Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅުން ހުއްޓާލި ވާހަކަ ދޮގުކުރުން

ފްރާންސަށް ކުޅުން ހުއްޓާލި ވާހަކަ ޕޮގްބާ ދޮގުކޮށްފި

ބައެއް މީޑިއާތަކުން ވަނީ ފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމަށް ނުކުޅެން ޕޮގްބާ ނިންމި ކަމަށް ރިޕޯޓުކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2020 | ހޯމަ 19:01
ފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ

ފްރާންސުގެ ރައީސް އެމެނުއަލް މެކްރޮން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުން މިޑްފީލްޑަރު ޕައުލް ޕޮގްބާ ރިޓަޔާކޮށްފި ކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.

ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް ކާޓޫނެއް ކުރަހައި، ކުލާހުގެ ދަރިވަރުންނަށް ދެއްކި މައްސަލައިގައި ފްރާންސުގެ ޕެރިހުގައި ހައި ސްކޫލް ޓީޗަރެއް ކަމަށްވާ ސެމިއުލް ޕޭޓީ ވަނީ ބޯބުރި ކޮށްލައި މަރާލާފައެވެ. އެއާއެކު ފްރާންސުގެ ރައީސް މެކްރޮން އެކަމުގެ ތުހުމަތު އެޅުވީ އެ ގައުމުގެ މުސްލިމުންގެ ބޮލުގައެވެ. އަދި ޕޭޓީގެ އެ އަމަލުތައް ދިފާއުކޮށް މެކްރޮން ވިދާޅުވީ ޕޭޓީއަށް ދިން ހަމަލާ އަކީ މުސްލިމުންގެ ޓެރަރިސްޓު އަމަލެއް ކަމަށާއި އެކަން ހުއްޓުވޭނީ ދެން ތިބި އެންމެން އެއްބައިވެގެން ކަމަށެވެ.

އެއާއެކު މެކްރޮންއަށް ގިނަ މުސްލިމުންގެ ފާޑުކިޔުން އަމާޒުވެފައިވާއިރު، މެދުއިރުމަތީގެ ބައެއް މީޑިއާތަކުންނާއި އިނގިރޭސި ނޫހެއް ކަމަށްވާ "ދަ ސަން" އިން ވަނީ މެކްރޮންގެ ސަރުކާރާގެ މި ކަންތައްތަކާ މެދު ހިތްހަމަނުޖެހި މުސްލިމް ކުޅުންތެރިޔެއް ކަމަށްވާ ޕޮގްބާ ދެން އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް ނުކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

މި ޚަބަރުތައް ދޮގުކޮށް އަމިއްލަ އިންސްޓާގްރާމުގައި ޕޮގްބާ ކުރި ޕޯސްޓެއްގައި ވަނީ "ދަ ސަން" ނޫހުގައި ޖަހާފައިވާ ޚަބަރުގެ ސްކްރީންޝޮޓެއް ހިއްސާކުރުމަށްފަހު، އެއީ "ފޭކް ނިއުސް" އެއް ކަމަށް ބުނެފައެވެ. އަދި ފަހުން އަމިއްލަ ޓްވިޓާގައިވެސް ޕޮގްބާ ވަނީ އެކަން ހާމަކޮށްފައެވެ.

އެ ޚަބަރުތައް ދޮގުކޮށް ޕޮގްބާ ބުނީ "ދަ ސަން" އިން އަނެއްކާވެސް ހަގީގަތާ ޚިލާފު ވާހަކައެއް ފަތުރާފައިވާ ކަމަށާއި، ބައެއް ނޫސްތަކުން ކަންތައް ކުރަމުން ދަނީ ޒިންމާދާރުކަމާއެކު ނޫން ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ފެތުރުން ނޫން ކަމަށާއި، އެހެންކަމުން ދޮގު ޚަބަރު ފެތުރި މީހުންނާ ދެކޮޅަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލި ކަމަށް މީޑިއާތަކުން ރިޕޯޓުކުރިއިރު، ޕޮގްބާ އަކީ އެ ގައުމަށް 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު