Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދުރޭގެ އަގު ބޮޑު ފްލެޓްތަކުގެ މައްސަލަ

އަދުރޭ އަގު ބޮޑު ފްލެޓްތައް ގަތް މައްސަލައިގެ ތަހުޤީޤު އަދި ނުނިމޭ: އޭސީސީ

27 އޮކްޓޯބަރު 2020 | އަންގާރަ 08:47

އޭރު އޭސީސީން ވަނީ މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި މައްސަލަ ފައިލްކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޮކްޓޯބަރު 2020 | އަންގާރަ 08:47
ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) "ރެހެންދި-6" ފްލެޓްތަކުން އަގު ބޮޑު ދެ ފްލެޓެއް ގަތް މައްސަލައިގެ ތަހުޤީޤު އަދިވެސް ނުނިމޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބުނެފިއެވެ.

މި މައްސަލައަކީ 8 ފެބްރުއަރީ 2018 ގައި އޭސީސީއަށް ހުށައެޅުނު މައްސަލައެކެވެ. އެހެން ނަމަވެސް މި މައްސަލަ ތަހުޤީޤުކޮށް، ކޮރަޕްޝަނުގެ އަމަލެއް ނުހިމެނޭ ކަމަށް 9 ޖުލައި 2018 ގައި ނިންމައި އޭރުގެ އޭސީސީން ވަނީ މި މައްސަލަ ފައިލް ކޮށްފައެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއެކު، އޭސީސީއަށް އައު މެމްބަރުން އައްޔަން ކުރުމުން އެކޮމިޝަނުން ދަނީ ކުރީގެ ކޮމިޝަނުން އެގޮތަށް ޝައްކު އުފެދޭ ގޮތަށް ނިންމާފައިވާ ބައެއް މައްސަލަތައް އަލުން ބަލަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން އަބްދުއްރަހީމް އަގު ބޮޑުކޮށް ދެ ފްލެޓް ގަތް މައްސަލަ އޭރުގެ އޭސީސީން ނިންމި ނިންމުމުގައި ޝައްކުތަކެއް އުފެދޭ ކަންތައްތަކެއް ހުރުމުންނާއި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން އެމައްސަލަ އަލުން ބަލަމުންދާ ކަމަށް އޭސީސީން ބުނެއެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެމުން އޭސީސީން ބުނީ، މި މައްސަލައިގެ ތަހުޤީޤު އަދިވެސް ކުރިއަށްދާ ކަމަށާއި، މިވަގުތަށް އެ މައްސަލައިގެ އިތުރު އެއްވެސް އަޕްޑޭޓެއް ނެތް ކަމަށެވެ.

އޭސީސީން މި މައްސަލަ ތަހުޤީޤު ކުރަމުންދާއިރު، ފްލެޓާ ގުޅޭގޮތުން އަދުރޭ އޭސީސީއަށް ދެއްވީ ދޮގު މައުލޫމާތުކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެގޮތުން އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔައިދިން ގޮތުގައި މި މައްސަލަ އޭރު އޭސީސީގައި ފައިލް ކޮށްފައިވަނީވެސް އަބްދުއްރަޙީމް ދެއްވި ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށެވެ. އަދި އެ މައްސަލައިގެ ތަހުޤީޤު އޭރު އޭސީސީގައި ކުރިއަށް ދަނިކޮށް އަބްރުއްރަޙީމް ވަނީ އެ އެޕާރޓްމަންޓް ބައްލަވައިގަތީ މ.ވިލާދަށުގޭ އަލްމަރުޙޫމް މުޙައްމަދު މަނިކު (ބިސްމަނިކު) ދެއްވި ދީލަތި ލޯނަކަށް ކަމަށް ވިދާޅުވެ އޭސީސީއަށް ސިޓީއެއް ފޮނުވާފައެވެ. އަދި އޭރު އޭސީސީން ވަނީ މި މައުލޫމާތުތައް ކަށަވަރު ކުރުމެއް ނެތި އެ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމައި މައްސަލަ ފައިލް ކޮށްފައެވެ.

ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދެއްވިކަން އެންމެ ފަހުން ފަޅަ އަރާފައިވަނީ މުޙައްމަދު މަނިކު ނިޔާވެ، އޭނާގެ ވާރުތަމުދާ ބެހުމުގެ މައްސަލައެއް ފެމިލީ ކޯޓުގައި ކުރިއަށްދަނިކޮށެވެ. އެގޮތުން ވާރުތަމުދާ ބެހުމަށް ވާރިސުން ކޯޓަށް ހުށައަޅާފައިވާ އޮޑިޓަރުންގެ ރިޕޯޓުތަކުގައި މުޙައްމަދު މަނިކުގެ ހިއްސާ އޮންނަ އެއްވެސް ކުންފުންޏަކުން ނުވަތަ އަމިއްލަ އެކައުންޓަކުންވެސް އަބްދުއްރަޙީމަށް ލޯނެއްގެ ގޮތުގައި އެއްވެސް ފައިސާއެއް ދީފައިވާކަން އެނގެން ނެތްކަން ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އޭގެ އިތުރުން، މިފަދައިން ދައުލަތުގެ ތަޙުޤީޤީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ ޤާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 521 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ކުށެކެވެ.

އޭސީސީން އަލުން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެފްޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރި "ރެހެންދި-6" އިން އަބްދުއްރަހީމާއި އޭނާގެ އަނބިކަނބަލުން ދިޔާނާ ހުސައިން ފްލެޓް ބައްލަވައިގަނެފައި ވަނީ ފްލެޓެއް 4.5 މިލިއަން ރުފިޔާ އަށެވެ. އެ ދެ ފްލެޓްގެ ޖުމްލަ އަގު 9 މިލިއަން ރުފިޔާއަށް އަރާއިރު އެއީ ފެންވަރު ރަނގަޅު ފްލެޓްތަކެކެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި

17 ޖެނުއަރީ 2017
މާލޭގެ ގޭބީސީތަކުންނާއި ވިޔަފާރި ކުރާ ތަންތަނުގެ ކުނި އުކާލަދޭ އަގުތައް ވެމްކޯއިން ކަނޑައަޅައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް