Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒުވާނުންގެ މަރުކަޒެއް

ޒުވާނުންނަށް މިއުޒިކް ކުޅެލަން އެއްވެ އުޅެވޭނެ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ގޮވާލާ ގަރާރެއް

ޒުވާނުންގެ މިއުޒިކުގެ ފަންނު އިތުރަށް ތަރައްގީ ކުރުމުގެ ވަސީލަތަކަށް ހެދުމަށް ގޮވާލެއްވި

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 07:08
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

ޒުވާނުންނަށް އުފާވެރި މާހައުލެއްގައި ސަމާސާކޮށްލައި އެއްވެ ތިބެވޭނެ މަރުކަޒެއް ގާއިމުކޮށް ދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާފައިވާ ގަރާރުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށައެޅުއްވި މި ގަރާރުގެ ފުރަތަމަ ކިއުން އިއްވާފައި ވަނީ ބުދަ ދުވަހުގެ ޖަލްސާގައެވެ.

Advertisement - newsAdvertisement

މި ގަރާރުގައި ވަނީ މާލެއަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ އިރު ވެސް، ޒުވާނުންނަށް ފަސޭހަކަމާއި އެކު މިއުޒިކް އަޑުއަހާލާ، އެކުވެރިންނާ ބައްދަލުކޮށް، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށް ދިނުމަށް ސަރުކާރަށް ހުށައަޅާ ކަމަށެވެ. އަދި އެ މަރުކަޒަކީ ޒުވާނުންގެ މިއުޒިކުގެ ފަންނު އިތުރަށް ތަރައްގީ ކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރަށް ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ވެސް ގޮވާލާފައި ވެއެވެ.

މިގޮތަށް ހުށައަޅުއްވަމުން ހަސަން ލަތީފް ވަނީ މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަމާ މަގުތަކުގެ ކާރޫބާރު ބޮޑު ކަމާ ވަޒީފާގެ ފުރުސަތުތަކުގެ މަދު ކަމުގެ މައްސަލަތައް އިންތިހާއަށް އޮތް އިރު ހާސްކަމުން އެކަހެރިވެލެވޭނެ ގޮތްތަކެއް ޒުވާނުންނަށް ހޯދައި ދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ގަރާރުގައި ވަނީ ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާ ޚިލާފު ކުޅަދާނަ ފަންނާނުން ތިބިއިރު އަދި މިއުޒިކްގެ ހުނަރު ދަސްކުރަން ބޭނުން އެތައް ޒުވާނުން ވެސް އެބަތިބި ކަމަށެވެ. އެހެންކަމުން މިއުޒިކް ރެކޯޑިންގް ސްޓޫޑިއޯއާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭ ކަމަށެވެ.

ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގެ ގައުމިއްޔަތުގެ އެންމެ މުހިއްމު އުންސުރަކީ ދިވެހި ލަވަޔާއި މިއުޒިކަށްވާ އިރު މިއަދު މިކަންކަން ވަނީ ނެތިދިއުމުގެ މަގުމަތީގައި ކަމަށެވެ. ދިވެހި ލަވަޔާއި މިއުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށާއި ދިވެހި ސަގާފަތް އަންނަން އޮތް ޖީލަށް ވާސިލުކޮށްދިނުމަކީ މިއަދުގެ ޒުވާނުންގެ ވާޖިބެއް ކަމަށެވެ. އަދި މިކަން ބިނާވެފައިވަނީ ދައުލަތުން ޒުވާނުންނާއި މެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވެސް ގަރާރުގައިވެއެވެ.

އެހެންކަމުން ޒުވާނުންގެ އެ މުހިއްމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނެ ކަންކަމަށްވާއިރު މިފަދަ މަރުކަޒެއް ގާއިމުކުރުމުގެ މުހިއްމުކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު