Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނޭޝަނަލް ޑްރަގް އޭޖެންސީ - އެންޑީއޭ

ކަންމަތީ ފިހާރައަކަށް ވުރެ އެންޑީއޭގެ ހިންގުން ދަށްކަމަށް ބުނެ، މަދަނީ ޖަމިއްޔާތަކުގެ 9 ހުށައެޅުމެއް ކޮމިޓީއަށް!

ކުޑަކުދިންނާ ބޮޑެތި މީހުންގެ ފަރުވާވެސް އެއް މަރުކަޒެއްގެ ތެރޭގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އޮކްޓޯބަރު 2020 | ބުދަ 06:51
އެންޑީއޭއާ ގުޅިގެން ހުރި ގިނަ ޝަކުވާތަކާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި މަޝްވަރާ ކުރަނީ

އެންޑީއޭއާ ގުޅިގެން ހުރި ގިނަ ޝަކުވާތަކާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި މަޝްވަރާ ކުރަނީ

ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އާ ގުޅިގެން ހުރި ގިނަ ޝަކުވާތަކާ ގުޅޭގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.

އެންޑީއޭއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަންގާރަ ދުވަހު ކަމާބެހޭ ބޭފުޅުންނާއި މަދަނީ ޖަމިއްޔާތަށް ވަނީ ކޮމިޓީއަށް ވަޑައިގެން މައުލޫމާތު ހިއްސާކޮށްފައެވެ.

އެންޑީއޭއާ ގުޅިގެން ކޮމިޓީއަށް ހުށައެޅިފައިވާ ބައެއް ކަންބޮޑުވުންތައް:

މީގެ އިތުރުންވެސް ގިނަ ކަންބޮޑުވުން އާންމުންގެ މެދުގައިވެސް ހުރިއިރު، އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މިހާރު ރާއްޖޭގައި ޤާއިމުވެފައި ހުރި ސެންޓަރުތަކުން ލިބެނީ ޒަމާނީ ފަރުވާއެއް ނޫން ކަމުގެ ޝަކުވާ ވެސް ލިބެމުންދާ ކަމަށެވެ. އަދި ފަރުވާ ދޭ ގޮތް ބަދަލު ކުރަންޖެހޭ ކަމަށް ކަމާ ގުޅުންހުރި އެންޖީއޯތަކުން ވެސް ހިއްސާކޮށްފައިވާ ކަން މެމްބަރު ރޮޒެއިނާ ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކޮމިޓީގައި ބައިވެރިވި މަދަނީ ޖަމިއްޔާތަކުން ވެސް ވަނީ އެންޑީއޭއާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ. އެގޮތުން ފަރުވާގެ ނިޒާމުގެ ޕްރޮގްރާމް ރިވިއު ކުރަން ޖެހިފައިވާ ކަމަށާއި، ސައިކޯ ސޯޝަލް ސަޕޯޓާއި ކައުންސެލިންގ ކުރިއަށްދަނީ އެންމެ އެކަށީގެންވާ ގޮތެއްގައި ނޫންކަން ކޮމިޓީއާ ހިއްސާ ކޮށްފައެވެ. އަދި އެންޑީއޭގެ އަހަރީ ރިޕޯޓްތައް އާންމު ނުކުރާ މައްސަލައާއި، ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް ފަރުވާދޭ މަރުކަޒުތަކުން ނެރެންޖެހޭ ރިޕޯޓް ނުނެރޭ މައްސަލައިގެ އިތުރުން، ކުޑަކުދިންނާ ބޮޑެތި މީހުންގެ ފަރުވާ ވެސް އެއް މަރުކަޒެއްގެ ތެރޭގައި ކުރިއަށް ގެންދިއުމުން ދިމާވާ މައްސަލަތައް މަދަނީ ޖަމިއްޔާތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އޭގެ އިތުރުން، އެންޑީއޭއަކީ އިދާރީ ގޮތުން ބޮއްސުންލާފައި އޮތް ތަނެއްކަން ފާހަގަކޮށް މަދަނީ ޖަމިއްޔާތަކުން ބުނީ، މިއަދުން މިއަދަށް ވެސް ތަނުގެ އިދާރީ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ފަންނީ ބޭފުޅުން މަޤާމަށް އައްޔަނު ކުރަން ޖެހޭ ކަމަށެވެ. އަދި ރެކޯޑް ބެލެހެއްޓުމަށް އެކަނި ބަލާލި ނަމަވެސް، އާދައިގެ ފިހާރައެއްގައި އެ ނިޒާމު ބެލެހެއްޓޭ ވަރަށްވުރެ ވެސް އެންޑީއޭގެ ޙާލަތު ގޯސްކަން މަދަނީ ޖަމިއްޔާތަކުން ފާހަގަ ކޮށްފައިވެއެވެ.

މި ކަންކަމުގެ މައްޗަށް ބިނާކޮށް ކޮމިޓީގައި ބައިވެރިވި މަދަނީ ޖަމިއްޔާއިން ވަނީ 9 ހުށައެޅުމެއް ކޮމިޓީއަށް ހުށައަޅާފައެވެ.

މަދަނީ ޖަމިއްޔާގެ ހުށައެޅުންތައް

އެކަމާ ގުޅޭގޮތުން ކޮމިޓީގައި މައުލޫމާތު ހިއްސާ ކުރަމުން ޖެންޑަރ މިނިސްޓްރީން ބުނީ، ރިމާންޑް ސެންޓަރެއް ޤާއިމު ކުރުމަށް ބަޖެޓް ކުރެވި، ނޮވެމްބަރު މަސް ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ފަރުވާގެ ނިޒާމާއި، އިދާރާގެ ކަންކަމުގައިވެސް މައްސަލަތަކެއް ހުރިކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެކަންކަން ޙައްލު ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އޭގެ އިތުރުން ކުޑަކުދިންގެ ސެންޓަރެއް ޤާއިމު ކުރުމަށް އަންނަ އަހަރަށް ބަޖެޓް ލިބިފައިވާ ކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު