްޓިވް ސަރވައިލެންސްގެ ތެރެއިން ސާމްޕަލް ނަގަނީ

ކޮވިޑް-19ށް އެކްޓިވް ސަރވައިލެންސްގެ ތެރެއިން ސާމްޕަލް ނަގަނީ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 92 އިންސައްތައަށްވުރެ މައްޗަށް އަރައިފިއެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ބުރާސްފަތި ދުވަހުގެ ނިޔަލަށް 10733 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 92.4 އިންސައްތައެވެ. މި ރޭޓަށް ބަލާ އިރު ރާއްޖޭގެ ރިކަވަރީ ރޭޓް މިވަނީ މީގެ ކުރިން މަތިނުވާ މިންވަރަށް މަތިވެފައެވެ. ދެވަނަ ވޭވްގެ ކުރިން ރިކަވަރީ ރޭޓް ޖުލައި މަހުގައި ހުރީ 80 އިންސައްތައިގައެވެ.

Advertisement - newsAdvertisement

ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 11616 މީހުންނެވެ. އަދި މީގެ ތެރެއިން މިވަގުތު ފަރުވާ ދެމުންދަނީ 839 މީހުންނަށެވެ. އެއީ ޕޮޒިޓިވްވި މީހުންގެ 7.2 އިންސައްތައެވެ. ހޮސްޕިޓަލާއި ފެސިލިޓީތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން 47 މީހަކަށް ފަރުވާ ދެމުން އަންނަ އިރު އެއީ 5.6 އިންސައްތައެވެ.

ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވި ނަމަވެސް އަންލިންކް ކޭސްތައް ވަނީ ނިމިގެންދިޔަ ހަފްތާގައި އިތުރުވެފައެވެ. އެގޮތުން 26 ވަނަ ހަފްތާގައި މި އަދަދު 33 ގައި ހުރި އިރު އޭގެ ކުރީ ހަފްތާގައި މި އަދަދު ހުރީ 30 ގައެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެންމެ ފަހުން މިދިޔަ ހަފްތާގައި ވެސް އަންލިންކް ކޭސްތައް ނުވަތަ ކޮންޓެކްޓުންގެ ބޭރުން އިތުރަށް ފެނުނު ޖުމްލަ އަދަދު ޕަސެންޓޭޖް އުޅެނީ 25 ގައި ކަމަށެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ކޮންޓެކްޓުންނާއި ނުގުޅޭގޮތަށް ކޭސްތައް ފެންނަމުންދާ ކަމަށެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އެކްޓިވް ސަރވިއަލަންސްގެ ތެރެއިންވެސް މީހުން ޕޮޒިޓިވް ވަމުންދާ ކަމަށެވެ. އެގޮތުން ފާއިތުވި ތިން ހަތަރު ދުވަހަށް ބަލާލި ނަމަވެސް އެކްޓިވް ސަރވިއަލަންސްގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު އުޅެނީ 7 ނޫނީ 8 އިންސައްތައިގެ ކަމަށެވެ.

މީގެ އިތުރުން ނިމިގެން ދިޔަ ހަފްތާގައި ފުލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން ޕޮޒިޓިވްވި މީހުންގެ ނިސްބަތް ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 25 ވަނަ ހަފްތާގައި މި އަދަދު 5.1 އިންސައިގައި ހުރުމަށްފަހު ނިމިގެން ދިޔަ ހަފްތާގައި މި އަދަދު ވަނީ 8.5 އިންސައްތައަށް އިތުރުވެފައެވެ.

ނަމަވެސް މި މުއްދަތުގައި ހޮސްޕިޓަލުގެ ބެޑް ކެޕޭސިޓީގެ އޮކިއުޕެންސީ ވަނީ ދަށްވެފައެވެ. އެގޮތުން 25 ވަނަ ހަފްތާގައި 32 ގައި މި އަދަދު ހުރުމަށްފަހު 26 ވަނަ ހަފްތާގައި ވަނީ 28ށް ދަށްވެފައެވެ. އަދި ލެވެލް 1ން ނެއްޓި 0ށް ދަށްވެފައިވެއެވެ. މި އަދަދުތަކާ އެކު ލުއިދިނުމުގެ މަރުހަލާ ބަލާ ޕޮއިންޓް ވެސް ވަނީ ދަށްވެފައެވެ. ނަމަވެސް ލުއިދޭނީ އަންލިންކް ކޭސްތައް ދަށް ކުރެވުމުން ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ.

އެޗްޕީއޭގެ ޑޭޝްބޯޑު ދައްކާގޮތުން ބުރާސްފަތި ދުވަހު ޕޮޒިޓިވްވީ 17 މީހުންނެވެ. މި 17 މީހުންގެ ތެރޭގައި ހިމެނެނީ ބަންގުލަދޭޝްގެ 2 މީހުންނާއި، ސްރީލަންކާގެ 4 މީހުންނާއި 11 ދިވެހިންނެވެ.

ރާއްޖޭގައި މިހާތަނަށް 11616 މީހުން ޕޮޒިޓިވްވެފައިވާ އިރު މީގެ ތެރެއިން 63.8 އިންސައްތަ ނުވަތަ 7411 މީހުންނަނީ ދިވެހިންނެވެ. ބަންގުލަދޭޝްގެ 3016 މީހުން ޕޮޒިޓިވްވެފައިވެއެވެ. އެއީ ޕޮޒިޓިވްވި މީހުންގެ 25.9 އިންސައްތައެވެ. ދެން އެންމެ ގިނައިން ޕޮޒިޓިވްވީ އިންޑިއާ މީހުންނެވެ. އެއީ 702 މީހުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

ރާއްޖޭގެ މެދުތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ކަނޑުގަދަވުމާއެކު ވިއްސާރަކުރާނެ: މެޓް

18 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

ރާއްޖޭގެ ހާލަތު ބަދަލުކުރަން ރައީސް ނަޝީދާއެކު ގުރުބާންވާނަން:އިބްރާ

12 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު