Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދޯންޏަށް އެރި 3 މީހުން ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއެކު "ފަސްކުރި" ދޯންޏަށް ބަޔަކު އެރި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި

މި 3 މީހުން ހައްޔަރުކޮށްފައިވަނި ރޭގެ ވަގުތެއްގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އޮކްޓޯބަރު 2020 | އަންގާރަ 06:10
ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

ތޫނު ހަތިޔާރު ހިފައިގެން ތިބި ބަޔަކު އެރި \"ފަސްކުރި\" ދޯނި

އެންދަމަން އޮއްވާ "ފަސްކުރި" ދޯންޏަށް ތޫނުއެއްޗިއްސާއެކު އެރި މީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލ. އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏަކަށް ތޫނުއެއްޗިއްސާއެކު އެރި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެން 3 މީހަކު ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 25 އަހަރުގެ 2 ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން މީގެ ކުރިން ފުލުހުން ބުނެފައިވަނީ އާދީއްތަ ދުވަހުގެ ރޭ 11:55 ހާއިރު ލ. އަތޮޅުގެ އެތެރެވަރި، ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެ ދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރުމުން، އެ ދޯނި ލ. ގަން ތުނޑިއަށް ކައިރި ކުރާކަން އެނގިފައިވާ ކަމަށާއި، ފުލުހުން ދޯންޏަށް ގޮސް ބެލި ބެލުމުން ދޯންޏަށް އިތުރުބަޔަކު އަރާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ދޯންޏަށް ބަޔަކު އެރި ނަމަވެސް މާރާމާރީއެއް ހިންގާފައިނުވާ ކަމަށެވެ. އެހެންނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭ ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މިއީ އެއްބަސްވުމެއްގެ ދަށުން ގަނެފައިވާ ދޯންޏަކަށް ވެފައި، އެއްބަސްވުމަށް އަމަލުނުކުރާ ކަމަށް ބުނެ، ދޯންޏަށް ދިޔަ ބަޔަކު ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ކަންކަން ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި މި މައްސަލަ އާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް، މައުލޫމާތު އޮޅުންފިލުވައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް ތަހުގީގު ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގުރޫޕަކުން އަރާފައިވަނީ ސ. ހިތަދޫގައި ދުއްވާ "ފަސްކުރި" ދޯންޏަށެ އެވެ. އަދި ދޯންޏަށް ބަޔަކު އެރީ އެންދަމަން ތިއްބާ ކަމަށާއި، 30 ވަރަކަށް މީހުން ތިބި ކަމަށްވެއެވެ. އަދި ދޯނި ގަމު ތުނޑިއާއި ކައިރި ކުރި އިރު ފުލުހުން ތިބި ކަމަށާއި، ނަމަވެސް އެ އެންމެންގެ ނަން ނޯޓު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބެއެވެ. މި ދޯނީގައި 22 ފަޅުވެރިން ތިބެއެވެ.

އިތުރަށް ކިޔާލަން

26 މާރިޗު 2017

ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި

26 މާރިޗު 2017
ވެކްސިން ޖަހަން ގިނަ ބަޔަކު ކިއުގައި
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
17 މާރިޗު 2017

އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ

17 މާރިޗު 2017
އިންތިހާބު ފަސްކުރިަކަން އިއުލާންކުރީ މަޝްވަރާ ކުރަމުން ދަނިކޮށް: އެމްޑީޕީ، ޖޭޕީ
03 މާރިޗު 2017

ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި

03 މާރިޗު 2017
ބިލެތްދޫގައި އިޚްތިޖާޖުކުރި ގިނަ ބަޔަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު