Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފާ ޗެމްޕިއަންސް ލީގު

ރެއާލް އެއްވަރު، ޗެމްޕިއަން ބަޔާނަށް މޮޅެއް

28 އޮކްޓޯބަރު 2020 | ބުދަ 05:30

މޮންޗެންގްލަޑްބަކާއި ރެއާލް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 28 އޮކްޓޯބަރު 2020 | ބުދަ 05:30
މޮންޗެންގްލަޑްބަކާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

މޮންޗެންގްލަޑްބަކާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑް އެއްވަރުވިރު، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން މޮޅެއް ހޯދައިފިއެވެ.

ގްރޫޕް ބީގައި ހިމެނޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް އެއްވަރުވީ ރަށުން ބޭރުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކާ 2-2 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުން ރެއާލް އެއްވަރުވިއިރު، ފުރަތަމަ މެޗުން އެ ޓީމު ވަނީ ޝަޚްތަރު ޑޮނެސްކް އަތުން 3-2 ން ބަލިވެފައެވެ.

މޮންޗެންގްލަޑްބަކުގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެ ޓީމުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ތުރާމެވެ. އަދި ދެވަނަ ހާފު ފަށައިގެން 13 ވަނަ މިނެޓުގައި ތުރާމް ވަނީ އިތުރު ލަނޑެއް ޖަހާ މޮންޗެންގްލަޑްބަކަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ރެއާލުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައެވެ. އެގޮތުން މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ކަރިމް ބެންޒެމާ ރެއާލަށް ފަރަގު ކުޑަކޮށްދިންއިރު، އިތުރު ވަގުތުގައި އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ ކަސެމީރޯއެވެ.

ގްރޫޕް ބީގައި ހިމެނޭ ރެއާލުން ކުޅުނު ދެވަނަ މެޗު އެއްވަރުވެގެން ނިމުނުއިރު، މި ގްރޫޕްގައި ދެން ހިމެނޭ އިންޓަ މިލާނުންވެސް އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު ވަނީ އެއްވަރުވެފައެވެ. އިންޓަ އެއްވަރުވީ ރަށުން ބޭރުގައި ޝަޚްތަރާ ބައްދަލުކޮށް 0-0 ންނެވެ.

މި ނަތީޖާތަކާއެކު މި ގްރޫޕުގެ އެއްވަނައިގައި ޝަޚްތަރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް މޮންޗެންގްލަޑްބަކާއި ތިންވަނައިގައި އޮތް އިންޓައަށް ދެ މެޗުން ދެ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި ރެއާލަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މީގެ އިތުރުން މި މުބާރާތުގައި އަންގާރަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މޮޅުވީ ރަށުން ބޭރުގައި ލޮކޮމޯޓިވް މޮސްކޯ އަތުން 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު 13 މެޗުންވެސް ބަޔާން ވަނީ މޮޅުވެފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެއޮން ގޮރެޓްޒްކާއެވެ. މި މެޗުގެ 70 ވަނަ މިނެޓުގައި އެންޓޮން މިރަންޗަކް މޮސްކޯއަށް ނަތީޖާ އެއްވަރުކޮށްދިން ނަމަވެސް، އޭގެ ނުވަ މިނެޓު ފަހުން ޖޯޝުއާ ކިމިޗް ކާމިޔާބުކުރި ލަނޑާއެކު ބަޔާނުން ވަނީ މެޗުން މޮޅެއް ހޯދާފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ގްރޫޕް އޭގައި ހިމެނޭ ބަޔާން މޮޅުވިއިރު، މި ގްރޫޕުގައި ދެން ހިމެނޭ އެތުލެޓިކޯ މެޑްރަިޑް ވަނީ އަމިއްލަ ދަނޑުގައި ސަލްޒްބާގް އަތުން 3-2 ން މޮޅުވެފައެވެ.

މި ނަޓިޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި ބަޔާން އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސާލްޒްބާގާއި ފުލުގައި އޮތް މޮސްކޯއަށް ދެ މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ

26 ޖެނުއަރީ 2017
ވުމެންސް ވޮލީބޯލް ވޯލްޑް ޗެމްޕިއަންޝިޕް: ނޭޕާލް ޓީމު ރާއްޖެ އަތުވެއްޖެ
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް